Skip to main content

ޔުމްނާ ޢަލީ

Writer
🇲🇻 ތިލަދުން Desk
10,448 Stories
2,688 Reads

Published on ތިލަދުން (Thiladhun) by ޔުމްނާ ޢަލީ

ދެ އިންތިޚާބު އެކުގައި ބޭއްވުމަށް ޚިޔާލު ހޯދުމުގެ ވޯޓު އޭޕްރިލް 4 ގައި
Raajje

ދެ އިންތިޚާބު އެކުގައި ބޭއްވުމަށް ޚިޔާލު ހޯދުމުގެ ވޯޓު އޭޕްރިލް 4 ގައި

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުގައި ބޭއްވުމަށާއި، މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލަށް ބަދަލު ގެނައުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ “ޤާނޫނުއަސާސީއަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލު” ތަޞްދީޤުކުރެއްވުމުގެ ކުރިން، ރައްޔިތުންގެ ރުހުން އޮތްތޯ ބެލުމަށް ޢާންމު ވޯޓެއް ނެގުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައި އެކަން ޤަރާރަކުން އިޢުލާނު ކުރައްވައިފިއެވެ. މި ވޯޓަކީ ޤާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ށ) އާއި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ޤާނޫނ...

ސްޕޯޓްސް އެވޯޑުގެ ކާމިޔާބީ އަށް ޝިމްލާ އަށް ކެލާ ކައުންސިލްގެ މަރުޙަބާ
Thiladhunmathi News

ސްޕޯޓްސް އެވޯޑުގެ ކާމިޔާބީ އަށް ޝިމްލާ އަށް ކެލާ ކައުންސިލްގެ މަރުޙަބާ

ސްޕޯޓްސް އެވޯޑްގައި ”ޓެކްނިކަލް އޮފިޝަލް އޮފްދަ އިޔަރ”ގެ އެވޯޑް ލިބުނު ހއ. ކެލާ/ފައިންރޯޒް، އައިޝަތު ޝިމްލާ (ޝިމް) އަށް އެރަށު ކައުންސިލުން މަރުހަބާ ކިޔައިފިއެވެ. ކެލާ ކައުންސިލުން ވަނީ ޝިމްގެ މި ކާމިޔާބީ އަކީ ރަން ވަނައެއްގެ ގޮތުގައި ސިފަކޮށްފައެވެ. އަދި ޝިމްގެ މި ކާމިޔާބީ އަށް އެ ކައުންސިލާއި ކެލާ ރައްޔިތުންގެ ނަމުގައި މަރުޙަބާ ކިޔާފަވެއެވެ. ޝިމް އަކީ ހޭންޑް ބޯލްގެ ދަނޑުގައި އިތުބާރު ލިބިފައިވާ ރްފެރީއެކެވެ. 2022 ވަނަ އަހަރު ހޭންޑް ބޯލް ރެފްރީ ކޯސް […]

ހުޅުމާލޭގައި ޕިކަޕެއް ގައިމައްޗަށް ވެއްޓި މީހަކު ނިޔާވެއްޖެ
Raajje

ހުޅުމާލޭގައި ޕިކަޕެއް ގައިމައްޗަށް ވެއްޓި މީހަކު ނިޔާވެއްޖެ

ހުޅުމާލެ ސަހަރާ ކައިރީގައި އޮތް ޕިކަޕެއްގެ މަރާމާތު މަސައްކަތެއް ކުރުމަށް އޭގެ ދަށުގައި އޮތް މީހެއްގެ ގައިމައްޗަށް ޕިކަޕް ވެއްޓި، އެ މީހާ ނިޔާވެއްޖެއެވެ. ފުލުހުންގެ އިދާރާއިން މައުލޫމާތުދިން ގޮތުގައި، މި ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ 15 ފެބުރުވަރީ 2026 ވާ އާދިއްތަ ދުވަހުގެ ހެނދުނު 11:05 އެހާއިރުއެވެ. މި ހިތާމަވެރި ހާދިސާގައި ނިޔާވެފައިވަނީ އުމުރުން 60 އަހަރުގެ ދިވެހި ފިރިހެނެކެވެ. މި ހާދިސާއާ ގުޅިގެން ހުޅުމާލެ ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން ބުނީ ޕިކަޕް ދަށުވި […]

