އިސްރާއީލުން އީރާނަށް ހަމަލާދީގެން، ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ކަންތައްތައް ފޮރުވިދާނެ ކަމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހީކޮށްގެން ނުވާނެކަމަށް އެމެރިކާގެ މެސެޗުސެޓްސްއިން ހޮވާފައިވާ ސެނެޓަރ އެލިޒަބަތު ވޮރެން ވިދާޅުވެއްޖެއެވެ.
ވޮރެން މިހެން ވިދާޅުވީ އޭނާގެ ރަސްމީ އެކްސް އެކައުންޓްގައި ކުރެއްވި ޕޯސްޓެއްގައެވެ.
"އިސްރާއީލުގެ ބޮޑުވަޒީރަށް ހީވެދާނެ އޭނާ އީރާނަށް ބޮން އަޅަމުންދާއިރު ޣައްޒާގައި ކުރަމުންދާ ކަންތައްތައް އެއްވެސް މީހަކަށް ނުފެންނާނެ ކަމަށް." ވޮރެން ވިދާޅުވެފަވެއެވެ.
ވޮރެން އިތުރަށް ވަނީ ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ ޢަމަލުތަކުގެ ތަފްޞީލުތައް ފާހަގަކޮށްފައެވެ. އޭނާ ވިދާޅުވި ގޮތުގައި، އިސްރާއީލުން ވަނީ ޣައްޒާގައި މީހުން ބަނޑަށްޖައްސާފައެބެ. ޣައްޒާގެ ރައްޔިތުން ކާނާއަށް ބޭނުންވެފައިވާ ކަމަށާއި، އިސްރާއީލުގެ ލާއިންސާނީ ޢަމަލުތަކުގެ ސަބަބުން މިހާތަނަށް 55،000 (ފަންސާސްފަސްހާސް) މީހުން ޝަހީދުވެފައިވާކަން އޭނާ ވަނީ ފާހަގަކުރަށްވާފައެވެ. އަދި އެހީތެރިންނާއި ޑޮކްޓަރުން ބޯޑަރުން އަނބުރާ ފޮނުވާލާފައިވާ ކަމަށާއި، ކާއެއްޗެހި ހޯދަން ބޭނުންވެގެން ތިބި މަޢުޞޫމު މީހުންނަށް ވަޒަން އަމާޒުކުރަމުންދާ ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.
''މީހުން ބަނޑަށްޖެހިފައި ތިބީ. 55،000 މަރުވެއްޖެ. އެހީތެރިންނާއި ޑޮކްޓަރުން ބޯޑަރުން އަނބުރާ ފޮނުވާލަނީ. ކާއެއްޗެހި ހޯދަން ބޭނުންވެގެން ތިބި މަޢުޞޫމު މީހުންނަށް ވަޒަން އަމާޒުކުރަނީ. ދުނިޔެއަށް ތިބާ ފެނޭ، ބެންޖަމިން ނެތަންޔާހޫ!'' ވޮރެން ވިދާޅުވެފަވެއެވެ.
Israel's Prime Minister may think no one will notice what he's doing in Gaza while he bombs Iran.
People face starvation. 55,000 killed. Aid workers and doctors turned away at the border. Shooting at innocent people desperate for food.
The world sees you, Benjamin Netanyahu.
— Elizabeth Warren (@SenWarren) June 20, 2025
އެލިޒަބަތު ވޮރެން އަކީ ކާކު؟
އެލިޒަބަތު ވޮރެން އަކީ މެސެޗުސެޓްސްއިން ސީނިއަރ ޔުނައިޓެޑް ސްޓޭޓްސް ސެނެޓަރެއްގެ ގޮތުގައި 2013 ވަނަ އަހަރުން ފެށިގެން މަސައްކަތްކުރަމުންދާ ފަރާތެކެވެ. އޭނާއަކީ ފާހަގަކޮށްލެވޭ ޕްރޮގްރެސިވް ޑިމޮކްރެޓެއް ކަމުގައިވާ އިރު، ކަސްޓަމަރުންގެ ޙައްޤުތައް ހިމާޔަތްކުރުމުގެ މަސައްކަތާއި ބަނގުރޫޓުވުމުގެ ޤާނޫނުގެ މާހިރެއްގެ ގޮތުގައި މަޝްހޫރުވެފައިވެއެވެ.
ސިޔާސީ މައިދާނަށް ނުކުތުމުގެ ކުރިން، ވޮރެން ވަނީ 30 އަހަރަށްވުރެ ގިނަ ދުވަހު ފާހަގަކޮށްލެވޭ ޤާނޫނީ ޕްރޮފެސަރެއްގެ ގޮތުގައި މަސައްކަތްކޮށްފައެވެ. މީގެ ތެރޭގައި ހާވަޑް ލޯ ސްކޫލްގައި ގާތްގަނޑަކަށް ދެ ދަހައިކައެއްހާ ދުވަހު މަސައްކަތްކުރި ކުރުން ހިމެނެއެވެ. އޭނާ ޤައުމީ ފެންވަރުގައި ފާހަގަކުރެވުނީ ކޮންސިއުމަރ ފައިނޭންޝަލް ޕްރޮޓެކްޝަން ބިއުރޯ (ސީ.އެފް.ޕީ.ބީ) ޤާއިމުކުރުމަށް ކުރި މަސައްކަތާއި، 2008 ގެ މާލީ ހީނަރުކަމަށްފަހު ޓްރަބަލްޑް އެސެޓް ރިލީފް ޕްރޮގްރާމް (ޓީ.އޭ.އާރް.ޕީ) އަށް ކޮންގްރެޝަނަލް އޯވަރސައިޓް ޕެނަލްގެ ޗެއަރގެ ގޮތުގައި މަސައްކަތްކުރި ކުރުމުންނެވެ.
ސެނެޓްގައި، ވޮރެން ވަނީ އިޤްތިޞާދީ ތަފާތުތަކާއި، ކަސްޓަމަރުންގެ ޙައްޤުތައް ހިމާޔަތްކުރުމާއި، ދަރިވަރުންގެ ލޯނު ދަރަނީގެ މައްސަލަތަކާ ގުޅޭ ކަންކަމުގައި އިސް އަޑެއްގެ ގޮތުގައި މަސައްކަތްކޮށްފައެވެ. އަދި މެދު ފަންތީގެ މީހުން ބާރުވެރިކުރުވުމަށާއި ބޮޑެތި ކުންފުނިތައް ޒިންމާދާރުކުރުވުމަށް އަމާޒުކޮށްގެން ސިޔާސަތުތަކަށް ވަކާލާތުކޮށްފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!