ހިޖުރައިން އެތައް ފިލާވަޅެއް: ދީނަށް ޓަކައި ޤުރުބާންވެ ސާބިތުކަމާއެކު ދެމިތިބުމަށް ހިތްވަރުލާންޖެހޭ
ހިޖުރައިގެ މަތިވެރި ޒިކުރާ ގުޅިފައިވަނީ، މައްކާއިން މަދީނާއަށް رسول الله صلى الله عليه وسلم ހިޖުރަކުރެއްވި ޙާދިސާއާއެވެ. މިއީ އިސްލާމީ ދައުލަތެއްގެ ބިންގާ އެޅުނު ވަޤުތެވެ. މައްކާގައި 13 އަހަރު ދަޢުވަތު ދެއްވުމަށް ފަހު، އެކަށީގެންވާ އިޖާބައެއް ލިބިވަޑައިނުގަތުމުންނާއި، އެކަލޭގެފާނު އަވަހާރަކޮށްލަން ރާވަން ފެށުމުން، މާތް اللهُ سُبْحَانَهُ وَتَعَالَىގެ އަމުރުފުޅަށް މަދީނާއަށް ހިޖުރަކުރެއްވިއެވެ. ހިޖުރައިގެ މާނައަކީ އަމިއްލަ ވަޒަން ދޫކޮށް އެހެން ރަށަކަށް ދިއުމަށް ވުރެ ފުޅާ މާނައެކެވެ. އެންމެ މަތިވެރ...