މާލޭގެ ބާޒާރުމަތީ މަގު ތަރައްޤީކޮށް ދެކޮޅަށް ދުއްވޭ މަގެއްގެ ގޮތުގައި ހުޅުވާލައިފި
Business

މާލޭގެ ބާޒާރުމަތީ މަގު ތަރައްޤީކޮށް ދެކޮޅަށް ދުއްވޭ މަގެއްގެ ގޮތުގައި ހުޅުވާލައިފި

މާލޭ ބޮޑުތަކުރުފާނުމަގުގެ ބާޒާރުމަތީ ސަރަހައްދު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ނިންމައި، މިއަދު އާންމު ދަތުރުފަތުރަށް ހުޅުވާލައިފިއެވެ. މި މަޝްރޫޢުގެ ދަށުން ލޯކަލް މާރުކޭޓުން ފެށިގެން ނޯތު ހާބަރާ ހަމައަށް 250 މީޓަރުގެ ސަރަޙައްދެއްގައި ވަނީ ތާރުއަޅާފައެވެ. މީގެ އިތުރުން، މަގު ފުޅާކުރުމަށްޓަކައި ފަޅުން ބައެއް ހިއްކައިގެން މަގަށް 6 މީޓަރު އިތުރުކޮށް، އެ ސަރަހައްދުގެ ދަތުރުފަތުރަށް ބޮޑު ބަދަލެއް ވަނީ ގެނެސްފައެވެ. މަގު ހުޅުވުމުގެ ރަސްމިއްޔާތުގެ ކުރިން މިއަދު ހެނދ...

ބޮޑު ތިލަދުންމަތީގެ ފަސް ސްކޫލެއްގައި ކުރިއަށް ގެންދިޔަ ޓްރެފިކް މޮނީޓާސް ޕްރޮގްރާމް ނިންމާލައިފި
Raajje

ބޮޑު ތިލަދުންމަތީގެ ފަސް ސްކޫލެއްގައި ކުރިއަށް ގެންދިޔަ ޓްރެފިކް މޮނީޓާސް ޕްރޮގްރާމް ނިންމާލައިފި

ބޮޑު ތިލަދުންމަތީގެ ފަސް ސްކޫލެއްގެ ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ ޓްރެފިކް މޮނީޓާސް ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މި ޕްރޮގްރާމްގައި ބައިވެރިވެފައިވަނީ ހއ. އިހަވަންދޫ ސުކޫލާއި، ހއ. އަތޮޅު ތައުލީމީ މަރުކަޒާއި، ކުޅުދުއްފުށި ސިޓީ އަފީފުއްދީން ސުކޫލާއި، ޖަލާލުއްދީން ސުކޫލުގެ އިތުރުން ހދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންނެވެ. މި ފެބުރުވަރީ މަހުގެ 7 އިން 12 އަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމް ނިންމުމަށް ވަކިވަކި ރަސްމިއްޔާތުތަކެއް ވަނީ ބާއްވާފައެވެ. އެގޮތުން ކުޅު...

ކުޅިވަރުތަކުގައި ފާހަގަ ކުރެވުނު އެތުލީޓުންނާއި އޮފިޝަލުންގެ އަގުވަޒަން ކުރުމުގެ އެވޯޑް ދީފި
Raajje

ކުޅިވަރުތަކުގައި ފާހަގަ ކުރެވުނު އެތުލީޓުންނާއި އޮފިޝަލުންގެ އަގުވަޒަން ކުރުމުގެ އެވޯޑް ދީފި

ކުޅިވަރުގެ ދާއިރާއިން ފާހަގަކޮށްލެވޭ އެތުލީޓުންނާއި އޮފިޝަލުންގެ މަސައްކަތް އަގުވަޒަންކުރުމުގެ ގޮތުން ސްޕޯޓްސް މިނިސްޓްރީން އިންތިޒާމުކޮށްގެން ބާއްވާ މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2024 ރޭ ބާއްވައިފިއެވެ. މި ހަފްލާގައި ރާއްޖޭގެ އެކި ކުޅިވަރުތަކުން ފާހަގަކޮށްލެވޭ ކާމިޔާބީތައް ހޯދާފައިވާ ފަރާތްތަކަށް ވަނީ އެވޯޑްތައް ހަވާލުކޮށްފައެވެ. ލައިފްޓައިމް އެޗީވްމަންޓް އަދި ޚާއްސަ އެވޯޑްތައް މި އަހަރުގެ ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ހާސިލުކުރީ ދިވެހި ފުޓްބޯޅައިގެ ލެޖެންޑް މޫސާ މަނިކު (ކުޑަމޫސަ) އާއި އޭނާގެ...

