ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ޕީޖީ ލިޑަރ ހުސައިން ޒިޔާދު (ފިއްޓޭ) ވެސް ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ދަފްތަރުގައި އޮތްކަން ހާމަވެއްޖެ އެވެ.

މި މަޢުލޫމާތު ފިއްޓޭ އަމިއްލައަށް މި ނޫހަށް ކަށަވަރުކޮށްދީފައިވާއިރު، އޭނާ ވިދާޅުވެފައިވަނީ އޭނާއަށް ނޭނގި ޕީއެންސީއަށް ވައްދާފައިވާ ކަމަށެވެ.

Ad
d

އިލެކްޝަން ކޮމިޝަނުން ފިއްޓޭގެ އައިޑީކާޑު ޗެކްކުރުމުން ދައްކާގޮތުގައި، އޭނާ ޕީއެންސީއަށް ވައްދާފައިވަނީ މިދިޔަ މަހުގެ 23 ވަނަ ދުވަހުއެވެ. މީގެ ކުރިން، 2022 ވަނަ އަހަރު ފިއްޓޭ ވަނީ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ މެމްބަރެއްގެ ގޮތުގައި ނޭންގި ރަޖިސްޓްރީކޮށްފައެވެ.

ޕާޓީތަކުގެ މެމްބަރުން، އެ މެމްބަރުންނަށް ނޭނގި އެހެން ޕާޓީތަކަށް ވައްދާ މައްސަލަތައް އަންނަނީ ފެންމަތިވަމުންނެވެ.

Ad
df

މި މައްސަލަތަކަކީ މީހުންގެ ޒާތީ މަޢުލޫމާތު ހުއްދަ ނެތި ބޭނުންކޮށްގެން، ސޮއި ފަދަ މަޢުލޫމާތު ފޯޖުކޮށްގެން ކުރާ ކަންކަން ކަމަށްވާއިރު، މި މައްސަލަތަކުގައި ޖިނާއީ ތަޙުޤީޤެއް ނުކުރާތީ އިލެކްޝަންސް ކޮމިޝަނަށް ވަރަށް ބޮޑަށް ފާޑުކިޔާފައިވެއެވެ.