ހުޅުމާލޭ ފޭސް ދެއެއްގައި ހުންނަ ހިޔާޓަވަރަކުން މީހަކު ވެއްޓިއްޖެއެވެ.

ފުލުހުން ބުނިގޮތުގައި މީހަކު ވެއްޓިފައި ވަނީ ހިޔާ ދެވަނަ ޓަވަރުގެ ތިންވަނަ ފަންގިފިލާއިންނެވެ.

Ad
rt

އެމީހާއަށް އަނިޔާވެފައިވާއިރު، މިހާރު އެމީހާއަށް ހުޅުމާލެ ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަކަމަށް ފުލުހުން ބުންޏެވެ.

މި ހާދިސާއާއި ގުޅިގެން އިތުރު ތަފްސީލެއް އަދި ނުލިބެއެވެ.

ފުލުހުން ބުނީ މިކަން ތަހްގީގުކުރަމުން އަންނަކަމަށެވެ.