ފަލަސްތީނުގެ ބޮޑު ބިމެއް "އިސްރާއީލްގެ މިލްކިއްޔާތެއް" ގޮތުގައި ރަޖިސްޓްރީ ކުރަން އިސްރާއީލުން ފާސްކޮށްފި
International

ފަލަސްތީނުގެ ބޮޑު ބިމެއް "އިސްރާއީލްގެ މިލްކިއްޔާތެއް" ގޮތުގައި ރަޖިސްޓްރީ ކުރަން އިސްރާއީލުން ފާސްކޮށްފި

1967 ވަނަ އަހަރު އިސްރާއީލުން ފަލަސްތީނުގެ ބިންތަކަށް ވެރިވެގަތް ފަހުން ފުރަތަމަ ފަހަރަށް، ހިފާފައިވާ ހުޅަނގު އައްސޭރީގެ ބޮޑު ސަރަހައްދެއް “ދައުލަތުގެ ބިމުގެ” ގޮތުގައި ރަޖިސްޓްރީ ކުރުމަށް އިސްރާއީލު ސަރުކާރުން އާދީއްތަ ދުވަހު ފާސްކޮށްފިއެވެ. އިސްރާއީލުގެ ރަސްމީ ބްރޯޑްކާސްޓަރު ‘ކާން’ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ހުށަހެޅުން ހުށަހެޅީ ހަރުކަށި ފިކުރުގެ ފިނޭންސް މިނިސްޓަރު ބެޒަލެލް ސްމޮޓްރިޗާއި، ޖަސްޓިސް މިނިސްޓަރު ޔާރިވް ލެވިންގެ އިތުރުން ޑިފެންސް މިނިސްޓަރު އިސްރާއީލު ކާޓްޒް އެވެ. އިސްރާއީލްގ...

ރައީސް "ސްޕޯޓްސް އެވޯޑްސް" ހަފުލާ ޝަރަފްވެރިކޮށްދެއްވައިފި
Raajje

ރައީސް "ސްޕޯޓްސް އެވޯޑްސް" ހަފުލާ ޝަރަފްވެރިކޮށްދެއްވައިފި

ދިވެހި ކުޅިވަރުގެ ދާއިރާއިން ފާހަގަކޮށްލެވޭ ޚިދުމަތްތެރިންނާއި އެތުލީޓުންގެ އަގުވަޒަންކުރުމަށް ބޭއްވި “މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2025” ރަސްމިއްޔާތު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ޝަރަފްވެރިކޮށްދެއްވައިފިއެވެ. މާލޭގެ ޒުވާނުންގެ މަރުކަޒުގެ އިންޑޯ ކޯޓުގައި ބޭއްވުނު މި ކުލަގަދަ ޙަފުލާގައި، 2024 ވަނަ އަހަރު ކުޅިވަރުގެ ދާއިރާއިން ހޯދާފައިވާ ބޮޑެތި ކާމިޔާބީތައް ފާހަގަކޮށް، ޝަރަފުވެރި އެވޯޑުތައް ވަނީ ހަވާލުކޮށްފައެވެ. މިގޮތުން، ކުޅިވަރުގެ ދާއިރާއަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ މޫސާ މ...

