ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ކިންގަކަށް ނައިވާދޫގެ ކެޕްޓަން ޔާމީން މުހައްމަދު (ޔާންޓޭ) ހޮވިފައިވާއިރު، އެ މުބާރާތުގެ ގިނަ ވަނަތަކެއް އެ ޓީމަކަށް ވަނީ ލިބިފައެވެ.

ރޭ ކުޅުނު ފައިނަލްގައި 9-3 ލަނޑުގެ ބޮޑު ތަފާތަކުން ގއ.ދެއްވަދޫ ބަލިކޮށް ޗެމްޕިއަންކަން ހޯދި ނައިވާދޫގެ ޔާމީން މުބާރާތުގެ ''ކިންގް އޮފް ޓޯނަމަންޓް'' އަކަށް ހޮވުނުއިރު، އޭނާ އަކީ މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރޭ ވެސް ހިމެނުނު ކުޅުންތެރިއެކެވެ.

Ad
rt

ޔާމީންގެ އިތުރުން ނައިވާދޫ ޓީމުގެ އަހްމަދު ހަމީދު (އައްމަޑޭ) ވެސް ވަނީ މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރޭ ހިމެނިފައެވެ.

ގަދަ ފަހެއްގައި ހިމެނުނު އައްމަޑޭ ޓްރޮފީއާއި ހަވާލުވަނީ، ފޮޓޯ: ގޯލްޑަން ފުޓްސަލް

މީގެ އިތުރުން މުބާރާތުގެ އެންމެ ރަނގަޅު ސަޕޯޓަރުން ތިބި ޓީމަކަށް ވެސް ނައިވާދޫ ވަނީ ހޮވިފައެވެ.

މުބާރާތުގެ ބެސްޓް ސަޕޯޓާސް ޓީމު ނައިވާދޫ އަށް އިނާމް ދެނީ، ފޮޓޯ: ގޯލްޑަން ފުޓްސަލް

ގޯލްޑަން ފުޓްސަލް ޗެލެންޖް 2026ގެ އެންމެ މޮޅު ކުޅުންތެރިންގެ ގޮތުގައި ދެން ހިމެނެނީ، ދެއްވަދޫގެ އަލީ ހައިސަމް (ޗުމްޕު)، ދުވާފަރުގެ މުހައްމަދު އިޝާމް (ޝަންޓެ)، މަތިވެރީގެ އަލީ އަލްސަން އަދި އޭދަފުށީގެ ކީޕަރު އަބްދުﷲ ނާސިހު އެވެ.

ދެއްވަދޫ ކޮޅަށް 9 ލަނޑުޖަހައި ނައިވާދޫ ފުޓްސަލްގެ ރަސްކަމަށް، ތަށި ބޮޑު ތިލަދުންމައްޗަށް

މިދިޔަ އަހަރު މި މުބާރާތުގެ ފައިނަލްގައި ކުޅުނު ނައިވާދޫ ވަނީ މި މުބާރާތުގައި ޒޯން 1ގެ ޗެމްޕިއަންކަން ޖުމްލަ ހަތަރު ފަހަރު ހޯދާފައެވެ. އެއީ 2026 ވަނަ އަހަރުގެ އިތުރުން 2025، 2023 އަދި 2018 ވަނަ އަހަރު އެވެ.

ނައިވާދޫ ތަށި އުފުލާލަނީ، ފޮޓޯ: ގޯލްޑަން ފުޓްސަލް

ނައިވާދޫ ވަނީ މި މުބާރާތުގެ ހދ.އަތޮޅުގެ ޗެމްޕިއަންކަން 2016، 2018، 2019، 2022، 2023، 2024، 2025 އަދި 2026 ގައި ހޯދާފައެވެ.