Skip to main content

ފާތިމަތު ސަޙާ

Contributor
🇲🇻 ތިލަދުން Desk
446 Stories
4,035 Reads

Published on ތިލަދުން (Thiladhun) by ފާތިމަތު ސަޙާ

ބޭރުން ކިޔެވުމުގެ އެހީތެރިކަމަށް ''އެޑިއުވެސްޓް ސްޓަޑީ އެބްރޯޑް އެކްސްޕޯ'' ކުޅުދުއްފުށީގައި ބާއްވަނީ
Thiladhunmathi News

ބޭރުން ކިޔެވުމުގެ އެހީތެރިކަމަށް ''އެޑިއުވެސްޓް ސްޓަޑީ އެބްރޯޑް އެކްސްޕޯ'' ކުޅުދުއްފުށީގައި ބާއްވަނީ

ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުގެ ފުރުޞަތުތަކާ ބެހޭ މަޢުލޫމާތު ފޯރުކޮށްދިނުމަށް ބާއްވާ ‘އެޑިއުވެސްޓް ސްޓަޑީ އެބްރޯޑް އެކްސްޕޯ’ ކުޅުދުއްފުށި ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާކަމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ހާމަކޮއްފިއެވެ. އެހެންވެ، މި އެކްސްޕޯގައި ބައިވެރިވުމަށްޓަކައި ރަޖިސްޓްރީކުރުމަށް މިހާރު ހުޅުވާލައިފައިވާކަމަށް އެ ކައުންސިލުން ބުނެއެވެ. މި އެކްސްޕޯ ބޭއްވުމަށް ހަމަޖެހިފައިވަނީ 2026 ސެޕްޓެމްބަރު 2 ވާ ދުވަހުގެ ހަވީރު 4:00 އިން ރޭގަނޑު 9:00 އަށް، ކުޅުދުއްފުށި ސިޓީގެ ފުނަވަލު މާލަމުގައެވެ....

ނޮޅިވަރަންފަރު އަންހެނުންގެ ކޮމެޓީން ރަށުގެ ޚިދުމަތްތެރި ކަނބަލުންގެ އަގުވަޒަންކޮށް އެވޯޑު ދީފި
Thiladhunmathi News

ނޮޅިވަރަންފަރު އަންހެނުންގެ ކޮމެޓީން ރަށުގެ ޚިދުމަތްތެރި ކަނބަލުންގެ އަގުވަޒަންކޮށް އެވޯޑު ދީފި

ހދ.ނޮޅިވަރަންފަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިޔުޑީސީ)އިން އެރަށުގެ ޚިދުމަތްތެރި އަންހެންބޭފުޅުންގެ އަގުވަޒަންކޮށް އެވޯޑު ދީފިއެވެ. މި އެވޯޑްތައް ދީފައި ވަނީ ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އެ ކޮމެޓީން އިންތިޒާމްކޮށްގެން ބޭއްވި ހާއްސަ ހަފްލާއެއްގައެވެ. މި ޙަފްލާއަކީ ގިނަ ދުވަހު ރަށަށް ޚިދުމަތް ކޮއްދެއްވާފައިވާ ކަނބަލުންނާއި ފާހަގަ ކޮއްލެވޭ ކާމިޔާބީތައް ހޯދައި، ރަށަށް ރީތިނަން ހޯދައިދީފައިވާ ރަށުގެ ކަނބަލުންނާއި އާމްދަނީ ހޯދުމަށް ގޭގައި ކުރާ މ...

