ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު 109 ގުރާމުގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން އަތުލައިގެންފިއެވެ.

ކަސްޓަމްސް އިން އަތުލައިގެން ފައި ވަނީ 109 ގުރާމުގެ ހިރޮއިންއެވެ.

Ad
rt

މިތަކެތި އަތުލައިގެންފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) މަގުން އެތެރެކުރަން އުޅެނިކޮށެވެ.

ވައިގެ މަގުން އެތެރެކުރަން މަސައްކަތްކުރާ މަސްތުވާތަކެތި އެކި ފަހަރުމަތިން ކަސްޓަމްސްގެ މަސައްކަތުން އަންނަނީ އަތުލައިގަންނަމުންނެވެ.

ރާއްޖޭގެއަށް އައިސް ގޮސްވާ އުޅަނދުފަހަރާއި، ފަސިންޖަރުންނާއި، އެމީހުންގެ ފޮށިތަންމައްޗާއި، ރާއްޖެ އެތެރެކޮށް ބޭރުކުރާ މުދަލާއި، ރާއްޖެ ގެންނަ އަދި ރާއްޖެއިން ފޮނުވާ މުދަލާއި ތަކެތި ބަލާފާސްކުރުމުގެ ޒިންމާ ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ޤާނޫނުން މަތިކޮށްފައި ވަނީ މޯލްޑިވްސް ކަސްޓަމްސް ސާރވިސްއާއެވެ.