ހދ.ނޮޅިވަރަންފަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިޔުޑީސީ)އިން އެރަށުގެ ޚިދުމަތްތެރި އަންހެންބޭފުޅުންގެ އަގުވަޒަންކޮށް އެވޯޑު ދީފިއެވެ.

މި އެވޯޑްތައް ދީފައި ވަނީ ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އެ ކޮމެޓީން އިންތިޒާމްކޮށްގެން ބޭއްވި ހާއްސަ ހަފްލާއެއްގައެވެ.

Ad
d

މި ޙަފްލާއަކީ ގިނަ ދުވަހު ރަށަށް ޚިދުމަތް ކޮއްދެއްވާފައިވާ ކަނބަލުންނާއި ފާހަގަ ކޮއްލެވޭ ކާމިޔާބީތައް ހޯދައި، ރަށަށް ރީތިނަން ހޯދައިދީފައިވާ ރަށުގެ ކަނބަލުންނާއި އާމްދަނީ ހޯދުމަށް ގޭގައި ކުރާ މަސައްކަތުގައި ކުރި އަރަމުން އަންނަ ކަނބަލުންގެ އަގުވަޒަންކުރުމުގެ މަޤްޞަދުގައި ބޭއްވުނު ޙަފްލާއެއްކަމަށް އެ ކޮމެޓީން ބުނެއެވެ.

ޙަފްލާގައި ދެވުނު އެވޯޑްތަކުގެ ތެރޭގައި، "ބިލެތްކަމަނަ އެވޯޑް" އާއި، "ސިއްތިމާވާ އެވޯޑް"ގެ އިތުރުން ، "އަގުވަޒަންކުރުމުގެ އެވޯޑް" ހިމެނެއެވެ.

ނޮޅިވަރަންފަރުގެ ހަ ފަރާތަކުން ވަނީ މި އެވޯޑުތައް ޙާޞިލް ކޮއްފައެވެ. އެއީ:

  • ރަށަށް ގިނަ ދުވަހު ޚިދުމަތްކޮއްދެއްވާފައިވާތީ އެކަމުގެ އަގުވަޒަން ކުރުމުގެ ގޮތުން ބިލެތްކަމަނަ އެވޯޑް ޙާޞިލް ކުރެއްވީ އާމިނަތު ލީލާ/ ލައިލާ މަންޒިލް
  • ރަށަށް ގިނަ ދުވަހު ޚިދުމަތްކޮއްދެއްވާފައިވާތީ އެކަމުގެ އަގުވަޒަން ކުރުމުގެ ގޮތުން ބިލެތްކަމަނަ އެވޯޑް ޙާޞިލް ކުރެއްވީ ރަޒިއްޔާ އަޙްމަދު/ ޝަބްނަމީގެ
  • ރަށަށް ގިނަ ދުވަހު ޚިދުމަތްކޮއްދެއްވާފައިވާތީ އެކަމުގެ އަގުވަޒަން ކުރުމުގެ ގޮތުން ބިލެތްކަމަނަ އެވޯޑް ޙާޞިލް ކުރެއްވީ ސާދުނާ ޢަބްދުލްޙަކީމް/ އަތިރިމަތީގެ
  • ރަށަށް ގިނަ ދުވަހު ޚިދުމަތްކޮއްދެއްވާފައިވާތީ އެކަމުގެ އަގުވަޒަން ކުރުމުގެ ގޮތުން ބިލެތްކަމަނަ އެވޯޑް ޙާޞިލް ކުރެއްވީ އާމިނަތު ޒާހިރާ/ އިރަމާގެ
  • ކޭކު އެޅުމާއި ބޭކިންގެ ދާއިރާއިން ކުރާ މަސައްކަތުގެ އަގުވަޒަން ކުރުމުގެ ގޮތުން ހިތްވަރު ދިނުމުގެ އެވޯޑް ޙާޞިލް ކުރެއްވީ ފާޠިމަތު ޝިފްޒާ/ އެވަރގްރީން
  • ރަށަށް ރީތި ނަން ހޯދައިދީފައިވާތީ އެކަމުގެ އަގުވަޒަން ކުރުމުގެ ގޮތުން ސިއްތިމާވާ އެވޯޑު ޙާޞިލް ކުރެއްވީ ފާޠިމަތު ސަރާ އާދަމް/ ސިލްވަރނައިޓް

ހދ. ނޮޅިވަރަންފަރުގެ އތމ ކޮމިޓީއިން އިންތިޒާމްކޮށްގެން މި އަހަރުގެ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި އެ ރަށުގައިވަނީ ކަނބަލުންގެ ބަށި މުބާރާތެއް ވެސް ބާއްވާފައެވެ.

ނޮޅިވަރަންފަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން މީގެ ކުރީން ވެސް މިފަދަ އެވޯޑްތައް ދީފަވެއެވެ.

Ad
df