މާލޭގެ ކެފޭއެއްގައި އިންދާ ޚަބަރު ހުސްވެގެން ހޮސްޕިޓަލަށް ގެންދިޔަ މީހާ ނިޔާވެފައިވާކަމަށް ފުލުހުން ބުނެފިއެވެ.
މާލޭގެ މާފަންނުގައި ހުންނަ ކެފޭއެއްގައި އިން މީހަކު ޚަބަރު ހުސްވެގެން އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށް ފުލުހުން ބުނީ މިރޭ 22:32 ގައެވެ.
އެމީހާ އަށް ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަކަމަށާއި، އެކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަކަމަށް ވެސް ފުލުހުން އޭރު ބުންޏެވެ.
މިރޭ 00:12 ގައި އެ ހާދިސާއާއި ގުޅޭ ފަހުގެ މައުލޫމާތު ހިއްސާކުރަމުން ފުލުހުން ބުނީ އެމީހާ ނިޔާވެފައިވާކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށެވެ.
ނިޔާވެފައި ވަނީ މާލެ، މ. މޫން ޑްރޮޕްސް، އުމުރުން 58 އަހަރުގެ އަހްމަދު ޝަރީފެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!