ފީވަކު ޕޮލިސް ސްޓޭޝަނުން އެރަށުގައި ޚާއްޞަ "ޝޮޕް ވިސިޓް" ޕްރޮގްރާމެއް
Thiladhunmathi News

ފީވަކު ޕޮލިސް ސްޓޭޝަނުން އެރަށުގައި ޚާއްޞަ "ޝޮޕް ވިސިޓް" ޕްރޮގްރާމެއް

ފީވަކު ޕޮލިސް ސްޓޭޝަނުން އެރަށުގައި ޚާއްޞަ “ޝޮޕް ވިސިޓް” ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ. މި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ ށ.ފީވަކުގައި ވިޔަފާރިކުރާ ތަންތަނުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއި، ކުށްމަދުކުރުމުގެ އިތުރުން ވިޔަފާރިވެރިން ހޭލުންތެރިކުރުން ކަމުގައި ށ. އަތޮޅު ފުލުހުން ބުނެފައިވެއެވެ. ށ. އަތޮޅު ފުލުހުން ބުނެގައިވާ ގޮތުގައި މަކަރާއި ހީލަތުން ފައިސާ ހޯދާ (ސްކޭމް) މައްސަލަތަކުން ރައްކާތެރިވާނެ ގޮތްތަކާއި، ފިހާރަ ބަންދުކުރާއިރު އަޅަންޖެހޭ ސަލާމަތީ ފިޔަވަޅުތަކާ ގުޅޭގޮތުން...

''މައިލޯ އެކަޑަމީ ޗެމްޕިއަންޝިޕްގެ 10-12 އަހަރުން ދަށުގެ މުބާރާތް'' ހަނިމާދޫގައި ބާއްވަނީ
Thiladhunmathi News

''މައިލޯ އެކަޑަމީ ޗެމްޕިއަންޝިޕްގެ 10-12 އަހަރުން ދަށުގެ މުބާރާތް'' ހަނިމާދޫގައި ބާއްވަނީ

“މައިލޯ އެކަޑަމީ ޗެމްޕިއަންޝިޕް – 10-12 އަހަރުން ދަށުގެ މުބާރާތް” ހދ. ހަނިމާދޫގައި ބޭއްވުމަށް ނިންމާފައިވާކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ. މި މުބާރާތް ހަނިމާދޫގައި ކުރިއަށް ގެންދިއުމާ ގުޅޭގޮތުން، ސޮކާ ވެޓެރަންސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެސްވީއޭ) އިން ހަނިމާދޫ ކައުންސިލާއެކު ވަނީ ބައްދަލުކޮށް މަޝްވަރާކޮށްފައެވެ. މި ބައްދަލުވުމާއި ގުޅޭ މައުލޫމާތު ދެއްވަމުން ހަނިމާދޫ ކައުންސިލްގެ ރައީސް ޢަލީ އިބްރާހީމް ” ތިލަދުން ” އަށް ވިދާޅުވީ، މައިލޯ އެކަޑަމީ ޗެމްޕިއަންޝިޕް – 10-12 އަހަރުން ދަށުގެ […...

ފީވަކު އަންހެނުންގެ ކޮމެޓީގެ ވޮލީމުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
Thiladhunmathi News

ފީވަކު އަންހެނުންގެ ކޮމެޓީގެ ވޮލީމުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ށ.ފީވަކު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ (ޑަބްލިޔުޑީސީ) އިން އިސްނަގައިގެން ކުރިޔަށް ގެންދިޔުމަށް ނިންމާފައިވާ ”ޑަބްލިޔުޑީސީ ވޮމެންސް ވޮލީބޯލް ޓޯނަމަންޓް 2026” ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މިއީ ފީވަކު ކަނބަލުންގެ މެދުގައި އެކުވެރިކަން ބަދަހި ކުރުމަށާއި، ވޮލީބޯޅަފަދަ ކުޅިވަރުތަކުގެ ރޫޙު ދިރުވައި އާލާކޮށް، ހުނަރުވެރި ވޮލީބޯޅަ ކުޅުންތެރިން އުފެއްދުމާއި، އެ ފަރާތްތަކަށް ފުރުޞަތު ހޯދައިދިނުމުގެ މަޤްޞަދުގައި ބާއްވާ މުބާރާތެކެވެ. ހަމައެކަނި ށ.ފީވަކު ކަނބަލުންގެ ޓީމްތަކ...

