މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ

ޔުމްނާ ޢަލީ

Writer
🇲🇻 ތިލަދުން Desk
10,452 Stories
2,960 Reads

Published on ތިލަދުން (Thiladhun) by ޔުމްނާ ޢަލީ

އިސްރާއީލުގެ މައްޗަށް ބައިނަލްއަޤްވާމީ ޤާނޫނު ތަންފީޒުކޮށްދިނުމަށް ރާއްޖެއިން ގޮވާލައިފި
Raajje

އިސްރާއީލުގެ މައްޗަށް ބައިނަލްއަޤްވާމީ ޤާނޫނު ތަންފީޒުކޮށްދިނުމަށް ރާއްޖެއިން ގޮވާލައިފި

އިސްރާއީލުގެ މައްޗަށް ބައިނަލްއަޤްވާމީ ޤާނޫނު ތަންފީޒުކޮށްދިމަށް ދިވެހިރާއްޖެއިން ގޮވާލައިފިއެވެ. ރާއްޖެއިން މިގޮތަށް ގޮވައިލީ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ.) އިން ބޭއްވި ޚާރިޖީ ވަޒީރުންގެ ކައުންސިލްގެ 51 ވަނަ ބަައްދަލުވުމުގައި، ރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. ޢަބުދުﷲ ޚަލީލް ދެއްވި ތަގްރީރުގައެވެ. އޯ.އައި.ސީ.ގެ ޚާރިޖީ ވަޒީރުންގެ ކައުންސިލްގެ މި ބައްދަލުވުމުގައި ޚާރިޖީ ވަޒީރު ޑރ. ޚަލީލް ދެއްވި ތަޤްރީރުގައި، އިސްލާމީ އުންމަތަށް ދިމާވެފައިވާ ގޮންޖެހުންތައް ހައްލުކުރުމަށް އަދި ސުލ...

އިސްރާއީލާއި ބައިވެރިވެ އެމެރިކާ އިން ވެސް އީރާނަށް ހަމަލާދީފި
International

އިސްރާއީލާއި ބައިވެރިވެ އެމެރިކާ އިން ވެސް އީރާނަށް ހަމަލާދީފި

އެމެރިކާއިން އީރާނުގެ ނިއުކްލިއަރ ތަންތަނަށް ހަމަލާދީފައިވާ ކަމަށް އެ ޤައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. ޓްރަމްޕް އޭނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް ކަމުގައިވާ ޓްރޫތް ސޯޝަލްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވާ ގޮތުގައި އެމެރިކާއިން “ވަރަށް ކާމިޔާބު” ހަމަލާތަކެއް އީރާނުގެ ފޯޑޯ، ނަތަންޒް އަދި އިސްފަހާންގެ ނިއުކްލިއަރ ތަންތަނަށް ވަނީ ދީފައެވެ. ހަމަލާ ދިނުމަށްފަހު މިހާރު ހުރިހާ މަތިންދާބޯޓުތަކެއްވެސް އީރާނުގެ ވައިގެ ސަރަހައްދުން ބޭރުގައި ވާކަމަށް އޭނާ ވިދާޅުވިއެވެ. ””މައިގަނޑު ސައ...

އެތައް ބަޔަކު ''މަޅީގައި ޖެހުނު'' ޖެމްކިޔު ސްކީމް ހުއްޓާލައި، އާ ސްކީމެއް ފަށައިފި
Raajje

އެތައް ބަޔަކު ''މަޅީގައި ޖެހުނު'' ޖެމްކިޔު ސްކީމް ހުއްޓާލައި، އާ ސްކީމެއް ފަށައިފި

