"ހޮލިޑޭ ކަޕް 2026": ނައިވާދޫގެ އާ ފުޓްސަލް ޖީލެއް ބިނާކުރުމުގެ ފޯރި ގަދަވަނީ
ނައިވާދޫ ޓްރޭނާސް ސްޕޯޓްސް ކުލަބުން އިންތިޒާމުކޮށްގެން ހުޅުމާލޭގައި ބާއްވާ ކުޑަކުދިންގެ ފުޓްސަލް މުބާރާތް “ހޮލިޑޭ ކަޕް 2026” ގެ ތައްޔާރީތައް ބާރަށް ކުރިއަށްދާއިރު، މިދިޔަ އަހަރަށްވުރެ މިއަހަރުގެ ތަރުހީބު ބޮޑުވެ، މުބާރާތުގެ ފޯރި ގަދަވެއްޖެއެވެ. ގްރޭޓަރ މާލޭ ސަރަހައްދުގައި ދިރިއުޅޭ ނައިވާދޫގެ ކުޑަކުދިންނަށް ހާއްސަކޮށްގެން ބާއްވާ މި މުބާރާތް އޮންނާނީ އަންނަ އޭޕްރީލް މަހުގެ 11 އަދި 18 ވަނަ ދުވަހު ހުޅުމާލޭ ތްރީޓޮޕް ފުޓްސަލް ދަނޑުގައެވެ. މުބާރާތުގެ މެނޭޖަރ އަދި ކުލަބުގެ ހިނގާ ކޮމިޓީގެ ލަފާދޭ […]