ށ. މާއުނގޫދޫގައި ޖެނެރަލް ހެލްތު ސްކްރީނިން ކޭމްޕެއް މިއަދު ފަށަން ތައްޔާރުވެއްޖެއެވެ.

މާއުނގޫދޫ ކައުންސިލުން ބުނިގޮތުގައި މި ކޭމްޕަކީ އެ ކައުންސިލާއި، މާއުނގޫދޫ ޞިއްޙީ މަރުކަޒު ގުޅިގެން ކުރިއަށްގެންދަން ނިންމާފައިވާ ކޭމްޕެކެވެ.

Ad
mooomoo 1

ދުޅަހެޔޮ ޞިއްޙަތެއްގައި ދެމިތިބުމަށް ހިތްވަރު ދިނުމަށާއި، އާންމުންގެ ޞިއްޙީ ޙާލަތު ދެނެގަތުމަށްޓަކައި ބާއްވާ މި ކޭމްޕް އޮންނާނީ އޯގަސްޓް މަހުގެ 19 އަދި 20 ވަނަ ދުވަހުގެ ހަވީރު 4:00 އިން 6:00 އަށެވެ.

މި ކޭމްޕްގައި ބައިވެރިވާ ފަރާތްތަކުގެ ޞިއްޙީ ޙާލަތު ބެލުމަށްޓަކައި އެކި ބާވަތުގެ ޓޭސްޓްތައް ހެދުމުގެ ފުރުޞަތު ލިބޭނެކަމަށް އެ ކައުންސިލުން މަޢުލޫމާތުދެއެވެ.

ކޭމްޕްގައި ފޯރުކޮއްދޭ ޚިދުމަތްތަކުގެ ތެރޭގައި އިސްކޮޅާއި ބަރުދަން ބެލުމާއި، ލޭގެ ޕްރެޝަރ ބެލުމާއި، ލޭގައި ހަކުރު ހުރި މިންވަރު ބެލުން ހިމެނެއެވެ. އަދި އޭގެއިތުން ކޭމްޕްގެ ބައިވެރިންނަށް ޞިއްޙީ މަޢުލޫމާތު ދިނުން ކުރިއަށް ގެންދެވޭނެކަމަށް ވެސް އެ ކައުންސިލުން ހާމަކޮއްފައިވެއެވެ.

މި ކޭމްޕް އޮންނާނީ މާއުނގޫދޫ ޞިއްޙީމަރުކަޒުގެ ކުރިމަތީގައެވެ.

Ad
df