އެތައް ހާސް ބަޔަކަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިކުރުވަމުން ދިޔަ، ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) ގައި ރަޖިސްޓަރީނުކޮށް ހިންގި “ޖީއެމްސީއީ” ނުވަތަ “ޖެމްކިޔު” އިންވެސްޓްމަންޓް ސްކީމުގެ ހަރަކާތްތައް މުޅިން ހުއްޓާލައިފިއެވެ. ފައިސާ ނެގުމުގައި މިދިޔަ ހަފުތާގެ ތެރޭގައި ދަތިތަކެއް ކުރިމަތިވެ، އެތައް ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް، މި ސްކީމަކީ ޕިރަމިޑް ސްކީމެއްކަން ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ. މި ސްކީމަކީ މަންފާ ހޯދޭނެ ކަމަށް ބުނެ އެތައް ބަޔަކު މަޅީގައި ޖެހިފައި...

ދަރުމަވަންތަ ހޮސްޕިޓަލާއި ޗައިނާގެ ހޮސްޕިޓަލަކާ ދެމެދު އެއްބަސްވުމެއް
Raajje

ދަރުމަވަންތަ ހޮސްޕިޓަލާއި ޗައިނާގެ ހޮސްޕިޓަލަކާ ދެމެދު އެއްބަސްވުމެއް

ދަރުމަވަންތަ ހޮސްޕިޓަލާއި ޗައިނާގެ ސޫޗޯ ޔުނިވަރސިޓީގެ ކުޑަކުދިންގެ ހޮސްޕިޓަލާ ދެމެދު އެއްބަސްވުމުގެ މެމޮރެންޑަމެއް (އެމް.އޯ.ޔޫ) ގައި މިއަދު ސޮއިކޮށްފިއެވެ. އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ވަނީ، މި އެއްބަސްވުމަކީ ދިވެހިރާއްޖޭގައި ކުޑަކުދިންނަށް ދެވޭ ސާރޖިކަލް ފަރުވާގެ ފެންވަރު ރަނގަޅުކުރުމަށް އެޅޭ އެންމެ މުހިންމު ފިޔަވަޅުތަކުގެ ތެރެއިން އެއް ފިޔަވަޅު ކަމުގައި ފާހަގަކޮށްފައެވެ. އައިޖީއެމްއެޗްއިން ހާމަކުރި ގޮތުގައި، މި އެއްބަސްވުމަކީ ދިވެހިރާއްޖޭގެ ޞިއްޙީ ޚިދުމަތް ކުރިއެރުވުމ...

އީރާނަށް ހަމަލާދީގެން ޣައްޒާގައި ދެމުންދާ އަނިޔާ ފޮރުވިދާނެކަމަށް ނަތަންޔާހޫ ހީކޮށްގެން ނުވާނެ: އެމެރިކާގެ ސެނެޓަރ ވޮރެން
International

އީރާނަށް ހަމަލާދީގެން ޣައްޒާގައި ދެމުންދާ އަނިޔާ ފޮރުވިދާނެކަމަށް ނަތަންޔާހޫ ހީކޮށްގެން ނުވާނެ: އެމެރިކާގެ ސެނެޓަރ ވޮރެން

އިސްރާއީލުން އީރާނަށް ހަމަލާދީގެން، ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ކަންތައްތައް ފޮރުވިދާނެ ކަމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހީކޮށްގެން ނުވާނެކަމަށް އެމެރިކާގެ މެސެޗުސެޓްސްއިން ހޮވާފައިވާ ސެނެޓަރ އެލިޒަބަތު ވޮރެން ވިދާޅުވެއްޖެއެވެ. ވޮރެން މިހެން ވިދާޅުވީ އޭނާގެ ރަސްމީ އެކްސް އެކައުންޓްގައި ކުރެއްވި ޕޯސްޓެއްގައެވެ. “އިސްރާއީލުގެ ބޮޑުވަޒީރަށް ހީވެދާނެ އޭނާ އީރާނަށް ބޮން އަޅަމުންދާއިރު ޣައްޒާގައި ކުރަމުންދާ ކަންތައްތައް އެއްވެސް މީހަކަށް ނުފެންނާނެ ކަމަށް.” ވޮރެން ވިދާޅުވެފަވ...

