މިއަދު ސަފާރީއަކުން ކަނޑަށް ވެއްޓި ގެއްލުނު މީހާގެ ހަށިގަނޑު ކަނޑުގެ 69 މީޓަރު އަޑިން ފެނިފައިވާކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

"ނޯތު 07" ސަފާރީގައި ހުރި ދިވެއްސަކު ކަނޑަށް ވެއްޓި ގެއްލިގެން ރިޕޯޓު ކުރުމުން އެމީހާ ހޯދުމުގެ މަސައްކަތަށް ޑައިވަރުންގެ ޓީމަކާއެކު ސަފާރީ އޮތް ސަރަހައްދަށް ދިއުމަށް މާލޭ އޭރިއާ ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ފެށިކަން އެމްއެންޑީއެފުން ހާމަކުރީ މިއަދު ހެނދުނު 10:35 ހާއިރުއެވެ.

Ad
rt

އެ މައްސަކަތުގެ ތެރެއިން ގެއްލުނު ދިވެހި މީހާގެ ހަށިގަނޑު، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ ޑައިވަރުން ފެނިފައިވާކަމަށް މިއަދު 16:16 ގައި އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

ސަފާރީއަކުން ދިވެއްސަކު ކަނޑަށް ވެއްޓި ގެއްލިގެން ހޯދަނީ

އެމީހާގެ ހަށިގަނޑު ކަނޑުގެ 69 މީޓަރު އަޑިން ފެނިފައިވާއިރު، ޑައިވަރުންގެ ޓީމުން، އެ މީހާގެ ހަށިގަނޑު، 15:35 ހާއިރު ވަނީ ލޯންޗަށް ނަގާފައިކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.

މި މީހާއާއި ބެހޭ އިތުރު ތަފްސީލެއް އަދި ނުލިބެއެވެ.