މާލޭގެ ގެއެއްގެ އެޕާޓްމަންޓެއްގެ ސިޓިން ރޫމްގައި ރޯވެ ބޮޑު ގެއްލުމެއް
މާލޭގެ ގެއެއްގެ އެޕާޓްމަންޓެއްގެ ސިޓިންރޫމްގައި އަލިފާން ރޯވެ ވަރަށް ބޮޑަށް ގެއްލުން ވެއްޖެއެވެ. މި ހާދިސާ ހިނގައިގެން ހަރަކާތްތެރިވިކަމަށް އެމްއެންޑީއެފާއި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވަނީ ބުނެފައެވެ. އަލިފާން ރޯވީ ހ.ފަހިވައި ގޭގެ 7 ވަނަ ފްލޯގެ އެޕާޓްމަންޓެއްގެ ސިޓިންރޫމްގައި ކަމަށް އެންޑީއެމްއޭ އިން ބުންޏެވެ. އެ އޮތޯރިޓީން ބުނީ މި ހާދިސާގައި އެޕާޓްމަންޓްގެ ސިޓިންރޫމަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށެވެ. ނަމަވެސް އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ...