ޚިޔާނާތުގެ ތުހުމަތުވާ އޮފިސަރެއް ރިޓަޔަރއެއް ނުކޮށްދެން: ކަސްޓަމްސް
މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ މުވައްޒަފުންތަކެއްގެ ހިޔާނާތުގެ މައްސަލައެއް ފެންމަތިވެފައިވާއިރު، ޚިޔާނާތުގެ ތުހުމަތުވާ އެއްވެސް އޮފިސަރެއް ރިޓަޔަރއެއް ކޮށްދީފައި ނުވާނެކަމަށް އެ އިދާރާއިން މިއަދު ބުނެފިއެވެ. މި މައްސަލާގައި ތުހުމަތުވާ އެންމެ އިސްމީހާ ކަސްޓަމްސްއިން ރިޓަޔަރކޮށްދީފައިވާކަމަށް ބުނެ މިއަދު މީސްމީޑިއާގައި ވަނީ ޚަބަރު ފަތުރާފައެވެ. މިހެން ކަން ހިނގާފައި ވަނިކޮށް ކަސްޓަމްސްގެ ރަސްމީ މީސްމީޑިއާ އެކައުންޓުން މިއަދު ކުރި ޕޯސްޓެއްގައި ބުނީ އެ އިދާރާގެ ބައެއް އޮފިސަރުންނަށް ތުހުމަތު ކުރެ...