އާމްދަނީ 6.0 އިންސައްތަ އިތުރުވެ، 17.0 ބިލިއަން ރުފިޔާއަށް
Raajje

އާމްދަނީ 6.0 އިންސައްތަ އިތުރުވެ، 17.0 ބިލިއަން ރުފިޔާއަށް

ދައުލަތުގެ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި މިހާތަނަށް 17.0 ބިލިއަން ރުފިޔާ ލިބިފައިވާކަމަށް، މާލީ ވުޒާރާއިން މިއަދު ބުނެފިއެވެ. މި އަދަދުގައި 12 ޖޫން 2024 ގެ ނިޔަލަށް ލިބުނު ފައިސާ ހިމެނޭއިރު، މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 6.0 އިންސައްތައިގެ ކުރިއެރުމެކެވެ. މާލީ ވުޒާރާއިން މިއަދު އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ދައުލަތަށް ލިބުނު އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ފަތުރުވެރިކަމުގެ ދާއިރާގެ ކުރިއެރުމެވެ. ޓެކުހުގެ އާމްދަނީ 13.2 ބިލިއަން ރުފިޔާއަށް އަރާފައިވާއ...

އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމާ ގުޅޭގޮތުން އަހަރެންގެ އިންޓެލިޖެންސް ވަނީ އޮޅުވާލާފައި: ޓްރަމްޕް
International

އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމާ ގުޅޭގޮތުން އަހަރެންގެ އިންޓެލިޖެންސް ވަނީ އޮޅުވާލާފައި: ޓްރަމްޕް

އީރާނުން ނިއުކްލިއަރ ހަތިޔާރު އުފެއްދުމުގެ އެއްވެސް ހެއްކެއް ނެތްކަމަށް އޭނާގެ ޑިރެކްޓަރ އޮފް ނެޝަނަލް އިންޓެލިޖެންސް (ޑީއެންއައި) ޓަލްސީ ގަބާޑް ހުށަހެޅި ހުށަހެޅުމަކީ އޮޅުވާލުމެއް ކަމުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލެއްގެ ޖަވާބުގައި ޓްރަމްޕް ވިދާޅުވީ ޑިރެކްޓަރ އޮފް ނެޝަނަލް އިންޓެލިޖެންސް ޓަލްސީ ގަބާޑް ވަނީ އީރާނުން ނިއުކްލިއަރ ޕްރޮގްރާމާގުޅޭ ގޮތުން އޮޅުވާލައްވާފައި ކަމަށެވެ. “އާނ، އަހަރެންގެ އިންޓެލިޖެންސް ކޮމިއުނ...

އެހީ ފޯރުކޮށް ދިނުމުގައި އުޅެނިކޮށް އިސްރާއީލުން ޒަޚަމްކޮށްލި ފަލަސްތީނުގެ ކުއްޖަކު ނިޔާވެއްޖެ
International

އެހީ ފޯރުކޮށް ދިނުމުގައި އުޅެނިކޮށް އިސްރާއީލުން ޒަޚަމްކޮށްލި ފަލަސްތީނުގެ ކުއްޖަކު ނިޔާވެއްޖެ