176 ދަރިވަރުންނާއެކު ދިއްދޫގައި ނަމާދުވޯކްޝޮޕް
Thiladhunmathi News

176 ދަރިވަރުންނާއެކު ދިއްދޫގައި ނަމާދުވޯކްޝޮޕް

ހއ.ދިއްދޫގެ ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ ނަމާދުވޯކްޝޮޕްގެ ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. ދިއްދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީން ބުނިގޮތުގައި މި ނަމާދު ވޯކްޝޮޕަކީ އެ ކޮމެޓީއާއި ދިއްދޫ ކައުންސިލް ގުޅިގެން ރިއަށްގެންދިޔަ ވޯކްޝޮޕެކެވެ. މި ވޯކްޝޮޕްގައި ޖުމްލަ 176 ދަރިވަރުން ބައިވެރިވެފައިވާކަމަށް އެ ކޮމެޓީން މައުލޫމާތުދެއެވެ. މި ނަމާދު ވޯކްޝޮޕްގެ ސެޝަންތައް ކުރިއަށް ގެންގޮސްދެއްވީ އިސްލާމިކް ލައިފް ކޯޗިންގެ ސީއީއޯ އައްޝައިޚް މުޙައްމަދު އަފްޒަލްއެވެ. މި ވޯ...

މޫސުމީ ކަންކަމުގައި ޒުވާނުންގެ ދައުރު ފުޅާކުރުމުގެ ޤައުމީ ކޮންފަރެންސް ކުޅުދުއްފުށީގައި
Thiladhunmathi News

މޫސުމީ ކަންކަމުގައި ޒުވާނުންގެ ދައުރު ފުޅާކުރުމުގެ ޤައުމީ ކޮންފަރެންސް ކުޅުދުއްފުށީގައި

މޫސުމީ ކަންކަމުގައި ޒުވާނުންގެ ދައުރު ފުޅާކުރުމަށް ޒުވާނުން އިސްނަގައިގެން ބާއްވާ ޤައުމީ ކޮންފަރެންސް، ލޯކަލް ކޮންފަރެންސް އޮފް ޔޫތު (އެލްސީއޯވައި މޯލްޑިވްސް) ހދ. ކުޅުދުއްފުށީ ސިޓީގައި ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިކަން ހާމަކޮށް ކުޅުދުއްފުށީ ސިޓި ކައުންސިލުން ބުނީމި ކޮންފަރެންސް ބޭއްވުމަށް ހަމަޖެހިފައިވަނީ 20 އޯގަސްޓް 2026 ވާ ބުރާސްފަތި ދުވަހުގެ 14:30 އިން 17:00 އަށް ކަމަށެވެ. އެހެންވެ، މި ކޮންފަރެންސްގައި ބައިވެރިވުމަށް ޝަައުޤުވެރިވާ ފަރާތްތަކުން އޮންލައިން ފޯމު މެދުވެރިކޮށް ރަޖިސްޓްރީވުމުގެ...

ހަނިމާދޫ ސްކޫލްގެ މެރިން ސައިންސް ދަރިވަރުން ބާރަށު ކުޅީގެ ދިރުންތަކުގެ މުއްސަނދިކަން ދިރާސާކޮށްފި
Thiladhunmathi News

ހަނިމާދޫ ސްކޫލްގެ މެރިން ސައިންސް ދަރިވަރުން ބާރަށު ކުޅީގެ ދިރުންތަކުގެ މުއްސަނދިކަން ދިރާސާކޮށްފި

ހދ. ހަނިމާދޫ ސްކޫލްގެ ގްރޭޑް 10 ގައި މެރިން ސައިންސް ކިޔަވަމުންދާ ދަރިވަރުން ހއ. ބާރަށު ކުޅިއަށް ފީލްޑް ޓްރިޕެއް ގޮސް، އެ ކުޅީގެ ދިރުންތަކުގެ މުއްސަނދިކަން ދިރާސާކޮށްފިއެވެ. ހަނިމާދޫ ސްކޫލްއިން ބުނާ ގޮތުގައި މި ދަތުރުގެ މައިގަނޑު މަޤްޞަދަކީ ކުޅީގެ ދިރުންތަކުގެ މުއްސަނދިކަން ދިރާސާކޮށް، އެ ސަރަޙައްދުގައި ހެދޭ އެކި ބާވަތްތަކުގެ ގަސްގަހާގެއްސާއި ދިރޭތަކެތީގެ މާހައުލުތައް ބަލައި ދެނެގަތުމެވެ. މީގެއިތުރުން، ރާއްޖޭގެ އައްސޭރިފަށުގެ ނާޒުކު މާހައުލު ރައްކާތެރިކުރުމުގެ މުހިންމުކަން ދަރިވަރުން ވަނީ މި ދަތ...

