މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ

ޔުމްނާ ޢަލީ

Writer
🇲🇻 ތިލަދުން Desk
10,452 Stories
2,960 Reads

Published on ތިލަދުން (Thiladhun) by ޔުމްނާ ޢަލީ

އީރާނުގެ މިސައިލްތަކެއް އިސްރާއީލަށް، ގިނަ ސަރަހައްދުތަކުން ސައިރަންގެ އަޑު
International

އީރާނުގެ މިސައިލްތަކެއް އިސްރާއީލަށް، ގިނަ ސަރަހައްދުތަކުން ސައިރަންގެ އަޑު

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެފައިވާ ކަމަށް ވިދާޅުވި ނަމަވެސް، އީރާނުން އިސްރާއީލަށް އަމާޒުކޮށް އިތުރު މިސައިލްތަކެއް ދޫކޮށްފިކަމަށް އިސްރާއީލުގެ ދިފާއީ ބާރުތަކުން ބުނެފިއެވެ. ހަނގުރާމަ ހުއްޓާލަން އެއްބަސްވިތާ މާގިނަ އިރެއް ނުވަނީސް އިސްރާއީލުން ވަނީ އީރާންގެ ވެރިރަށް ތެހެރާނަށް ބޮން އަޅާފައެވެ. ތަސްނީމް ނިއުސް އެޖެންސީގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި، އީރާނުގެ ވެރިރަށް ތެހެރާނުގެ އެކި ސަރަޙައްދު ތަކުން ބާރުގަދަ ގޮވުމުގެ އަޑުތަކެއް އިވިފައިވެއެވެ. އޭއެފް...

ޔުމްނު ވެއްޓުނު މައްސަލަ: ކޮމިޝަންގެ ރިޕޯޓު ތަންފީޒުކުރަން ރައީސް އަންގަވައިފި
Raajje

ޔުމްނު ވެއްޓުނު މައްސަލަ: ކޮމިޝަންގެ ރިޕޯޓު ތަންފީޒުކުރަން ރައީސް އަންގަވައިފި

2025 އޭޕްރީލް 18 ވަނަ ދުވަހު މާލޭގެ އިމާރާތަކުން ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލާގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު އުފެއްދެވި ޚާއްޞަ ކޮމިޝަންގެ ރިޕޯޓުގައި ފާހަގަކުރައްވާފައިވާ ކަންކަން ތަންފީޒުކުރެއްވުމަށް އަޅުއްވަންޖެހޭ ފިޔަވަޅުތައް އެޅުއްވުމަށް، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވުޒާރާއަށާއި، ޞިއްޙީ ވުޒާރާއަށް، ރައީސް އިއްޔެ އަންގަވައިފިއެވެ. މިކަން ބަޔާންކުރައްވައި ރައީސް މުޢިއްޒު، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވުޒާރާއަށް އެންގެވި އެންގެވުމުގައި މި މައްސަލައިގައި ދިވެހި ފުލުހު...

އީރާނުން އެމެރިކާގެ ސިފައިންގެ މަރުކަޒުތަކަށް ހަމަލާދީފި
International

އީރާނުން އެމެރިކާގެ ސިފައިންގެ މަރުކަޒުތަކަށް ހަމަލާދީފި

އީރާނުގެ ތަސްނީމް ނިއުސް އޭޖެންސީން މިއަދު ހާމަކުރި ގޮތުގައި، ޤަތަރާއި އިރާޤުގައި ހުރި އެމެރިކާގެ ސިފައިންގެ މަރުކަޒުތަކަށް މިސައިލް ހަމަލާއެއް ދީފިއެވެ. މި ހަމަލާއަށް ދީފައިވާ ނަމަކީ “އަންނުންސިއޭޝަން އޮފް ވިކްޓްރީ” އެވެ. އީރާނުގެ އިސްލާމިކް ރެވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) އިން ވަނީ ޤަތަރުގައި ހުރި އެމެރިކާގެ އަލް-އުދައިދް އެއަރ ބޭސްއަށް ހަމަލާދިން ކަން ރަސްމީކޮށް ކަށަވަރުކޮށްދީފައެވެ. މިއީ އެމެރިކާއިން އީރާނަށް ދިން ހަމަލާއަކަށް ޖަވާބުދާރީވުމުގެ ގޮތުން ދިން ހަމަލާއެއް ކަމަށް އައިއާރް...

