ޤައުމީ ދުވަހަށް ތައްޔާރުވުމަށްޓަކައި އުތީމުގަނޑުވަރު އާބާތުރަފިލުމުވުގެ މަސައްކަތްތައް ނިމުމަށްފަހު އަލުން ހުޅުވާ ގޮތަށް ނިންމާފައިވާކަމަށް ނޭޝަނަލް ސެންޓަރ ފޮރ ކަލްޗަރަލް ހެރިޓޭޖް އިން ބުނެފިއެވެ.

އެ ވުޒާރާއިން މަޢުލޫމާތު ދޭ ގޮތުގައި އާންމުންނަށް ހުޅުވުމަށް ހަމަޖެހިފައިވަނީ 18 އޯގަސްޓް 2026 ވާ އަންގާރަ ދުވަހުގައެވެ.

Ad
rt

މިއަދުން ފެށިގެން އުތީމު ގަނޑުވަރު ހުޅުވާފައި ހުންނާނީ ރަސްމީ ބަންދު ދުވަސްތައް ފިޔަވައި ކޮންމެ ހޮނިހިރު ދުވަހަކުން ފެށިގެން ބުރާސްފަތި ދުވަހުގެ ހެނދުނު 8:00 ން މެންދުރުފަހު 14:00 އަށެވެ. އަދި ޓިކެޓު ވިއްކާނީ ހެނދުނު 8:15 ން މެންދުރު 13:30 އަށެވެ.

ފަސް އަހަރުން ދަށުގެ ކުދިންނާއި 65 އަހަރުން މަތީގެ ބޭފުޅުންނަށް ހިލޭ ގަނޑުވަރަށް ވަދެވޭ އިރު ބިދޭސީންނާއި ދިވެހިންނަށް ޓިކެޓް ވިއްކާ އަގުތައް ތަފާތެވެ.

އުތީމު ގަނޑުވަރަކީ ދިވެހިރާއްޖެ ޕޯޗްގީޒުންގެ އަތުން މިނިވަންކޮށްދެއްވި ޤައުމީ ބަތަލު ޢުތީމު ބޮޑުތަކުރުފާނު (ސުލްޠާން މުޙައްމަދު ތަކުރުފާނުލްއަޢުޡަމް) އުފަންވެވަޑައިގެން، ޒުވާން އުމުރު ހޭދަކުރެއްވި ތާރީޚީ ގެކޮޅެވެ. ހއ. އުތީމުގައި ހުންނަ މި ގަނޑުވަރަކީ ރާއްޖޭގައި މިހާރު ހުރި އެންމެ ދުވަސްވީ އެއް ލަކުޑި ޢިމާރާތެވެ. މި އިމާރާތުން އެ ޒަމާނުގެ ފަންނުވެރިކަން ވަރަށް ފުރިހަމައަށް ފެނިގެންދެއެވެ.

އުތީމު ގަނޑުވަރު ބަލައިލުމަށް އަހަރަކު އެތައް ބަޔަކު ޒިޔާރަތްކުރެއެވެ.