Skip to main content

ޔުމްނާ ޢަލީ

Writer
🇲🇻 ތިލަދުން Desk
10,448 Stories
2,688 Reads

Published on ތިލަދުން (Thiladhun) by ޔުމްނާ ޢަލީ

އައިޖީއެމްއެޗާއި ދަރުމަވަންތާގައި ޚިދުމަތްތައް މިއަހަރު ފުޅާކުރަނީ
Raajje

އައިޖީއެމްއެޗާއި ދަރުމަވަންތާގައި ޚިދުމަތްތައް މިއަހަރު ފުޅާކުރަނީ

ރާއްޖޭގެ ޞިއްޙީ ނިޒާމު ހަރުދަނާކުރުމަށްޓަކައި އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލުގައި ގިނަ އައު ޚިދުމަތްތަކެއް ޤާއިމުކޮށް، މިހާރު ހުރި ޚިދުމަތްތައް ފުޅާކުރުމަށް ސަރުކާރުން ނިންމައިފިއެވެ. މިކަން އިޢުލާން ކުރެއްވީ ނޭޝަނަލް ސެންޓަރ ފޮރ ނިއުރޯސައިންސް އެންޑް ސްޓްރޯކް އިފްތިތާޙުކުރުމުގެ ރަސްމިއްޔާތުގައި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާޙިމް ޢަބްދުއްރައްޒާޤު ޙަލީމެވެ. މިއަހަރުގެ ތެރޭގައި ކުރަން ރޭވިފައިވާ މުހިންމު މަސައްކަތްތަކުގެ ތެރޭގައި މާލޭގައި ދެވަނަ އާރބަން ހެލްތު ކެއަރ ސެ...

ފައިނަލް މިރޭ، ނައިވާދޫ ބޮޑު ތިލަދުން މައްޗަށް ތަށި ގެންދިޔުމުގެ ވަރުގަދަ އަޒުމްގައި
Thiladhunmathi News

ފައިނަލް މިރޭ، ނައިވާދޫ ބޮޑު ތިލަދުން މައްޗަށް ތަށި ގެންދިޔުމުގެ ވަރުގަދަ އަޒުމްގައި

ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ ފައިނަލްގައި ތަށި ހޯދުމުގެ ވަރުގަދަ އަޒުމްގައި ހދ. ނައިވާދޫ މިރޭ ގއ. ދެއްވަދޫ އާއި ދެކޮޅަށް ނުކުންނާނެއެވެ. މި މުބާރާތުގެ ފައިނަލަށް ޖެހިޖެހިގެން ދެވަނަ ފަހަރު ދަތުރުކުރި ނައިވާދޫ އަށް ކާމިޔާބީ އަށް އެދި އެރަށާއި ބޮޑު ތިލަދުންމަތީގެ ރައްޔިތުން އަންނަނީ ޝުޢޫރު ފާޅު ކުރަމުންނެވެ. މި ފައިނަލް އޮންނާނީ ކިރޭ 20:30 ގައި ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައެވެ. މި މުބާރާތުގެ ފައިނަލާ ހަމައަށް މޮޅުވުމުގެ ރެކޯޑާއެކު […]

މަސްދޯންޏެއްގައި އަލިފާން ރޯވެއްޖެ
Raajje

މަސްދޯންޏެއްގައި އަލިފާން ރޯވެއްޖެ

މަސްދޯންޏެއްގައި އަލިފާން ރޯވެގެން ހިނގައިގެން ފުލުހުންނާއި ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ. ފުލުހުން ބުނީ މި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިއަދު (14 ފެބުރުވަރީ 2026) މެންދުރުފަހު 14:54 އެހައިކަންހާއިރު ކަމަށެވެ. މި ހާދިސާ ހިނގާފައިވަނީ ކުރުނބާ މޯލްޑިވްސް ރިސޯޓާ ގާތް ސަރަހައްދެއްގައިކަމަށް ފުލުހުން ބުންޏެވެ. މި ހާދިސާއާ ގުޅިގެން ފުލުހުން ބުނީ، އަލިފާން ރޯވި މަސްދޯންޏަށް އެހީތެރިކަން ފޯރުކޮށްދިނުމަށާއި، ހާލަތު ބެލުމަށް ފުލުހުން އެ ސަރަހައްދުގައި މިހާރު ދަނީ ހަރަކާތްތެރިވަމުން ކަމަށެވެ. މި...

ފޯކައިދޫގައި 1200 އެއްހާ މީހުންނާއެކު ބޮޑު ދަރުހެއް
Thiladhunmathi News

ފޯކައިދޫގައި 1200 އެއްހާ މީހުންނާއެކު ބޮޑު ދަރުހެއް

ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަހަށް އިސްތިޤުބާލު ކުރުމުގެ ގޮތުން، ށ. ފޯކައިދޫ ކައުންސިލާއި މަންފާ ޖަމިއްޔާ ގުޅިގެން ފޯކައިދޫގައި ޚާއްޞަ ދީނީ ދަރުހެއް ބާއްވައިފިއެވެ. “ތައްޔާރުވަމާ” މި ނަމުގައި ބޭއްވުނު މި ދަރުހަކީ ރަށުގެ އެކި މުވައްސަސާތަކާއި ކުލަބު ޖަމިއްޔާތަކުގެ ބައިވެރިވުމާއެކު ކުރިއަށް ގެންދެވުނު ވަރަށް ކާމިޔާބު ހަރަކާތެކެވެ. ފޯކައިދޫގައި ބޭއްވުނު މި ބޮޑު ދަރުސް ދެއްވީ ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. އާދަމް ޝަމީމް އެވެ. މި ދަރުސްގައި ރޯދަމަހަށް ރޫހާނީގޮތުންނާއި ނަފްސާނީގޮތުން...

ފިއްލަދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ އަމަލީ މަސައްކަތް ފަށައިފި
Thiladhunmathi News

ފިއްލަދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

ހއ. ފިއްލަދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ. މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ އެކަމަށްޓަކައި އެ ރަށުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ ޝަރީފެވެ. މި ރަސްމިއްޔާތުގައި މެންބަރު ޝަރީފްގެ އަރިހުގައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހީމް ނަޡީމް އާއި ފިއްލަދޫ ކައުންސިލްގެ ރައީސް ފަތުޙުﷲ ޙަސަން ބައިވެރިވެވަޑައިގެންނެވިއެވެ. ރަސްމިއްޔާތު...

ރައީސްގެ ދަރިކަލަކަށްވުމުން ހައްގަކުން މަޙްރޫމުވެގެން ނުވާނެ: ޝުޖާޢު
Raajje

ރައީސްގެ ދަރިކަލަކަށްވުމުން ހައްގަކުން މަޙްރޫމުވެގެން ނުވާނެ: ޝުޖާޢު

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ދަރިކަލަކަށް ވީތީ އެކުއްޖެއްގެ ޙައްގަކުން މަޙްރޫމްވެގެން ނުވާނެ ކަމަށާއި، ރައީސް މުޢިއްޒުގެ ދަރިކަލުން އުމައިރު މުހައްމަދު މުއިއްޒަކީ ކުޅިވަރުގެ ދާއިރާއިން މިއަދަކު އިއްޔެއަކު ފާހަގަވާން ފެށި ކުޅުންތެރިއެއް ނޫން ކަމަށް ބާރަށު ދާއިރާގެ މަޖިލިސް މެމްބަރު އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ. ޝުޖާއު މިހެން ވިދާޅުވީ ސްޕޯޓްސް މިނިސްޓްރީން ބާއްވާ މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގެ “އަހަރުގެ ޒުވާން ކުޅުންތެރިޔާ” (ފިރިހެން) ކެޓަގަރީއަށް ރައީސް ޑރ....