ފަލަސްތީނުގެ ޣައްޒާގައި އިންސާނީ އެހީ ފޯރުކޮށް ދިނުމުގެ މަސައްކަތުގައި އުޅެނިކޮށް އިސްރާއީލުން ހަމަލާދީ ޒަޚަމްކޮށްލި ފަލަސްތީނުގެ 13 އަހަރުގެ ކުއްޖަކު ނިޔާވެއްޖެއެވެ. އިންސާނީ އެހީ ފޯރުކޮށް ދިނުމުގެ މަސައްކަތުގައި އުޅެނިކޮށް އިސްރާއީލު ސިފައިން ބަޑިޖަހައި ޒަޚަމްކޮށްލުމުން ފަލަސްތީނުގެ އުމުރުން 13 އަހަރުގެ އަބުދުއްރަޙްމާން ވަނީ ހޮސްޕިޓަލަށް ގެންގޮސް ޒަޚަމްތަކަށް ފަރުވާދޭން ފަށާފައެވެ. އދ.ގެ ޔުނިސެފްގެ ޓީމަށް ވަނީ އަބުދުއްރަހްމާން ހޮސްޕިޓަލްގައި އޮއްވާ ބައްދަލުވެފައެވެ. އެއިރު އެޑްމިޓްކޮށްގެން އެ...

އިސްރާއީލުން ހަމަލާދިން އީރާނުގެ ނިއުކްލިއަރ ފެސިލިޓީއެއް ވަނީ ނުރައްކާތެރި ހާލަތެއްގައި: އައިއޭއީއީ
International

އިސްރާއީލުން ހަމަލާދިން އީރާނުގެ ނިއުކްލިއަރ ފެސިލިޓީއެއް ވަނީ ނުރައްކާތެރި ހާލަތެއްގައި: އައިއޭއީއީ

އިސްރާއީލުގެ ހަމަލާތަކުގެ އަމާޒަކަށްވެފައިވާ އިރާނުގެ ނަތަންޒް ނިއުކްލިއަރ ފެސިލިޓީގައި ރޭޑިއޭޝަނާއި ކެމިކަލް މާއްދާތަކުގެ ސަބަބުން ނުރައްކާތެރި ހާލަތެއް ކުރިމަތިވެފައިވާ ކަމަށް އިންޓަރނޭޝަނަލް އެޓޮމިކް އެނަރޖީ އެޖެންސީ (އައިއޭއީއޭ) އިން ބުނެފިއެވެ. އައިއޭއީއޭ އިން ހާމަކޮށްފައިވާ ގޮތުގައި، އިސްރާއީލުގެ ހަމަލާތަކުގެ އަމާޒަކަށްވެފައިވާ އިރާނުގެ ނަތަންޒް ނިއުކްލިއަރ ފެސިލިޓީގައި ރޭޑިއޭޝަނާއި ކެމިކަލް މާއްދާތަކުގެ ސަބަބުން ނުރައްކާތެރި ހާލަތެއް ކުރިމަތިވެފައިވާ ކަމަށް ވަނީ ފާހަގަކުރެވިފައެވެ. މިގޮތު...

ފަލަސްތީނުގެ ޙައްޤުތަކަށް ވަކާލާތުކުރާ ޚަލީލް ދޫކޮށްލުމަށް އެމެރިކާގެ ފަނޑިޔާރަކު އަމުރުކޮށްފި
International

ފަލަސްތީނުގެ ޙައްޤުތަކަށް ވަކާލާތުކުރާ ޚަލީލް ދޫކޮށްލުމަށް އެމެރިކާގެ ފަނޑިޔާރަކު އަމުރުކޮށްފި

ފަލަސްތީނުގެ ޙައްޤުތަކަށް ވަކާލާތުކުރާ އެމެރިކާގެ ކޮލަމްބިއާ ޔުނިވަރސިޓީގެ ދަރިވަރު މަޙްމޫދު ޚަލީލް ދޫކޮށްލުމަށް އެ ޤައުމުގެ ފެޑެރަލް ފަނޑިޔާރަކު އަމުރުކުރައްވައިފިއެވެ. މަޙްމޫދު ޚަލީލަކީ އެމެރިކާގެ ނިއު ޔޯކްގެ ކޮލަމްބިއާ ޔުނިވަރސިޓީގައި ފަލަސްތީނުގެ ޙައްޤުތަކަށް ވަކާލާތުކުރުމުގެ މުޒާހަރާތަކުގައި ބައިވެރިވުމުގެ ސަބަބުން މާރިޗު މަހުން ފެށިގެން އެމެރިކާގެ އިމިގްރޭޝަން އޮތޯރިޓީތަކުން ހައްޔަރުކޮށްފައިވާ މީހެކެވެ. ނިއު ޖާރސީގެ ފެޑެރަލް ކޯޓުގެ ފަނޑީޔާރު މި އަމުރުކޮށްފައި ވަނީ ހުކުރު ދުވަހު އެވެ. އެއީ...

