ހއ.ދިއްދޫގެ ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ ނަމާދުވޯކްޝޮޕްގެ ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

ދިއްދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީން ބުނިގޮތުގައި މި ނަމާދު ވޯކްޝޮޕަކީ އެ ކޮމެޓީއާއި ދިއްދޫ ކައުންސިލް ގުޅިގެން ރިއަށްގެންދިޔަ ވޯކްޝޮޕެކެވެ.

Ad
rt

މި ވޯކްޝޮޕްގައި ޖުމްލަ 176 ދަރިވަރުން ބައިވެރިވެފައިވާކަމަށް އެ ކޮމެޓީން މައުލޫމާތުދެއެވެ.

ނަމާދު ވޯކްޝޮޕްގައި ބައިވެރިވި ދަރިވަރުން، ފޮޓޯ: ދިއްދޫ ޑަބްލިޔުޑީސީ

މި ނަމާދު ވޯކްޝޮޕްގެ ސެޝަންތައް ކުރިއަށް ގެންގޮސްދެއްވީ އިސްލާމިކް ލައިފް ކޯޗިންގެ ސީއީއޯ އައްޝައިޚް މުޙައްމަދު އަފްޒަލްއެވެ.

މި ވޯކްޝޮޕް ނިންމުމުގެ ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އައްޝައިޚް އަޙްމަދު ސަމީރެވެ. އެ ކޮމެޓީން ވަނީ މި ދެ ބޭފުޅުންނަށް ޝުކުރު ދަންނަވާފައެވެ.

މި ވޯކްޝޮޕް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމުގައި ދިއްދޫ ކައުންސިލަރުންނާއި، ކައުންސިލްގެ އިދާރީ މުވައްޒަފުންގެ އިތުރުން އތމ ކޮމެޓީގެ މެންބަރުންގެ ފަރާތުން ލިބިފައިވާ އެއްބާރުލުމާއި، އެހީތެރިކަން ފާހަގަކޮށް، އެ ކޮމެޓީން ޝުކުރު އަދާކުރާކަމުގައި ބުނެފައިވެއެވެ.