ރާއްޖޭގެ ފުޓްސަލް ކިންގަކީ ޗެމްޕިއަން ނައިވާދޫގެ ޔާމީން، ނައިވާދޫ އަށް މުބާރާތުގެ ގިނަ ވަނަތަކެއް
Raajje

ރާއްޖޭގެ ފުޓްސަލް ކިންގަކީ ޗެމްޕިއަން ނައިވާދޫގެ ޔާމީން، ނައިވާދޫ އަށް މުބާރާތުގެ ގިނަ ވަނަތަކެއް

ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ކިންގަކަށް ނައިވާދޫގެ ކެޕްޓަން ޔާމީން މުހައްމަދު (ޔާންޓޭ) ހޮވިފައިވާއިރު، އެ މުބާރާތުގެ ގިނަ ވަނަތަކެއް އެ ޓީމަކަށް ވަނީ ލިބިފައެވެ. ރޭ ކުޅުނު ފައިނަލްގައި 9-3 ލަނޑުގެ ބޮޑު ތަފާތަކުން ގއ.ދެއްވަދޫ ބަލިކޮށް ޗެމްޕިއަންކަން ހޯދި ނައިވާދޫގެ ޔާމީން މުބާރާތުގެ ”ކިންގް އޮފް ޓޯނަމަންޓް” އަކަށް ހޮވުނުއިރު، އޭނާ އަކީ މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރޭ ވެސް ހިމެނުނު ކުޅުންތެރިއެކެވެ. ޔާމީންގެ އިތުރުން ނައިވާދޫ ޓީމުގެ އަހްމަދު ހަމީދު […]

މުދާތަކެއްގެ ތެރޭގައި ފޮރުވައިގެން ޑްރަގް އެތެރެކޮށް ވިއްކާކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރު
News

މުދާތަކެއްގެ ތެރޭގައި ފޮރުވައިގެން ޑްރަގް އެތެރެކޮށް ވިއްކާކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރު

މުދާތަކެއްގެ ތެރޭގައި ފޮރުވައިގެން ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެ ތަކެތި ޓްރެފިކް ކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން މިއަދު ބުނިގޮތުގައި މި ފެބުރުވަރީ މަހުގެ 12 ވަނަ ދުވަހު ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައިވަނީ މ. މުލައް / މަދާރުގެ، ޙަސަން މަފާޒު (26އ) އާއި ހ. ފިލްމީސައިޓް / މާލެ، ވިޝާމް މުޙައްމަދު (35އ) އެވެ. މި ދެ މީހުން ހައްޔަރުކޮށްފައިވަނީ މުދާތަކެއްގެ ތެރޭގައި ފޮރުވައިގެން ރާއްޖެއަށް އެތެރެކޮށްފައިވާ 36 ކިލޯއަށްވުރެ...

ކެލާ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ އަމަލީ މަސައްކަތް ފަށައިފި
Thiladhunmathi News

ކެލާ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

ހއ. ކެލާގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ހޮނިހިރު ދުވަހު ރަސްމީކޮށް ފަށައިފިއެވެ. މި މަޝްރޫޢުގެ މަސައްކަތް ފައްޓަވައިދެއްވީ ކެލާ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ޢަބްދުﷲ ޝަރީފެވެ. މި ރަސްމިއްޔާތުގައި އާރުޑީސީގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ނަޡީމް އާއި ކެލާ ކައުންސިލްގެ ރައީސް ޢަބްދުﷲ އިންފާޒްގެ އިތުރުން ކަމާބެހޭ އިސް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ. ކެލާ މަގުހެދުމުގެ މަޝްރޫޢުގެ ދަށުން އެ ރަށުގެ މައި ހުރިހާ މަގުތަކެއް ހިމެނޭހެން ޖުމްލަ 3.9 […]

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި
Raajje

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި

ދިވެހި ފުލުހުންގެ ޚިދުމަތުން ތަޙުޤީޤު ކުރަމުންދާ، ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ރޭ ހާމަކޮށްފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 27 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ހައްޔަރުކޮށްފައިވަނީ 11 ފެބްރުއަރީ 2026 ވީ ބުދަ ދުވަހުއެވެ. މި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާގެ ބަންދަށް 30 ދުވަހުގެ މުއްދަތެއް ދީފައެވެ. މި މައްސަލައަކީ ކުޑަކުއ...