އިސްރާއީލުގައި ބޭރުގެ ނޫސްވެރިން ތިބި ތަންތަން އަންގަން އެންގި ސަބަބު ސާފުކުރަނީ
International

އިސްރާއީލުގައި ބޭރުގެ ނޫސްވެރިން ތިބި ތަންތަން އަންގަން އެންގި ސަބަބު ސާފުކުރަނީ

އިސްރާއީލުގައި ބޭރުގެ ނޫސްވެރިން ތިބި ތަންތަން އަންގަން އެންގުމަށާއި، އެއްވެސް ބްރޮޑްކާސްޓެއް ކުރުމުގެ ކުރިން އަސްކަރިއްޔާގެ ހުއްދަ ހޯދަން އެންގި ސަބަބު ސާފުކޮށްދިނުމަށް އެ ގައުމުގެ އެޓާނީ ޖެނެރަލް ގަލީ ބަހަރަވް-މިއާރާ ކަމާބެހޭ ދެ މިނިސްޓަރުންނަށް އަންގައިފިއެވެ. އިސްރާއީލް ހާރެޓްޒް ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އިސްރާއީލުގެ އެޓަރނީ ޖެނެރަލް ވަނީ ޤައުމީ ސަލާމަތާބެހޭ މިނިސްޓަރ އިތަމާރު ބެން-ގްވިރު އަދި މުވާސަލާތާބެހޭ މިނިސްޓަރ ޝްލޮމޯ ކަރްހީއަށް، ބޭރުގެ ނޫސްވެރިންނާ ގުޅޭގޮތުން އެންގި އެންގުންތ...

ޣައްޒާގައި އިސްރާއީލުގެ އަނިޔާވެރިކަމަށް ހުއްޓުމެއްނެތް، މިއަދުވެސް އެތައް ބަޔަކު ޝަހީދުކޮށްލައިފި
International

ޣައްޒާގައި އިސްރާއީލުގެ އަނިޔާވެރިކަމަށް ހުއްޓުމެއްނެތް، މިއަދުވެސް އެތައް ބަޔަކު ޝަހީދުކޮށްލައިފި

އިސްރާއީލުގެ ހަމަލާތަކުން ޣައްޒާގެ އެކި ސަރަޙައްދުތަކުގައި މިއަދު ވެސް ގިނަ އަދަދެއްގެ މީހުން ޝަހީދުވަމުންދާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ. އިސްރާއީލުން ދަނީ އީރާނަށް ދެމުންދާ ހަމަލާތަކާއެކު، ޣައްޒާގެ ފަލަސްޠީނުގެ ރައްޔިތުންނަށް ވެސް އަނިޔާވެރިވަމުންނެވެ. މިއަދު ޣައްޒާގެ އެކި ސަރަޙައްދުތަކުގައި އިސްރާއީލުގެ ހަމަލާތަކުން ޝަހީދުވި މީހުންގެ އަދަދު 73 އަށް އަރާފައިވާ ކަމަށް މިހާތަނަށް ރިޕޯޓްތައް ބުނެއެވެ. ނުސައިރާތުގައި ހުންނަ އަލް-އައުދާ ހޮސްޕިޓަލުގެ ޞިއްޙީ މަޞްދަރަކާއި ހަވާލާދީ އަލްޖަޒީރާގައި ރިޕޯޓ...

ނަޝީދު އަލުން އެމްޑީޕީއާއި ގުޅިވަޑައިގަންނަވާ ހަރަކާތް ބާއްވަން ސަލްޓަންޕާކު ދީފި
Raajje

ނަޝީދު އަލުން އެމްޑީޕީއާއި ގުޅިވަޑައިގަންނަވާ ހަރަކާތް ބާއްވަން ސަލްޓަންޕާކު ދީފި

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ހަރަކާތެއް ބާއްވަން މާލޭގެ ސަލްޓަންޕާކު ދީފައިވާކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު މިރޭ ވިދާޅުވެއްޖެއެވެ. އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިރޭ ވިދާޅުވީ، ސަލްޓަން ޕާކަކީ މަރާމާތުކުރުމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން އެދިގެން މާލޭ ސިޓީ ކައުންސިލުން ޙަވާލުކޮށްފައިވާ ތަނަކަށްވާތީ އެތަން އެ ވުޒާރާއިން މިހާތަނަށް ކު...

އިރާނަށް ތާއީދުކޮށް އިރާގުގައި އެތައް ހާސް ބަޔަކު އަޑުއުފުލައިފި
International

އިރާނަށް ތާއީދުކޮށް އިރާގުގައި އެތައް ހާސް ބަޔަކު އަޑުއުފުލައިފި

އިސްރާއީލުން އިރާނަށް ދެކޮޅަށް ދެމުންދާ ހަމަލާތަކާ ދެކޮޅަށް ނުރުހުން ފާޅުކޮށް އިރާގު ވެރިރަށް ބަޣްދާދުގެ ސަދުރު ސިޓީގައި މިއަދުގެ ހުކުރު ނަމާދަށް އެތައް ހާސް އިރާގުގެ ރައްޔިތުން އެއްވުމެއް ބާއްވައިފިއެވެ. އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި މީސް މީޑިއާގައި މީހުން ކޮށްފައިވާ ޕޯސްޓުތަކުގައި ހުކުރު ނަމާދަށްފަހު އިރާގުގެ އެތައްހާސް ބަޔަކު ވަނީ އެމެރިކާ އާއި އިސްރާއީލާ ދެކޮޅަށް އަޑު އުފުލާފައިވެއެވެ. ރެވޮލިއުޝަން ސިޓީގެ ނަމުންވެސް މަޝްހޫރު ސަދުރު ސިޓީއަކީ އިރާގުގެ ވެރިރަށުގެ ބައެއް ކަމަށްވާއިރު،...

އީރާންގެ މިސައިލްތަކެއް އިސްރާއީލަށް، ބޮޑެތި ސިޓީތަކުން އިވެނީ ގޮވުމުގެ އަޑު!
International

އީރާންގެ މިސައިލްތަކެއް އިސްރާއީލަށް، ބޮޑެތި ސިޓީތަކުން އިވެނީ ގޮވުމުގެ އަޑު!

އިސްރާއީލުން އީރާނާއި ދެކޮޅަށް ދެމުން އަންނަ ހަމަލާތަކުގައި ޖަވާބުގައި އީރާނުން މިސައިލް ހަމަލާތަކެއް ދެމުން އަންނަކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ. އިސްރާއީލުގެ ސިފައިންގެ ފަރާތުން އެކްސްގައި ބުނެފައިވާ ގޮތުގައި އެ ޤައުމުގެ ދިފާޢީ ނިޒާމުތަކުން ދަނީ މިސައިލްތައް ހުއްޓުވުމަށް މަސައްކަތްކުރަމުންނެވެ. އަދި ރައްކާތެރި ސަރަޙައްދުތަކަށް ވަނުމަށް އިސްރާއީލުގެ ރައްޔިތުންނަށް އިރުޝާދު ދީފައިވެއެވެ. މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި މުޅި ޤައުމުގައި އެއަރ ރެއިޑް ސައިރަންތައް އިވެމުންދެއެވެ. ރޮއިޓަރސް ނިއ...