ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ހަރަކާތެއް ބާއްވަން މާލޭގެ ސަލްޓަންޕާކު ދީފައިވާކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު މިރޭ ވިދާޅުވެއްޖެއެވެ.

އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިރޭ ވިދާޅުވީ، ސަލްޓަން ޕާކަކީ މަރާމާތުކުރުމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން އެދިގެން މާލޭ ސިޓީ ކައުންސިލުން ޙަވާލުކޮށްފައިވާ ތަނަކަށްވާތީ އެތަން އެ ވުޒާރާއިން މިހާތަނަށް ކުއްޔަށް ދީފައިނުވާނެ ކަމަށެވެ.

Ad
d

އެތަން ކުއްޔަށް ދޫކުރުމުގެ އުޞޫލެއް ވެސް މިހާތަނަށް ކަޑައަޅާފައި ނުވާނެކަމަށާއި، އެމްޑީޕީން އިވެންޓެއް ބޭއްވުމަށް މާލެއިން ތަނެއް ހަމަނުޖެހިގެން އެތަން ހޯދުމަށް އެދިފައިވާތީ ސަލްޓަން ޕާކުގެ އިވެންޓް ބާއްވާ ތަން އެޕާޓީއިން އެދިފައިވާ ގޮތަށް ދިނުމަށް މިހާރު ނިންމާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

ނަޝީދަށް މަރުހަބާ ދެންނެވުމުގެ ހަރަކާތް މުލީއާގޭ ކަންމަތީގައި ބާއްވަނީ

ނަޝީދާއި ދަ ޑިމޮކްރެޓްސް އަށް ނިސްބަތްވެވަޑައިގަންނަވާ ގިނަ ބޭފުޅުންތަކެއް އެމްޑީޕީއާ ގުޅިވަޑައިގެންނެވުން ފާހަގަކޮށް މަރުހަބާދެންނެވުމަށް ހަފުލާއެއް ބޭއްވުމަށާއި، އެމްޑީޕީގެ 20 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށްޓަކައި އެކި އިވެންޓްތައް ބޭއްވުމަށް ތަނެއް ހަމަޖެއްސުމަށް ކުރި މަސައްކަތަށް ކާމިޔާބުވެފައި ނުވާކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޟް އިސްމާއިލް ވިދާޅުވެފައެވެ.

ފައްޔާޟް މިހެން ވިދާޅުވުމުން ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު ވަނީ މި ސަރުކާރު ވެރިކަމާއި ހަވާލުވިއިރު އެއްވެއުޅުމުގެ ހުއްދަ އޮންނަނީ ހަމައެކަނި ކާނިވާ ސަރަޙައްދަށް ކަމަށާއި، އެއީ ކުރިން ހުއްދަ ނެގުމަކާ ނުލައި އެއްވެވޭ ހަމައެކަނި ސަރަޙައްދު ކަމުގައި ވިދާޅުވެފައެވެ. ނަމަވެސް މިހާރު މި ސަރުކާރުން ވަނީ އިތުރު ތަންތަން މިކަމަށް ހަމަޖައްސާފައިކަން ހީނާ ވަނީ ފާހަގަކުރަށްވާފައެވެ.

މާލޭގައި އެއްވުންތައް ބާއްވަން އެއްތަނުގެ ބަދަލުގައި ގިނަ ތަންތަން ހަމަޖެއްސީ މި ސަރުކާރުން: ހީނާ

އެގޮތުން، ކާނިވާ ސަރަޙައްދުގެ އިތުރުން މާލޭ ހުޅަނގު ދެކުނު ހިއްކި ސަރަހައްދު (އިންޑަސްޓްރިއަލް ޒޯނުގެ ގޮތުގައި ކަނޑައެޅި ސަރަހައްދު)، އުސްފަސްގަނޑާއި އަދި ރަސްފަންނު ވަނީ ކުރިން ހުއްދަ ނެގުމަކާ ނުލައި ސިޔާސީ ހަރަކާތްތައް ހިންގޭނެ ތަންތަނުގެ ގޮތުގައި ކަނޑައަޅާފައިކަމަށް ހީނާ ވިދާޅުވިއެވެ.

Ad
df

ހީނާ އިތުރަށް ވިދާޅުވި ގޮތުގައި، މިގޮތަށް ކަނޑައެޅި، ފުރުޞަތު ފުޅާކޮށްދެވިފައިވާ ކަންކަމާ ގުޅޭގޮތުން ރައްޔިތުންނަށް އޮޅޭފަދަ ގޮތަކަށް ސިޔާސީ ބޭފުޅުން ވާހަކަ ދެއްކުމުގެ ބަދަލުގައި ކަނޑައެޅިފައިވާ ހަމަތަކާއި އުސޫލުތަކާ އެއްގޮތަށް ކަންކަން ކުރިއަށް ގެންދިއުމަކީ ރޫލް އޮފް ލޯ އާއި ޑިމޮކްރެސީގެ ނިޒާމު ދެމެހެއްޓުމުގެ ވަރަށް މުހިއްމު އަދި އެހާމެ ރިވެތި އަސާސެކެވެ.