އީފާސް ޓީމުން ކުޅުއްފުށީގައި ކޮމިއުނިޓީ އެންގޭޖްމަންޓް ވޯކްޝޮޕެއް
Thiladhunmathi News

އީފާސް ޓީމުން ކުޅުއްފުށީގައި ކޮމިއުނިޓީ އެންގޭޖްމަންޓް ވޯކްޝޮޕެއް

ޑިޖިޓަލް އައިޑެންޓިޓީ އަދި ‘އީފާސް’ އާ ގުޅޭގޮތުން މައުލޫމާތު ދިނުމާއި ހޭލުންތެރިކަން އިތުރުކުރުމުގެ މަޤްޞަދުގައި ހދ. ކުޅުދުއްފުށި ސިޓީގައި ކޮމިއުނިޓީ އެންގޭޖްމަންޓް ވޯކްޝޮޕެއް ބާއްވައިފިއެވެ. ”އީފާސް” ޓީމުގެ އަތޮޅު ދަތުރުގެ ތެރެއިން ހދ. އަތޮޅު ދަތުރުގައި މިހާރު ކުޅުދުއްފުށީ ސިޓީއަށް ކުރަމުންގެންދާ ދަތުރުގެ ތެރެއިން މި ވޯކްޝޮޕް ރަސްމީކޮށް ހުޅުއްވައިދެއްވީ ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ އަޙްމަދު ޢަބްދުﷲ އެވެ. އީފާސް އިން މަޢުލޫމާތު ދޭ ގޮތުގައި މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައ...

ހދ. ޕޮލިހުން ފިނޭ ސްކޫލްގައި ޓީމް ބިލްޑިން، ލީޑާޝިޕް ސްކިލްސް ހަރަކާތްތަކެއް
Thiladhunmathi News

ހދ. ޕޮލިހުން ފިނޭ ސްކޫލްގައި ޓީމް ބިލްޑިން، ލީޑާޝިޕް ސްކިލްސް ހަރަކާތްތަކެއް

ހދ. ފިނޭ ސްކޫލްގެ ޕްރިފެކްޓް އަދި ސްޓޫޑެންޓް ކައުންސިލްގެ ދަރިވަރުންނަށް ޓީމް ބިލްޑިން އެންޑް ލީޑާރ ޝިޕް ސްކިލްސް ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ. ހދ. އަތޮޅު ޕޮލިހުން ބުނިގޮތުގައި މިހަރަކާތް ރިއަށް ގެންގޮސްފައިވަނީ ނޮޅިވަރަން ޕޮލިސް ސްޓޭޝަންގެ އެހީތެރިކަމާއެކު އެވެ. 18 އޯގަސްޓް 2026 ވީ އަންގާރަ ދުވަހު ބޭއްވި މި ޚަރަކާތުގައި 19 ދަރިވަރުން  ބައިވެރިވެފައިވާއިރު، ދަރިވަރުންގެ މެދުގައި އެކުވެރިކަން އާލާކޮށް، ގުޅިގެން މަސައްކަތްކުރުމުގެ ހުނަރު ތަރައްޤީކުރުމަކީ މި ހަރަކާތުގެ މައިގަނޑު މަޤްޞަދުކ...