''ރަމަޟާންމަހަކީ ތަޤުވާވެރިކަމުގެ މަސް، ހެޔޮކަމާއި ފާފަފުއްސެވުމުގެ މޫސުން''
Column

''ރަމަޟާންމަހަކީ ތަޤުވާވެރިކަމުގެ މަސް، ހެޔޮކަމާއި ފާފަފުއްސެވުމުގެ މޫސުން''

ރަމަޟާންމަހަކީ އީމާންކަމާއި ތަޤުވާވެރިކަމުގެ މަސްކަމަށާއި، އެއީ ހެޔޮކަމާއި ބަރަކާތާއި ފާފަފުއްސެވުމުގެ މޫސުންކަން މިއަދުގެ ހުކުރު ޚުޠުބާގައި ހަނދާންކޮށްދީފިއެވެ. “ރުއްސެވުމާއި ފުއްސެވުމުގެ މަހަށް މަރުޙަބާ!” މި މައުޟޫޢަށް ރާއްޖޭގެ އެކިކަންކޮޅުތަކުގައި އިއްވި ޚުޠުބާގައި، ރަމަޟާންމަހަށް ތައްޔާރުވުމުގެ ގޮތުން ރޯދައިގެ ޙުކުމްތައް އުނގެނުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލާފައިވެއެވެ. ޚުޠުބާގައި ބަޔާންކޮށްފައިވާ ގޮތުގައި، ރޯދައަށް ފުރިހަމައަށް އިސްތިޤުބާލުކުރެވޭނީ ރޯދައަކީ ކޮބައިކަމާއި އޭގެ ޢާންމ...

ރައީސް ޖަރުމަނު ދަތުރުފުޅަށްފަހު ރާއްޖެ ވަޑައިގެންފި
Raajje

ރައީސް ޖަރުމަނު ދަތުރުފުޅަށްފަހު ރާއްޖެ ވަޑައިގެންފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ޖަރުމަނުވިލާތުގެ ރައީސް ފްރޭންކް-ވޯލްޓަރ ޝްޓައިންމަޔަރގެ ދަޢުވަތަކަށް އެ ޤައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު އެނބުރި ރާއްޖެ ވަޑައިގެންފިއެވެ. މި ދަތުރުފުޅުގެ ތެރެއިން ދެ ޤައުމުގެ ރައީސުން ބޭއްވެވި ރަސްމީ ބައްދަލުކުރެއްވުމުގައި، ބައިނަލްއަޤުވާމީ މައިދާނުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވިއެވެ. މިގޮތުން، މަތީ ފަންތީގެ މަޝްވަރާތަކާއި އެއްބަސްވުންތަކުގެ އެހީގައި ދެ ޤައުމުގެ ދެމެދުގ...

ސިއްހީ ދާއިރާގެ ނުފޫޒުގަދަ ލިސްޓުގައި ރައީސް މުއިއްޒު ހިމެނުމުން ސިއްހަތު ޖަމިއްޔާގެ ތައުރީފު
Raajje

ސިއްހީ ދާއިރާގެ ނުފޫޒުގަދަ ލިސްޓުގައި ރައީސް މުއިއްޒު ހިމެނުމުން ސިއްހަތު ޖަމިއްޔާގެ ތައުރީފު

އެމެރިކާގެ މަޝްހޫރު ޓައިމް މަޖައްލާއިން ހޮވި ސިއްހީ ދާއިރާގެ އެންމެ ނުފޫޒުގަދަ 100 މީހުންގެ ލިސްޓުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ހިމެނިވަޑައިގަތުމާ ގުޅިގެން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން އެމަނިކުފާނަށް މަރުހަބާ ދަންނަވައިފިއެވެ. ޑަބްލިއުއެޗްއޯ އިން ބުނީ މިއީ ބަލިތަކުން ރައްކާތެރިވުމުގެ ޚިދުމަތްތައް ފުޅާކުރެއްވުމަށާއި، އާންމު ސިއްޙަތުގެ ދާއިރާ އިޞްލާޙުކުރެއްވުމަށް އެމަނިކުފާނު ގެންގުޅުއްވާ ހިތްވަރުގަދަ އަދި ދުރުވިސްނޭ ލީޑަޝިޕް ބައިނަލްއަޤުވާމީ ފެންވަރުގައި ބަލައިގަނެވިފައި...

