ސްޕޯޓްސް އެވޯޑްގައި ''ޓެކްނިކަލް އޮފިޝަލް އޮފްދަ އިޔަރ''ގެ އެވޯޑް ލިބުނު ހއ. ކެލާ/ފައިންރޯޒް، އައިޝަތު ޝިމްލާ (ޝިމް) އަށް އެރަށު ކައުންސިލުން މަރުހަބާ ކިޔައިފިއެވެ.

ކެލާ ކައުންސިލުން ވަނީ ޝިމްގެ މި ކާމިޔާބީ އަކީ ރަން ވަނައެއްގެ ގޮތުގައި ސިފަކޮށްފައެވެ. އަދި ޝިމްގެ މި ކާމިޔާބީ އަށް އެ ކައުންސިލާއި ކެލާ ރައްޔިތުންގެ ނަމުގައި މަރުޙަބާ ކިޔާފަވެއެވެ.

Ad
rt

ޝިމް އަކީ ހޭންޑް ބޯލްގެ ދަނޑުގައި އިތުބާރު ލިބިފައިވާ ރްފެރީއެކެވެ.

ސްޕޯޓްސް އެވޯޑްގައި ''ޓެކްނިކަލް އޮފިޝަލް އޮފްދަ އިޔަރ''ގެ އެވޯޑް ލިބުނު ހއ. ކެލަޔަށް ނިސްބަތްވާ އައިޝަތު ޝިމްލާ އެވޯޑާއި ހަވާލުވަނީ، ފޮޓޯ: ރައީސް އޮފީސް

2022 ވަނަ އަހަރު ހޭންޑް ބޯލް ރެފްރީ ކޯސް ހެދިފަހުން މާލެ ސަރަހައްދުގައި ބޭއްވި ހުރިހާ މުބާރާތަކުން ޝިމް ވަނީ ފެނިފައެވެ.

ޝިމް މުބާރާތެއްގެ ރެފްރީކަން ކުރަނީ

މިދިޔަ އަހަރު ރެފްރީ އަޕްގްރޭޑް ކޯހެއް ފުރިހަމަކޮށް އެންމެ ރަނގަޅު ނަތީޖާ ހޯދި ރެފްރީން ތެރޭ ހިމެނުނު، ޝިމް ވަނީ ރާއްޖޭގެ އަތޮޅު ތަކުގެ ގިނަ ރަށްތަކުގެ މުބާރާތްތަކުގައި ވެސް ރެފްރީކަންކޮށް ބައިވެރިވުންދީފައެވެ.

ޝިމް މުބާރާތެއްގެ ރެފްރީކަން ކުރަނީ

ކުޅިވަރުގެ ދާއިރާއިން ފާހަގަކޮށްލެވޭ އެތުލީޓުންނާއި އޮފިޝަލުންގެ މަސައްކަތް އަގުވަޒަންކުރުމުގެ ގޮތުން ސްޕޯޓްސް މިނިސްޓްރީން އިންތިޒާމުކޮށްގެން ބާއްވާ މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2024 ގައި ''ޓެކްނިކަލް އޮފިޝަލް އޮފްދަ އިޔަރ''ގެ އެވޯޑް ޝިމް އަށް ލިބުނުއިރު ދެން އެ އެވޯޑަށް ވާދަކުރީ ފާތިމަތު މަލްޝާ އަދި ޝިޒްނާ ރަޝީދެވެ.

ޝިމް މުބާރާތެއްގެ ރެފްރީކަން ކުރަނީ

"މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް" ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެވެ.