މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ ރައީސަކަށް "ތިލަދުން" ގެ ޗީފް އެޑިޓަރ ޙުސައިން ޘަޤީފް މިއަދު އިންތިހާބުކޮށްފިއެވެ.

މީޑިއާ ކައުންސިލުގެ ރައީސަކަށް ޘަޤީފް އިންތިހާބުކޮށްފައިވަނީ، އެމްއެމްސީގެ އައު ދައުރުގެ ރައީސަކު އިންތިހާބުކުރުމަށް ބޭއްވި އިންތިހާބުގައި މިހާރު ނޫހުގެ ޝަނާ މުހައްމަދާ ވާދަކޮށް ވަރަށް ވާދަވެރި ނަތީޖާއަކުންނެވެ. ރައީސަކު ހޮވުމަށް ބޭއްވި އިންތިހާބުގައި ޘަޤީފަށް 8 ވޯޓު ލިބުނުއިރު، ޝަނާއަށް ލިބުނީ 7 ވޯޓެވެ. ޘަޤީފް ވަނީ މީގެ ކުރިން އެމްއެމްސީގެ ނައިބު ރައީސްގެ މަގާމުވެސް ފުރުއްވާފައެވެ.

Ad
d

ދެ މެންބަރުންގެ މެދުގައި ފުރަތަމަ ވޯޓު ނެގީ އިއްޔެއެެވެ. އިއްޔެ ނެގި ވޯޓުގައި ބައިވެރިވީ 14 މެންބަރުންނެވެ. 2 މެންބަރުންވެސް 7 ވޯޓުން އެއްވަރުވުމުން މިއަދު ވަނީ އަލުން ވޯޓު ނަގާފައެވެ.

މީގެއިތުރުން، އެކައުންސިލްގެ ނައިބު ރައީސަކު ހޮވަން އިއްޔެ ނެގި ވޯޓުގައި ނުވަ ވޯޓުން ކުރިހޯދައިގެން އެ މަގާމަށް އިންތިޚާބުވީ އިބްރާހީމް މުޙައްމަދެވެ. އޭނާއަކީ އަމިއްލަ ގޮތުން ކައުންސިލަށް ހޮވުނު މެންބަރެކެވެ.

މީޑިއާ ކައުންސިލްގައި ޖުމްލަ 15 މެންބަރުން ތިބޭއިރު، އޭގެ ތެރޭގައި ހިމެނެނީ މީޑިއާތަކަށް ނިސްބަތްވާ 8 ނޫސްވެރިންނާއި އަމިއްލަ ގޮތުން ހޮވާ 7 މެންބަރުންނެވެ. އެ ކައުންސިލްގެ މެންބަރެއްގެ ދައުރަކީ ދެ އަހަރެވެ.

Ad
df

ޘަޤީފް ވަނީ މީގެ ކުރިން ވެސް ބައެއް އިސް މަގާމުތައް ފުރުއްވާފައެވެ. އެގޮތުން މީޑިއާ ކައުންސިލުގެ ނާއިބު ރައީސް ކަމާއި, ހދ އަތޮޅު ކައުންސިލުގެ ނާއިބު ރައީސް ކަން ކުރެއްވިއެވެ.