ހދ. ފިނޭ ސްކޫލްގެ ޕްރިފެކްޓް އަދި ސްޓޫޑެންޓް ކައުންސިލްގެ ދަރިވަރުންނަށް ޓީމް ބިލްޑިން އެންޑް ލީޑާރ ޝިޕް ސްކިލްސް ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ.
ހދ. އަތޮޅު ޕޮލިހުން ބުނިގޮތުގައި މިހަރަކާތް ރިއަށް ގެންގޮސްފައިވަނީ ނޮޅިވަރަން ޕޮލިސް ސްޓޭޝަންގެ އެހީތެރިކަމާއެކު އެވެ.
18 އޯގަސްޓް 2026 ވީ އަންގާރަ ދުވަހު ބޭއްވި މި ޚަރަކާތުގައި 19 ދަރިވަރުން ބައިވެރިވެފައިވާއިރު، ދަރިވަރުންގެ މެދުގައި އެކުވެރިކަން އާލާކޮށް، ގުޅިގެން މަސައްކަތްކުރުމުގެ ހުނަރު ތަރައްޤީކުރުމަކީ މި ހަރަކާތުގެ މައިގަނޑު މަޤްޞަދުކަމަށް ހދ.އަތޮޅު ޕޮލިހުން ބުންޏެވެ.
މީގެ އިތުރުން ސްކޫލް ދަރިވަރުންނަށް ޚާއްސަކޮށްގެން، ހދ. އަތޮޅު ޕޮލިސް ސްޓޭޝަންތަކުން ތަފާތު ޕްރޮގްރާމްތައް ހިންގަމުންދާކަން ފާހަގަ ކުރެވެއެވެ. އެ ގޮތުން މި އަހަރުގެ ތެރޭގައި ކުޅުދުއްފުށި ސިޓީގެ ތިން ސްކޫލަށް ސައިބަރ ސެކިއުރިޓީއާ ގުޅޭގޮތުން މައުލޫމާތު ފޯރުކޮށްދީފައިވެއެވެ. އަދި ދިވެހި ފުލުހުންގެ ޚިދުމަތުގެ ރޯޑް ސޭފްޓީ އެވެއަރނަސް އެންޑް ޕްރިވެންޝަނުން ސްކޫލު ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ ޓްރެފިކް މޮނީޓަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމް ހދ. ނޮޅިވަރަމް ސްކޫލުގައި ވެސް ކުރިއަށް ގެންގޮސްފައިވެއެވެ.
ހދ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވެސް މިހާރު ވަނީ ފުލުހުންގެ ޚިދުމަތް ޤާއިމް ކުރެވިފައެވެ.
.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!