ޖޯޑަންގައި ދެ ޑްރޯން ވެއްޓި ކުއްޖަކަށް އަނިޔާވެ ގެއްލުންތަކެއް
International

ޖޯޑަންގައި ދެ ޑްރޯން ވެއްޓި ކުއްޖަކަށް އަނިޔާވެ ގެއްލުންތަކެއް

ޖޯޑަންގައި ދެ ޑްރޯނެއް ވެއްޓި، 12 އަހަރުގެ އަންހެން ކުއްޖަކަށް އަނިޔާވެ، ވެރިރަށުން ބޭރުގައި ހުރި ގެތަކަށާއި، އުޅަނދުފަހަރަށާއި، އާންމު ވަސީލަތްތަކަށް ގެއްލުން ލިބިއްޖެއެވެ. މިގޮތުން ފުރަތަމަ ޑްރޯން ވެއްޓުނީ އަމްމާންގެ އުތުރުގައި ހުރި ވިޔަފާރި ސަރަހައްދެއްގެ ކައިރީގައެވެ. މި ހާދިސާގައި އާންމު އުޅަނދަކަށާކަށާއި ބަސް ހުއްޓާ ޝެލްޓަރަކަށް ގެއްލުން ލިބުނެވެ. ނަމަވެސް އެއްވެސް މީހަކަށް އަނިޔާއެއް ނުވެއެވެ. އޭގެ ގަޑިއިރުތަކެއް ފަހުން، އަޒްރަޤް ސަރަހައްދުގައި އަނެއް ޑްރޯން ވެއްޓިފައިވާއިރު، މި ހާދިސާގައ...

ރާއްޖެ ސަރަހައްދުން ބޭރުގެ ދެ މަސްބޯޓު އަތުލައިގެންފި
Raajje

ރާއްޖެ ސަރަހައްދުން ބޭރުގެ ދެ މަސްބޯޓު އަތުލައިގެންފި

ގަވާއިދާއި ޚިލާފަށް ރާއްޖޭގެ ސަރަހައްދަށް ވަތް ބޭރުގެ ދެ މަސްބޯޓު އަތުލައިގެންފިއެވެ. އެމްއެންޑީއެފުން ބުނީ، ދިވެހިރާއްޖޭގެ ޚާއްސަ އިގްތިސާދީ ސަރަހައްދުގައި، ހަރަކާތްތެރިވަނިކޮށް ބޭރުގެ މަސްބޯޓެއް އަތުލައިގެންފައިވާ ކަމަށެވެ. މި ބޯޓުތައް އަތުލައިގަނެ، މިހާރު އޮތީ އެމްއެންޑީއެފްގެ ކޯސްޓްގާޑްގެ ބެލުމުގެ ދަށުގައެވެ. ނަމަވެސް އެއީ ކޮން ޤައުމެއްގެ ބޯޓުތަކެއްކަމެއް ވެސް އިތުރު ތަފްސީލެއް ވެސް އަދި  ނުދެއެވެ. ބޭރުގެ މަސްބޯޓުތައް ޤަވާޢިދާ ޚިލާފަށް ރާއްޖޭގެ އިޤްތިސާދީ ސަރަހައްދުން މަސްވެރިކަންކުރާ މައްސަ...

އިސްރާއީލަށް ޖާސޫސްކޮށްދޭ ޓީމެއްގެ އިސްވެރިޔާއަށް އީރާނުގައި މަރުގެ އަދަބުދީފި
International

އިސްރާއީލަށް ޖާސޫސްކޮށްދޭ ޓީމެއްގެ އިސްވެރިޔާއަށް އީރާނުގައި މަރުގެ އަދަބުދީފި

އީރާނުގައި އިސްރާއީލަށް ޖާސޫސްކޮށްދިނުމަށް ހަރަކާތްތެރިވާ ޓީމެއްގެ އިސް އިސް ލީޑަރަށް އީރާނުގައި މަރުގެ އަދަބުދީފިއެވެ. އީރާނަށް އިސްރާއީލުން ދިން ފުރަތަމަ ހަމަލާ ވެސް އޭގެ ފަހުން ދެމުން އަންނަ ގިނަ ހަމަލާތައް ވެސް ދެމުން އަންނަނީ އީރާންގައި ތިބި އިސްރާއީލްގެ ޖާސޫސީ އިދާރާ މޮސާޑުގެ އެޖެންޓުން ދިން މައުލޫމާތުގެ އަލީގައެވެ. ފުރަތަމަ ހަމަލާގައި ވަނީ އީރާނުގެ އިސް މިލިޓަރީ އޮފިޝަލުންނާއި ނިއުކްލިއަރ ސައިންޓިސްޓުން މަރާލާފައެވެ. އެ ހަމަލާ ދީފައި ވަނީ އެ ބޭފުޅުން ބައްދަލުވުމަކަށް އެއްތަންވެވަޑައިގެން...

ޖަލާލުއްދީން ސްކޫލްގެ ދަރިވަރެއް ހިމެނޭހެން ރައީސްގެ ސްކޮލާޝިޕް 1ވަނަ ހޯދި 11 ދަރިވަރަކަށް
Raajje

ޖަލާލުއްދީން ސްކޫލްގެ ދަރިވަރެއް ހިމެނޭހެން ރައީސްގެ ސްކޮލާޝިޕް 1ވަނަ ހޯދި 11 ދަރިވަރަކަށް

މަތީ ޘާނަވީ އިމްތިޙާނުން ޤައުމީ ގަދަ 10 ގެ އެއްވަނަ ނަތީޖާ ހޯދައިގެން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ސްކޮލަރޝިޕް 11 ދަރިވަރުންނަށް، ހައިއެޗީވަރސް ސްކޮލަރޝިޕް 87 ދަރިވަރުންނަށް ލިބިއްޖެއެވެ. ރޭ ބޭއްވި “މަތީ އަރުތަވެރިންގެ އިނާމު 2024” ގެ ފަސްވަނަ ދަންފަޅި ޝަރަފްވެރިކޮށްދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެއެވެ. މި ދަންފަޅީގައި މަތީ ޘާނަވީއާއި ޘާނަވީ އިމްތިޙާނުތަކުން އެންމެ މޮޅު ނަތީޖާ ހާސިލުކުރި ދަރިވަރުންގެ އަގު ވަޒަންކޮށް، އިނާމުދީފަވެއެވެ. މާލޭގެ ޒުވާނުންގެ މަރުކަޒުގައި އޮތް މި ރަސްމިއްޔާތުގައި...

ހުޅުމާލެ ވިނަރެސް ފްލެޓެއްގައި ރޯވެ، ބޮޑެތި ގެއްލުންތަކެއް
Raajje

ހުޅުމާލެ ވިނަރެސް ފްލެޓެއްގައި ރޯވެ، ބޮޑެތި ގެއްލުންތަކެއް

ހުޅުމާލެ ފޭސް 2ގެ ވިނަރެސް ފްލެޓްގެ އެޕާޓްމަންޓެއްގައި މިއަދު ހެނދުނު ރޯވި އަލިފާން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ނިއްވާލައިފިއެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށް އެމްއެންޑީއެފްއިން ބުނެއެވެ. މި ހާދިސާ ހިނގައިގެން އުޅޭ ކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބުނީ މިއަދު ހެނދުނު 07:41 ހާ އިރުއެވެ. މި މަޢުލޫމާތު ލިބުމާއެކު، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރ ފައިޓަރުން ވަނީ ހުޅުމާލެ […]

ބިރުދެއްކުމަށާއި އަނިޔާވެރިކަމަށް ދުވަހަކުވެސް ބޯނުލަނބާނަން: އީރާން
International

ބިރުދެއްކުމަށާއި އަނިޔާވެރިކަމަށް ދުވަހަކުވެސް ބޯނުލަނބާނަން: އީރާން

ބިރުދެއްކުމަށާއި އަނިޔާވެރިކަމަށް ދުވަހަކުވެސް ބޯނުލަނބާނެކަމަށާއި، އަނިޔާވެރިކަމަށް ފުރިހަމައަށް ޖަވާބުދޭނެކަމަށް އީރާނުން ބުނެފިއެވެ. ފަރަންސޭސި ރައީސް އެމެނުއެލް މެކްރޯނާއެކު ފޯނުން ކުރެއްވި މަޝްވަރާއަކަށްފަހު، އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ވިދާޅުވެފައިވަނީ އެމެރިކާގެ އަނިޔާވެރިކަމަށް ޖަވާބުދޭންޖެހޭނެ ކަމަށެވެ. އީރާނުގެ ރިޔާސީ އޮފީހުގެ ވެބްސައިޓުގައި ޝާއިރުކޮށްފައިވާ ބަޔާނެއްގައި، ޕެޒެޝްކިއަން ވިދާޅުވެފައިވަނީ އީރާނަށް އަނިޔާވެރިކަން ކުރިމަތިވެފައިވާ ކަމަށާއި، އެކަމާ ދެކޮޅަށް ހަރުދަނާ...

