ދިވެހި ކުޅިވަރުގެ ދާއިރާއިން ފާހަގަކޮށްލެވޭ ޚިދުމަތްތެރިންނާއި އެތުލީޓުންގެ އަގުވަޒަންކުރުމަށް ބޭއްވި "މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2025" ރަސްމިއްޔާތު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ޝަރަފްވެރިކޮށްދެއްވައިފިއެވެ.

މާލޭގެ ޒުވާނުންގެ މަރުކަޒުގެ އިންޑޯ ކޯޓުގައި ބޭއްވުނު މި ކުލަގަދަ ޙަފުލާގައި، 2024 ވަނަ އަހަރު ކުޅިވަރުގެ ދާއިރާއިން ހޯދާފައިވާ ބޮޑެތި ކާމިޔާބީތައް ފާހަގަކޮށް، ޝަރަފުވެރި އެވޯޑުތައް ވަނީ ހަވާލުކޮށްފައެވެ. މިގޮތުން، ކުޅިވަރުގެ ދާއިރާއަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ މޫސާ މަނިކު އަދި މުޙައްމަދު ނަދީމަށް ދޭ "ލައިފްޓައިމް އެޗީވްމަންޓް އެވޯޑް" ރައީސް ވަނީ ހަވާލުކޮށްދެއްވާފައެވެ.

Ad
rt

މީގެ އިތުރުން، އޮލިމްޕިކް އަދި ނޮން-އޮލިމްޕިކް ކެޓަގަރީތަކުން އަހަރުގެ އެންމެ މޮޅު ކުޅިވަރު ކުޅުންތެރިންގެ ގޮތުގައި ހޮވުނު ފަރާތްތަކަށް ވެސް އެވޯޑު ހަވާލުކޮށްދެއްވީ ރައީސް ޑރ. މުޢިއްޒެވެ.

މި ރަސްމިއްޔާތުގައި ރައީސްގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދާއި، ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް ބައިވެރިވެވަޑައިގެން، ބައެއް ކެޓަގަރީތަކުގެ އެވޯޑުތައް ހަވާލުކޮށްދެއްވިއެވެ.

ކުޅިވަރު ތަރައްޤީކޮށް ކުރިއެރުވުމަކީ ރައީސް މުޢިއްޒުގެ ސަރުކާރުން ޚާއްޞަ އިސްކަމެއްދީގެން ޤައުމީ އަހުމިއްޔަތުކަމެއް ދެއްވާ ކަމެކެވެ.

މި އެވޯޑަކީ ކުޅިވަރު ކުޅުންތެރިންނަށް ހިތްވަރުދީ، މި ދާއިރާ އިތުރަށް ހަރުދަނާކުރުމަށް ބޭއްވޭ މުހިންމު ޙަރަކާތެކެވެ.