ތަރައްގީ ހާސިލުކުރުމަށްޓަކައި ސަރުކާރާ އެކުގައި މަސައްކަތް ކުރާނެ ރަނގަޅު ކައުންސިލެއް ބޭނުންވޭ: ފަސްޓްލޭޑީ
Raajje

ތަރައްގީ ހާސިލުކުރުމަށްޓަކައި ސަރުކާރާ އެކުގައި މަސައްކަތް ކުރާނެ ރަނގަޅު ކައުންސިލެއް ބޭނުންވޭ: ފަސްޓްލޭޑީ

އިންތިޚާބުގައި ރައްޔިތުން ލާ ވޯޓަކީ ސަރުކާރުގެ ތަރައްގީއާއި ރަށުގެ ކުރިއެރުމާއި ދަރިންގެ މުސްތަގުބަލާ ގުޅިފައިވާ ވޯޓެއްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ މާލޭގެ މާފަންނު މެދު ދާއިރާގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް ބޭއްވި އިވެންޓްގައި ވާހަކަދައްކަވަމުންނެވެ. މި އިވެންޓްގައި ވާހަކަދައްކަވަމުން ފަސްޓްލޭޑީ ސާޖިދާ ވިދާޅުވީ، ވޯޓުލުމުގެ މުހިންމުކަމާ މެދު ބައެއް ފަރާތްތަކުން ސުވާލު އުފައްދާ ކަމަށާއި، ނަމަވެސް އެއީ ރަނގަޅު ވިސ...

ފަސްޓްލޭޑީ ސާޖިދާ މީދޫ ވޮލީބޯޅަ ކޯޓް ހުޅުއްވައިދެއްވައިފި
Raajje

ފަސްޓްލޭޑީ ސާޖިދާ މީދޫ ވޮލީބޯޅަ ކޯޓް ހުޅުއްވައިދެއްވައިފި

ދ. މީދޫގައި އަލަށް ތަރައްޤީކުރި ވޮލީބޯޅަ ކޯޓް، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު މިއަދު ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ. މީދޫ ވޮލީބޯޅަ ކޯޓް ހުޅުވުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތަށް އެކަމަނާ ވަޑައިގަތުމުން މަރުޙަބާ ދެންނެވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އާއި އެ ވުޒާރާގެ އިސްވެރިންގެ އިތުރުން ރަށުގެ އެކި މުއައްސާތަކުގެ އިސް ބޭފުޅުންނެވެ. މި ރަސްމިއްޔާތުގެ ތެރެއިން، ވޮލީބޯޅަ ކޯޓް ހުޅުވުމުގެ ގޮތުން މީދޫގެ ޒުވާން އަންހެން ކުދިންގެ މެދުގައި ކުޅުނު އެކުވެރި...

ފުލުހުންގެ މަސައްކަތް ފާހަަގަކޮށް ހދ.އަތޮޅު ކައުންސިލްގެ ޝުކުރު
Raajje

ފުލުހުންގެ މަސައްކަތް ފާހަަގަކޮށް ހދ.އަތޮޅު ކައުންސިލްގެ ޝުކުރު

ހދ. އަތޮޅު ކައުންސިލާއި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއާ ބައްދަލުކުރައްވައި، އަތޮޅުގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ މުހިންމު މަޝްވަރާތަކެއް ބާއްވައިފިއެވެ. މި ބައްދަލުވުން ކުރިއަށްދިޔައީ މި ފެބުރުވަރީ މަހުގެ 10 ވަނަ ދުވަހު ފުލުހުންގެ މައި މަރުކަޒު، ޝަހީދު ޙުސައިން އާދަމް ބިލްޑިންގގައެވެ. ފުލުހުންގެ އިދާރާއިން ހާމަކުރެއްވިގޮތުގައި މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ ހދ. އަތޮޅުގައި ފުލުހުންގެ ޚިދުމަތް ތަރައްޤީކުރުމަށް ކުރިއަށްގެންދާ އިންފްރާސްޓްރަކްޗަރ ޑިވަލ...