އަހަރެމެންގެ ނިއުކްލިއަރ މަޢުލޫމާތަކީ ނައްތާލެވޭނެ އެއްޗެއް ނޫން: އީރާން
International

އަހަރެމެންގެ ނިއުކްލިއަރ މަޢުލޫމާތަކީ ނައްތާލެވޭނެ އެއްޗެއް ނޫން: އީރާން

އިރާނުގެ ނިއުކްލިއަރ މަޢުލޫމާތު ނައްތާނުލެވޭނެކަމަށް އެ ޤައުމުން މިއަދު ބުނެފިއެވެ. އީރާންގެ ނިއުކްލިއަރ ހަކަތަ ނައްތާލާނެކަމަށް ބުނެ އިސްރާއީލުން ވަނީ 13 ޖޫން 2025 ގައި އީރާނާއި ދެކޮޅަށް ހަނގުރާމަ ފަށާފައެވެ. އެމެރިކާ ފަހަތުގައި އޮވެގެން ފެށި މި ހަނގުރާމާގައި އެމެރިކާއިން މަސައްކަތްކުރީ އިސްރާއީލް މެދުވެރިކޮށް އީރާންގެ ނިއުކްލިއަރ މަރުކަޒުތައް ހަލާކުކޮށްލާށެވެ. ނަމަވެސް އެކަން އިސްރާއީލަށްނުވުމުން އެންމެ ފަހުން އެމެރިކާއިން ވަނީ އީރާންގެ ތިން ނިއުކްލިއަރ މަރުކަޒަކަށް ރޭ ބޮންއަޅާފައެވެ. އެމެރިކާ...

އަމާޒަކީ ދައުރު ނިމިގެންދާއިރު އޭ ލެވެލްއަކީ ސްކޫލް ނިންމާ މަރުހަލާކަމުގައި ހެދުން: ޝަފީޢު
Raajje

އަމާޒަކީ ދައުރު ނިމިގެންދާއިރު އޭ ލެވެލްއަކީ ސްކޫލް ނިންމާ މަރުހަލާކަމުގައި ހެދުން: ޝަފީޢު

މި ސަރުކާރުގެ އަމާޒަކީ މި ރިޔާސީ ދައުރުގެ ފަސް އަހަރު ނިމުމުގެ ކުރިން، އޭ ލެވެލްއަކީ ސްކޫލް ނިންމާ މަރުހަލާއަށް ހެދުން ކަމަށް ތަޢުލީމާ ބެހޭ ވަޒީރު ޑރ. އިސްމާއީލް ޝަފީޢު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، މަތީ އަރުތަވެރިންގެ އިނާމުދިނުމުގެ ރަސްމިއްޔާތުގެ 5 ވަނަ ދަންފަޅީގައި ވާހަކަފުޅުދައްކަވަމުންނެވެ. މި އަމާޒަކީ ދަރިވަރުންނަށް ތަޢުލީމީ ފުރުސަތުތައް ފުޅާކޮށް، އެއްވެސް ދަރިވަރެއް ބާކީ ނުކުރުމަށްޓަކައި ކަނޑައަޅާފައިވާ އަމާޒެއްކަން ވަޒީރު ފާހަގަކުރަށްވާފައިވާއިރު، އޭ ލެވެލްގައި ކިޔަވާ ދަރިވަރ...

ފޭކް ޓްރާންސްފަރ ސްލިޕް ބޭނުންކޮށް ވިޔަފާރިކުރި ދެމީހަކު ހައްޔަރުކޮށްފި
Raajje

ފޭކް ޓްރާންސްފަރ ސްލިޕް ބޭނުންކޮށް ވިޔަފާރިކުރި ދެމީހަކު ހައްޔަރުކޮށްފި

ސައްހަ ނޫން ޓްރާންސްފަރ ސްލިޕް ބޭނުންކޮށްގެން ފިހާރަތަކުން ވިޔަފާރިކުރި މައްސަލައަކާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުންގެ ޚިދުމަތުން މިއަދު ބުނެފައިވާ ގޮތުގައި މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ޒައިދާން މުޙައްމަދު ހާޝިމް (28އ) އާއި އަފްރިން އަކްތަރު (30އ، ބަންގްލަދޭޝް) އެވެ. މި ދެމީހުން ހައްޔަރުކޮށްފައިވަނީ ޖޫން 17 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުންނެވެ. މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މެއި މަހުގެ ތެރޭގައި ހުޅުމާލޭ ފިހާރައަކުން ސައްހަ ނޫން ސްލިޕް ފޮނުވައިގެން މުދ...

