އީރާނުން ނިއުކްލިއަރ ހަތިޔާރު އުފެއްދުމުގެ އެއްވެސް ހެއްކެއް ނެތްކަމަށް އޭނާގެ ޑިރެކްޓަރ އޮފް ނެޝަނަލް އިންޓެލިޖެންސް (ޑީއެންއައި) ޓަލްސީ ގަބާޑް ހުށަހެޅި ހުށަހެޅުމަކީ އޮޅުވާލުމެއް ކަމުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލެއްގެ ޖަވާބުގައި ޓްރަމްޕް ވިދާޅުވީ ޑިރެކްޓަރ އޮފް ނެޝަނަލް އިންޓެލިޖެންސް ޓަލްސީ ގަބާޑް ވަނީ އީރާނުން ނިއުކްލިއަރ ޕްރޮގްރާމާގުޅޭ ގޮތުން އޮޅުވާލައްވާފައި ކަމަށެވެ.
"އާނ، އަހަރެންގެ އިންޓެލިޖެންސް ކޮމިއުނިޓީ ވަނީ އޮޅުވާލާފައި" ޓްރަމްޕް ވިދާޅުވިއެވެ.
ޓްރަމްޕް ވަނީ އިސްރާއީލާއި އީރާނާ ދެމެދު ހިނގަމުންދާ ހަނގުރާމަ ހުއްޓުވުމަށް ވެވޭ އެއްބަސްވުމަކަށް އޭނާ "ފަހަރެއްގައި" ތާއީދު ކުރައްވައިފާނެ ކަމަށް ވެސް ވިދާޅުވެފައެވެ.
"ހަނގުރާމައިގެ ގޮތުން އިސްރާއީލް ދަނީ ކާމިޔާބީއާ ދިމާއަށް ކުރިއަރަމުން، އެހެންނަމަވެސް އީރާނު ދަނީ އެހާ ކާމިޔާބު މަގެއްގައި ނޫންކަން ކޮންމެ މީހަކަށްވެސް ފާހަގަކުރެވޭނެ" ޓްރަމްޕް ވިދާޅުވެފަވެއެވެ.
އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމާ ގުޅޭގޮތުން އެމެރިކާގެ އިންޓެލިޖެންސް އެސެސްމަންޓްގެ ޞައްޙަކަން
އީރާނުން ނިއުކްލިއަރ ހަތިޔާރު އުފައްދަމުން ނުދާކަމަށް އެމެރިކާގެ ނެޝަނަލް އިންޓެލިޖެންސް ޗީފް ވަނީ އޭޕްރީލް މަހު ވަނީ ރައީސް ޓްރަމްޕްއަށް މައުލޫމާތު ހިއްސާކުރަށްވާފައެވެ. ނަމަވެސް ޓްރަމްޕް ވަނީ އެކަން ޤަބޫލުފުޅު ނުކުރައްވާ ދޫކޮށްލައްވާފައެވެ.
އަލް ޖަޒީރާގެ ސީނިއަރ ޕޮލިޓިކަލް އެނަލިސްޓް މަރުވާން ބިޝާރާ ވިދާޅުވި ގޮތުގައި، އީރާނާ ބެހޭ ގޮތުން ނިންމުން ނެރުނު އެމެރިކާގެ ޑިރެކްޓަރ އޮފް ނެޝަނަލް އިންޓެލިޖެންސް، ޓަލްސީ ގަބާޑް، އޭނާގެ އަމިއްލަ ނުވަތަ އޭނާގެ ޓީމުގެ ވިސްނުމަކުން އެކަނި ވާހަކަފުޅު ނުދައްކަވައެވެ.
"އޭނާ ތަމްސީލުކުރައްވަނީ ހުރިހާ އިންޓެލިޖެންސް އޭޖެންސީތަކެއްގެ އެއްބަސްވުމެވެ،" ބިޝާރާ ވިދާޅުފަވެއެވެ.
"މި އިންޓެލިޖެންސްއަކީ އިތުބ އިތުބާރުހުރި މަޢުލޫމާތަކަށް ވާންޖެހެއެވެ. މިއީ ވަކި ފަރުދެއް ނުވަތަ ވަކި ޓީމެއްގެ ނިންމުމެއް ނޫނެވެ. މިއީ އެމެރިކާގެ މުޅި އިންޓެލިޖެންސް ކޮމިއުނިޓީގެ އެއްބަސްވުމެކެވެ. އެހެންކަމުން، ރައީސް [ޓްރަމްޕް] މި ފަދަ މުހިންމު މަޢުލޫމާތެއް އެއްކިބާކުރައްވަނީ ކީއްވެގެން ހެއްޔެވެ؟ ބެންޖަމިން ނެތަންޔާހޫ ފަދަ، އޭނާގެ މުޅި ސިޔާސީ ދައުރުގައި ތެދުވެރިކަން ގެއްލިފައިވާ، ޣައްޒާގައި ހިންގި އަނިޔާވެރި ޢަމަލުތަކަށް ޤާނޫނީ ދަޢުވާ އުފުލިފައިވާ ފަރާތެއްގެ ބަހަށް ބުރަވެވަޑައިގަތުމަކީ ވަރަށް ކަންބޮޑުވާންޖެހޭ ކަމެކެވެ." ބިޝާރާ ވިދާޅުފަވެއެވެ.
މި މައްސަލައިގައި އެމެރިކާގެ ސަރުކާރުގެ އެތެރޭގެ ފުށުއެރުންތަކާއި، ބައިނަލްއަޤްވާމީ ސިޔާސަތު އެކުލަވާލުމުގައި ދިމާވާ ގޮންޖެހުންތައް ސާފުކޮށް ފެންނަން އެބަހުއްޓެވެ. މިފަދަ ނާޒުކު މައްސަލަތަކުގައި ރަސްމީ އިންޓެލިޖެންސް ރިޕޯޓުތަކަށް އިސްކަންދިނުމުގެ މުހިންމުކަން މިކަމުން ހާމަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!