ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުގެ ފުރުޞަތުތަކާ ބެހޭ މަޢުލޫމާތު ފޯރުކޮށްދިނުމަށް ބާއްވާ 'އެޑިއުވެސްޓް ސްޓަޑީ އެބްރޯޑް އެކްސްޕޯ' ކުޅުދުއްފުށި ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާކަމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ހާމަކޮއްފިއެވެ.

އެހެންވެ، މި އެކްސްޕޯގައި ބައިވެރިވުމަށްޓަކައި ރަޖިސްޓްރީކުރުމަށް މިހާރު ހުޅުވާލައިފައިވާކަމަށް އެ ކައުންސިލުން ބުނެއެވެ.

Ad
rt

މި އެކްސްޕޯ ބޭއްވުމަށް ހަމަޖެހިފައިވަނީ 2026 ސެޕްޓެމްބަރު 2 ވާ ދުވަހުގެ ހަވީރު 4:00 އިން ރޭގަނޑު 9:00 އަށް، ކުޅުދުއްފުށި ސިޓީގެ ފުނަވަލު މާލަމުގައެވެ.

މި އެކްސްޕޯގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން ރަޖިސްޓްރީ ކުރެއްވުމަށް : https://forms.cloud.microsoft/r/xXxLCdNeby

މި އެކްސްޕޯގެ ތެރެއިން މެލޭޝިޔާގެ އެންމެ ކުރިއަރާފައިވާ ޔުނިވަރސިޓީތަކުގެ މަންދޫބުންނާ ސީދާ ބައްދަލުކޮށް، ރާއްޖެއިން ބޭރުން ކިޔެވުމަށް ހުރި ފުރުޞަތުތަކާއި ކޯސްތަކާ ގުޅޭ މަޢުލޫމާތު ހޯދުމުގެ ފުރުޞަތު ލިބިގެންދާނެކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.

ކުޅުދުއްފުށީ ސިޓީ ކައުންސިލުން މައުލޫމާތުދޭ ގޮތުގައި، މަތީ ތަޢުލީމާއި ކުރިއަށްދާންވީ ދާއިރާތަކާ ގުޅޭގޮތުން، ޕްރޮފެޝަނަލް ގައިޑެންސް އަދި ކައުންސިލިން ލިބުމުގެ އިތުރުން، ރާއްޖެއިން ބޭރުން ކިޔެވުމުގެ އެހީތެރިކަމަށް އެޑިއުވެސްޓް ޓީމާ ސީދާ ގުޅިގެން މަސައްކަތް ކުރުމުގެ ފުރުޞަތު މި އެކްސްޕޯގެ ބައިވެރިންނަށް ލިބިގެންދާނެއެވެ.