އިސްރާއީލުން އިރާނަށް ދެކޮޅަށް ދެމުންދާ ހަމަލާތަކާ ދެކޮޅަށް ނުރުހުން ފާޅުކޮށް އިރާގު ވެރިރަށް ބަޣްދާދުގެ ސަދުރު ސިޓީގައި މިއަދުގެ ހުކުރު ނަމާދަށް އެތައް ހާސް އިރާގުގެ ރައްޔިތުން އެއްވުމެއް ބާއްވައިފިއެވެ.

އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި މީސް މީޑިއާގައި މީހުން ކޮށްފައިވާ ޕޯސްޓުތަކުގައި ހުކުރު ނަމާދަށްފަހު އިރާގުގެ އެތައްހާސް ބަޔަކު ވަނީ އެމެރިކާ އާއި އިސްރާއީލާ ދެކޮޅަށް އަޑު އުފުލާފައިވެއެވެ.

Ad
rt

ރެވޮލިއުޝަން ސިޓީގެ ނަމުންވެސް މަޝްހޫރު ސަދުރު ސިޓީއަކީ އިރާގުގެ ވެރިރަށުގެ ބައެއް ކަމަށްވާއިރު، އެތަނުގައި އެއް މިލިއަނަށްވުރެ ގިނަ މީހުން ދިރިއުޅެއެވެ. އޭގެ ގިނަ އަދަދެއްގެ މީހުންނަކީ ޝިޔައީ މުސްލިމުންނެވެ.

އެ ސަރަހައްދަށް ނަން ދެވިފައިވަނީ އިރާނުގެ ދީނީ ވެރިންގެ ގާތް އެކުވެރިއެއް އަދި އެމެރިކާގެ ހަރުކަށި ފާޑުކިޔާ ފަރާތެއްގެ ގޮތުގައި މަޝްހޫރު ޝިޔާ އަދި މިލިޝިޔާ ލީޑަރު މުގްތަދާ އަލް-ސަދުރުގެ ނަމުންނެވެ.

އިސްރާއީލާއި އިރާނު ދެމެދު މިސައިލް ހަމަލާތައް އަށްވަނަ ދުވަހަށް ކުރިއަށްދާއިރު، އިރާންގެ ވެރިއަށް ތެހުރާންގެ މަގުތަކުގައި ވެސް އިސްރާއީލާ ދެކޮޅަށް އެތައްހާސް މީހުން ދަނީ އިހުތިޖާޖުކުރަމުންނެވެ.