ކުމުންދޫ ފަޅުތެރެއަށް ދޯންޏެއް އަޑިއަށް، ރައްޔިތުންގެ އެހީތެރިކަމަށް އެދިއްޖެ
Thiladhunmathi News

ކުމުންދޫ ފަޅުތެރެއަށް ދޯންޏެއް އަޑިއަށް، ރައްޔިތުންގެ އެހީތެރިކަމަށް އެދިއްޖެ

ހދ. ކުމުންދޫ ފަޅުތެރެއަށް ދޯންޏެއް އަޑިއަށް ގޮސްގެން އެ ދޯނި ސަލާމަތްކުރުމުގައި ރައްޔިތުންގެ އެހީތެރިކަމަށް ކައުންސިލުން އެދިއްޖެއެވެ. އަޑިއަށް ގޮސްފައި ވަނީ ކުމުންދޫ ސަންލައިޓްގޭ “އަޒުމް” ނަމަކަށް ކިޔާ ދޯންޏެވެ. ކުމުންދޫ ކައުންސިލުން ބުނާގޮތުގައި މި ދޯނި ފަޅުތެރެއަށް އަޑިއަށް ގޮސްފައި ވަނީ ރޭގެ ވަގުތެއްގައެވެ. ‘’އެ ދޯނި ނެގުމުގެ މަސައްކަތުގައި ރައްޔިތުންގެ އެހީތެރިކަމާއި އެއްބާރުލުން ދެއްވުމަކީ މި ކައުންސިލްގެ ވަރަށް ބޮޑު އިލްތިމާސެއް’’ ކުމުންދޫ ކައުންސިލުން ބުނެފަވެއެވެ. މި ދޯނި އަޑިއަށް ދިޔަ...

ރައީސް ޖަރުމަނުގައި ހުންނަ ދިވެހި އެމްބަސީއަށް ޒިޔާރަތް ކުރައްވައިފި
Raajje

ރައީސް ޖަރުމަނުގައި ހުންނަ ދިވެހި އެމްބަސީއަށް ޒިޔާރަތް ކުރައްވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ޖަރުމަނުވިލާތުގެ ބާލިންގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއަށް މިއަދު މެންދުރު ޒިޔާރަތް ކުރައްވައިފިއެވެ. މި ޒިޔާރަތަކީ އެމަނިކުފާނު މިހާރު ޖަރުމަނުވިލާތަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ކުރެއްވި ޒިޔާރަތެކެވެ. ރައީސް އެމްބަސީއަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ، ދިވެހިރާއްޖެއިން ޖަރުމަނުވިލާތަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޝާން ޝާކިރާއި، އެމްބަސީގެ މުވައްޒަފުންނެވެ. ރައީސުލްޖުމްހޫރިއްޔާގެ އަރިއަހުގައި ޖަރުމަނުވިލާތަށް ވަޑައިގ...

ޗައިނާގެ ޔުއާންގެ އަގު ފާއިތުވި 33 މަސްދުވަހުގެ ތެރޭގައި އެންމެ މައްޗަށް ޖެހިލައިފި
International

ޗައިނާގެ ޔުއާންގެ އަގު ފާއިތުވި 33 މަސްދުވަހުގެ ތެރޭގައި އެންމެ މައްޗަށް ޖެހިލައިފި

ދުނިޔޭގެ ބާޒާރުގައި އެމެރިކާ ޑޮލަރުގެ އަގު އުފުލެމުން ދިޔަ ނަމަވެސް، ޗައިނާގެ ފައިސާ ކަމަށްވާ ޔުއާންގެ އަގު ޑޮލަރާ އަޅާބަލާއިރު ވަރުގަދަވެ، ފާއިތުވި 33 މަސްދުވަހުގެ ތެރޭގައި އެ ފައިސާގެ އަގު އެންމެ މައްޗަށް ޖެހިލައިފި ކަމަށް ބައިނަލްއަގްވާމީ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ. މިދިޔަ އަންގާރަ ދުވަހު މުއާމަލާތްތައް ނިމުނުއިރު، ޗައިނާގެ އޮންޝޯ ޔުއާންގެ ރޭޓު ހުރީ 6.9362 ގައެވެ. މިއީ އޭގެ ކުރީ ދުވަހާ އަޅާބަލާއިރު 151 ބޭސިސް ޕޮއިންޓުގެ ކުރިއެރުމެކެވެ. މިއާއެކު، މިދިޔަ ޖެނުއަރީ މަހުގެ […]