ފުލުހުސް އޮފީސް ހިންގުން ވަގުތީ ގޮތުން ފަރުހާދާ ހަވާލުކޮށްފި
ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ފުލުހުންގެ ޚިދުމަތުން ރިޓަޔަރ ކުރެއްވުމާ ގުޅިގެން، އެ އިދާރާ ހިންގުން ވަގުތީ ގޮތުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއާ ހަވާލުކޮށްފިއެވެ. މި ބަދަލު ގެންނަވާފައިވަނީ ކޮމިޝަނަރ ނަވީން އިއްޔެގެ ވަގުތެއްގައި ޚިދުމަތުން ޝަރަފުވެރިކަމާއެކު ވަކިވެވަޑައިގަތުމާ ގުޅިގެންނެވެ. ފުލުހުންގެ އިދާރާއިން މިއަދު ހާމަކުރި ގޮތުގައި، ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން 18 ފެބްރުވަރީ 2026 ވަނަ ދުވަހުން ފެށިގެން ރިޓަޔަރ ކުރައްވާފައިވާތީ، ދިވެހި ފުލުހުންގެ ޚިދުމަ...