އެމެރިކާއިން ކުރި ޢަމަލުގެ އަގު ދައްކަންޖެހޭނެ: ހޫތީން
International

އެމެރިކާއިން ކުރި ޢަމަލުގެ އަގު ދައްކަންޖެހޭނެ: ހޫތީން

އީރާނުގެ ނިއުކްލިއަރ މަރުކަޒުތަކަށް އެމެރިކާއިން ރޭ ދިން ހަމަލާތަކުގެ އަގު އެމެރިކާއިން ދައްކަންޖެހޭނެކަމަށް ޔަމަނުގެ ހޫތީން ބުނެފިއެވެ. ހޫތީންނަކީ ކަނޑުމަތީގެ އޮޕަރޭޝަންތަކުގެ ގާބިލުކަން ވަރުގަދަ ޖަމާއަތެކެވެ. އެމެރިކާއަށް އިންޒާރުދީ ހޫތީން ބުނެފައި ވަނީ ރަތް ކަނޑުން ދަތުރު ކުރާ އެމެރިކާގެ އުޅަނދުފަހަރަށް ހަމަލާދޭނެކަމަށެވެ. ”އެމެރިކާރިކާ ކުރި ޢަމަލުގެ ނަތީޖާ އުފުލަންޖެހޭނެ” ޔަމަނުގެ ހޫތީ ޖަމާޢަތުގެ ސިޔާސީ ބިއުރޯގެ މެންބަރެއް ކަމުގައިވާ ހިޒާމް އަލް-އަސަދު ސޯޝަލް މީޑިއާގައި އެމެރިކާއަށް ދިން ކުރ...

މާލޭގެ ގެއަކުން އަންހެނަކު ވެއްޓި ވަރަށް ބޮޑަށް އަނިޔާވެއްޖެ
Raajje

މާލޭގެ ގެއަކުން އަންހެނަކު ވެއްޓި ވަރަށް ބޮޑަށް އަނިޔާވެއްޖެ

މާލޭގެ ގެއަކުން އަންހެނަކު ވެއްޓި ވަރަށް ބޮޑަށް އަނިޔާވެގެން ފަރުވާދެމުން އަންނަކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން ބުނީ، މާލޭގެ މާލޭގެ މަޗަންގޮޅީގައި ހުންނަ ގެއެއްގެ ދެވަނަ ފަންގިފިލާއިން ވެއްޓި، އުމުރުން 42 އަހަރުގެ ދިވެހި އަންހެނަކަށް ބޮޑެތި އަނިޔާތަކެއް ވެފައިވާ ކަމަށެވެ. މި ހާދިސާ ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ ރޭ ފަތިހު 04:00 ހާއިރު އެވެ. ފުލުހުންނަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު، މި ހާދިސާގައި އެ އަންހެން މީހާގެ ދެފައި ކުޑަހުޅުން ނެއްޓި ، ކުދި ހުޅުތަކަށް […]

އެމެރިކާގެ ހަމަލާތަކުގެ ސަބަބުން މުޅި ދުނިޔެ ނުރައްކަލުގެ ތެރެއަށް ވެއްޓިދާނެކަމުގެ އިންޒާރު
International

އެމެރިކާގެ ހަމަލާތަކުގެ ސަބަބުން މުޅި ދުނިޔެ ނުރައްކަލުގެ ތެރެއަށް ވެއްޓިދާނެކަމުގެ އިންޒާރު

އީރާނަށް އެމެރިކާއިން ދިން ހަމަލާތަކުގެ ސަބަބުން މުޅި ދުނިޔެއަށް ވެސް ނުރައްކާތެރި ނަތީޖާތަކެއް ކުރިމަތިވެދާނެކަމުގެ އިންޒާރު އދ. ގެ ސެކްރެޓަރީ ޖެނެރަލް އަންޓޯނިއޯ ގުޓެރެސް ދެއްވައިފިއެވެ. އެމެރިކާއިން ވަނީ އީރާންގެ މައިގަނޑު ތިން ނިއުކްލައަރ މަރުކަޒަކަށް ރޭ ހަމަލާދީފައެވެ. އޭގެ ތެރޭގައި އީރާނުގެ ފޯޑޯ، ނަތަންޒް އަދި އިސްފަހާންގެ ނިއުކްލިއަރ މަރުކަޒު ހިމެނެއެވެ. މި ހަމަލާތަކާއި ގުޅިގެން އދ.ގެ ސެކްރެޓަރީ ޖެނެރަލް އަންޓޯނިއޯ ގުޓެރެސް ވިދާޅުވީ މިކަމުގެ ސަބަބުން ނުރައްކާތެރިކަން އިތުރުވެފައިވާ ކަމަށެ...