އިސްރާއީލުން އީރާނާއި ދެކޮޅަށް ދެމުން އަންނަ ހަމަލާތަކުގައި ޖަވާބުގައި އީރާނުން މިސައިލް ހަމަލާތަކެއް ދެމުން އަންނަކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

އިސްރާއީލުގެ ސިފައިންގެ ފަރާތުން އެކްސްގައި ބުނެފައިވާ ގޮތުގައި އެ ޤައުމުގެ ދިފާޢީ ނިޒާމުތަކުން ދަނީ މިސައިލްތައް ހުއްޓުވުމަށް މަސައްކަތްކުރަމުންނެވެ. އަދި ރައްކާތެރި ސަރަޙައްދުތަކަށް ވަނުމަށް އިސްރާއީލުގެ ރައްޔިތުންނަށް އިރުޝާދު ދީފައިވެއެވެ.

Ad
rt

މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި މުޅި ޤައުމުގައި އެއަރ ރެއިޑް ސައިރަންތައް އިވެމުންދެއެވެ. ރޮއިޓަރސް ނިއުސް އޭޖެންސީން ރިޕޯޓުކުރާ ގޮތުގައި ޖެރޫސަލަމް އަދި ތެލް އަވީވްގައި ގޮވުމުގެ އަޑު އިވިފައިވެއެވެ. ރޮއިޓާސްއިން މިކަން ރިޕޯޓްކޮށްފައި ވަނީ، އީރާނުން ދޫކޮށްފައިވާ މިސައިލްތައް ހުއްޓުވުމަށް އިސްރާއީލުގެ އެއަރ ފޯސްއިން މަސައްކަތްކުރަމުންދާކަމަށް އިސްރާއީލުގެ ސިފައިން ބުނި ވަގުތާ ދާދި ގާތް ވަގުތެއްގައެވެ.

އިސްރާއީލުގެ ސަރަޙައްދީ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި އެ ޤައުމުގެ އެކި ސަރަޙައްދުތަކަށް މިސައިލްތައް އަމާޒުވެފައިވެއެވެ. އުތުރުގައިވާ ހައިފާ ސަރަޙައްދާއި، އީރާނުގެ މިސައިލް ހަމަލާތަކުގެ އާންމު އަމާޒަކަށްވެފައިވާ ދެކުނުގެ ބީއަރޝީބާގައި މިސައިލްތައް ވެއްޓިފައިވާ ކަމަށް ރިޕޯޓުކޮށްފައިވެއެވެ.

މީގެ އިތުރުން ޖެރޫސަލަމްގައިވެސް މަދުވެގެން އެއް މިސައިލް ވެއްޓުނު ކަމަށް ރިޕޯޓުކޮށްފައިވެއެވެ. އިސްރާއީލުގެ ޗެނަލް 12 އިން ރިޕޯޓުކުރާ ގޮތުގައި މި ބުރުގައި 39 މިސައިލް އިސްރާއީލަށް އަމާޒުވެފައިވާކަމަށް ވަނީ ފާހަގަކުރެވިއެވެ.

އިރާނުން ރައްދުގައި ދެމުންދާ ހަމަލާތަކުގެ އިސްރާއީލުން މިހާތަނަށް މަރުވެފައި ވަނީ 24 މީހުންކަމަށް ރިޕޯޓްތައް ބުނެއެވެ. އިރާނުން ބުނީ އެ ގައުމުގެ ހަމަލާތަކުގެ ބޭނުމަކީ އާންމުން މެރުން ނޫން ކަމަށެވެ. ހަމަލާ ދެނީ އިޒްރޭލުގެ އަސްކަރީ މަރުކަޒުތަކަށާއި އަސްކަރިއްޔާ އަށް އަމާޒުކޮށް ކަމަށް އިރާނުން ބުންޏެވެ. އެހެންވެ އިރާނުގެ ހަމަލާތަކުގައި އިޒްރޭލުން މަރުވި އަދަދު ވެސް މަދެވެ.