މާއުނގޫދޫގައި ޖެނެރަލް ހެލްތް ސްކްރީނިން ކޭމްޕެއް މިއަދު ފަށަނީ
Thiladhunmathi News

މާއުނގޫދޫގައި ޖެނެރަލް ހެލްތް ސްކްރީނިން ކޭމްޕެއް މިއަދު ފަށަނީ

ށ. މާއުނގޫދޫގައި ޖެނެރަލް ހެލްތު ސްކްރީނިން ކޭމްޕެއް މިއަދު ފަށަން ތައްޔާރުވެއްޖެއެވެ. މާއުނގޫދޫ ކައުންސިލުން ބުނިގޮތުގައި މި ކޭމްޕަކީ އެ ކައުންސިލާއި، މާއުނގޫދޫ ޞިއްޙީ މަރުކަޒު ގުޅިގެން  ކުރިއަށްގެންދަން ނިންމާފައިވާ ކޭމްޕެކެވެ. ދުޅަހެޔޮ ޞިއްޙަތެއްގައި ދެމިތިބުމަށް ހިތްވަރު ދިނުމަށާއި، އާންމުންގެ ޞިއްޙީ ޙާލަތު ދެނެގަތުމަށްޓަކައި ބާއްވާ މި ކޭމްޕް އޮންނާނީ  އޯގަސްޓް މަހުގެ 19 އަދި 20  ވަނަ ދުވަހުގެ ހަވީރު 4:00 އިން 6:00 އަށެވެ. މި ކޭމްޕްގައި ބައިވެރިވާ ފަރާތްތަކުގެ ޞިއްޙީ ޙާލަތު ބެލުމަށްޓަކައި އެ...

ކަނޑިތީމު ކައުންސިލްގެ ހޭންޑްބޯލް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު، ޓީމުތަކުން ކުރިއެރުން ހޯދާ ނިސްބަތުން ބޯނަސް
Thiladhunmathi News

ކަނޑިތީމު ކައުންސިލްގެ ހޭންޑްބޯލް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު، ޓީމުތަކުން ކުރިއެރުން ހޯދާ ނިސްބަތުން ބޯނަސް

ށ. ކަނޑިތީމު ކައުންސިލްގެ ކުޅިވަރު ފެސްޓިވަލްގެ ހޭންޑްބޯލް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އެ ކައުންސިލުން ހުޅުވާލައިފިއެވެ. މި މުބާރާތުގައި ޓީމުތަކުން ހޯދާ ކުރިއެރުންތަކަށް ބަލައި، ބޯނަސްގެ ގޮތުގައި ފައިސާގެ އިނާމް ދިނުމަށް ކަނޑައަޅާފައިވާނެކަމަށް އެ ކައުންސިލުން ހާމަކޮއްފިއެވެ. މި މުބާރާތުގައި ޓީމްތަކުން ހޯދާ ކުރިއެރުމުގެ މައްޗަށް ބޯނަސް ލިބޭނެ އުސޫލް ތަޢާރަފްކޮށް، އެ ކައުންސިލުން މިހާރު އާންމުކޮށްފައެވެ. އެ ގޮތުން: މުބާރާތް ފުރިހަމަ ކުރުމުގެ ބޯނަސް 2000 ރުފިޔާ ސެމީފައިނަލް ބޯނަސް 3000 ރު...

ކުޅުދުއްފުށީ އާންމު ކުތުބުޚާނާގެ ފާރު ނޫހުގެ ދެވަނަ އަދަދަށް ލިޔުން ހުށައެޅުމަށް ފުރުޞަތު
Thiladhunmathi News

ކުޅުދުއްފުށީ އާންމު ކުތުބުޚާނާގެ ފާރު ނޫހުގެ ދެވަނަ އަދަދަށް ލިޔުން ހުށައެޅުމަށް ފުރުޞަތު