އިސްރާއީލުގެ އޮފިސަރަކު ޒިޔާރަތްކުރުމުން ބެލްޖިއަމްގައި މަސައްކަތް ހުއްޓާލައި ހަޅުތާލުކޮށްފި
International

އިސްރާއީލުގެ އޮފިސަރަކު ޒިޔާރަތްކުރުމުން ބެލްޖިއަމްގައި މަސައްކަތް ހުއްޓާލައި ހަޅުތާލުކޮށްފި

ބެލްޖިއަމްގެ އެންމެ ބޮޑު ހަތިޔާރު އުފައްދާ ކުންފުނި ކަމަށްވާ އެފް.އެން ހާސްޓަލް އަށް އިސްރާއީލު ސިފައިންގެ އިސް އޮފިސަރަކު ޒިޔާރަތް ކުރުމާ ގުޅިގެން، އެ ކުންފުނީގެ މުވައްޒަފުން ކުއްލި ހަޅުތާލެއް ފަށައިފި ކަމަށް ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، މި އޮފިސަރަކީ ދިފާއީ މަންދޫބުންގެ ވަފުދެއްގެ ތެރޭގައި ހިމެނިގެން އެ ކުންފުންޏަށް ދިޔަ މީހެކެވެ. ހުކުރު ދުވަހުގެ މެންދުރުފަހު ހާސްޓަލްގައި ހުންނަ އެ ފެކްޓްރީގައި ކުރިއަށްދިޔަ މި ހަޅުތާލަކީ، ސޯޝަލިސްޓް ޓްރޭޑް ޔޫނ...

ދެއްވަދޫ ކޮޅަށް 9 ލަނޑުޖަހައި ނައިވާދޫ ފުޓްސަލްގެ ރަސްކަމަށް، ތަށި ބޮޑު ތިލަދުންމައްޗަށް
Thiladhunmathi News

ދެއްވަދޫ ކޮޅަށް 9 ލަނޑުޖަހައި ނައިވާދޫ ފުޓްސަލްގެ ރަސްކަމަށް، ތަށި ބޮޑު ތިލަދުންމައްޗަށް

ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ ޗެމްޕިއަންކަން ހދ. ނައިވާދޫ ހޯދައި، ދިވެހިރާއްޖޭގެ ފުޓްސަލް ރަސްކަމުގެ މަގާމު ކަށަވަރުކޮށްފިއެވެ. ނައިވާދޫ ޗެމްޕިއަންކަން ހޯދީ މިރޭ ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުގައި ކުޅުނު ފައިނަލްގައި 9-3 ލަނޑުގެ ބޮޑު ތަފާތަކުން ގއ.ދެއްވަދޫ ބަލިކޮށްގެންނެވެ. މެޗުގެ 15 ވަނަ ސުކުންތުގެ ތެރޭގައި ޖޯޒީ ނަންބަރު 21 އަހްމަދު ރާހިލް ރަޝީދު ވަނީ ގޯލެއް ޖަހައި ދެއްވަދޫ އަށް ލީޑު ނަގައިދީފައެވެ. ދެއްވަދޫގެ ލަނޑަށްފަހު ނައިވާދޫ ޓީމު ހަމައަކަށްއަޅުވައި ވަރުގަދަ […]

ހެޔޮއެދޭ ފަރާތެއްގެ އެހީގައި އިހަވަންދޫގައި ބިނާކުރި މިސްކިތް ހުޅުވައިފި
Thiladhunmathi News

ހެޔޮއެދޭ ފަރާތެއްގެ އެހީގައި އިހަވަންދޫގައި ބިނާކުރި މިސްކިތް ހުޅުވައިފި

ހެޔޮއެދޭ ފަރާތެއްގެ ދީލަތި އެހީއާއެކު ހއ. އިހަވަންދޫގައި ބިނާކުރި މިސްކިތް މިއަދު ހުޅުވައިފިއެވެ. އިހަވަންދޫ ކައުންސިލުން ބުނީ މި މިސްކިތަކީ ނިޝާން މުލީގެ އިއްޒަތުގެ ވެރިޔާ، ދަމާސް ކުންފުނީގެ ޗެއާމަން މުޙައްމަދު ޞާލިޙްގެ ދީލަތި އެހީގައި އެރަށުގައި ބިނާކޮށްފައިވާ މިސްކިތެއްކަމަށެވެ. މި މިސްކިތް ހުޅުވުމަށް މިއަދު ހަވީރު އިހަވަންދޫގައި ބޭއްވި ރަސްމިއްޔާތުގައި މި މިސްކިތް ހުޅުއްވައިދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް ޢަލީ ސައީދެވެ. މި މިސްކިތަށް ދީފައިވާ ނަމަކީ ”މަސްޖިދު ޒ...