ކުޅުދުއްފުށީ ސިޓީގެ އާންމު ކުތުބުޚާނާ (ކުޅުދުއްފުށި ޕަބްލިކް ލައިބްރަރީ)އިން ޝާޢިއުކުރާ ފާރު ނޫހުގެ ދެވަނަ ޢަދަދަށް ލިޔުން ހުށައެޅުމުގެފުރުޞަތު ހުޅުވާލައިފިއެވެ. މި ފުރުސަތު ހުޅުވާލައި އެ ކުތުބުޚާނާއިން ބުނީ އެ ކުތުބުޚާނާގެ ފާރު ނޫސް “ޢިލްމީ އޮއިވަރު” އަކީ ލިޔުންތެރިކަމާއި އުފެއްދުންތެރި މަސައްކަތްތަކަށް ޝައުޤުވެރިވާ، އުމުރުން 12 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް ހުޅުވާލެވިފައިވާ ފުރުޞަތެއް ކަމަށެވެ. ކުތުބްޚާނާއިން މަޢުލޫމާތު ދޭ ގޮތުގައި މި ޚަރަކާތުގެ ބޭނުމަކީ އުފެއްދުންތެރި ޚިޔާލުތަކާއި، ހުނަ...

އާބާތުރަފިލުވުމުގެ މަސައްކަތްތަކަށްފަހު އުތީމުގަނޑުވަރު އަލުން ހުޅުވައިފި
Raajje

އާބާތުރަފިލުވުމުގެ މަސައްކަތްތަކަށްފަހު އުތީމުގަނޑުވަރު އަލުން ހުޅުވައިފި

ޤައުމީ ދުވަހަށް ތައްޔާރުވުމަށްޓަކައި އުތީމުގަނޑުވަރު އާބާތުރަފިލުމުވުގެ މަސައްކަތްތައް ނިމުމަށްފަހު އަލުން ހުޅުވާ ގޮތަށް ނިންމާފައިވާކަމަށް ނޭޝަނަލް ސެންޓަރ ފޮރ ކަލްޗަރަލް ހެރިޓޭޖް އިން ބުނެފިއެވެ. އެ ވުޒާރާއިން މަޢުލޫމާތު ދޭ ގޮތުގައި އާންމުންނަށް ހުޅުވުމަށް ހަމަޖެހިފައިވަނީ 18 އޯގަސްޓް 2026 ވާ އަންގާރަ ދުވަހުގައެވެ. މިއަދުން ފެށިގެން އުތީމު ގަނޑުވަރު ހުޅުވާފައި ހުންނާނީ ރަސްމީ ބަންދު ދުވަސްތައް ފިޔަވައި ކޮންމެ ހޮނިހިރު ދުވަހަކުން ފެށިގެން ބުރާސްފަތި ދުވަހުގެ ހެނދުނު 8:00 ން މެންދުރުފަހު 14:00 އ...

ނޮޅިވަރަންފަރުގެ އިގްތިސޯދާއި ވިޔަފާރީގެ ދާއިރާ ކުރިއެރުވުމަށް އޮންލައިން ވޯކްޝޮޕެއް
Thiladhunmathi News

ނޮޅިވަރަންފަރުގެ އިގްތިސޯދާއި ވިޔަފާރީގެ ދާއިރާ ކުރިއެރުވުމަށް އޮންލައިން ވޯކްޝޮޕެއް

ރަށުގެ އިޤްތިޞާދީ އަދި ވިޔަފާރީގެ ދާއިރާ ކުރިއެރުވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން އޮންލައިން ވޯކްޝޮޕެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް ހދ. ނޮޅިވަރަންފަރު ކައުންސިލުން ބުނެފިއެވެ. މި ވޯކްޝޮަޕަކީ އެ ކައުންސިލާއި “އުމައިރު އިންސްޓިޓިޔުޓް” ގުޅިގެން ”ޖަމާޢަތުގެ އިޤްތިޞާދީ ތަރައްޤީ” ގެ ނަމުގައި ބާއްވާ މވޯކްޝޮޕެކެވެ.. ނޮޅިވަރަންފަރު ކައުންސިލް އިދާރާއިން މަޢުލޫމާތު ދެއްވާ ގޮތުގައި، މި ވޯކްޝޮޕްގައި ބައިވެރިވާ ފަރާތްތަކަށް މި ދާއިރާއާ ގުޅޭ ޚާއްޞަ “ޑިޖިޓަލް އަތްމަތީ ފޮތެއް” ހިލޭ ލިބޭނެއެވެ...