ށ.ފީވަކު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ (ޑަބްލިޔުޑީސީ) އިން އިސްނަގައިގެން ކުރިޔަށް ގެންދިޔުމަށް ނިންމާފައިވާ ''ޑަބްލިޔުޑީސީ ވޮމެންސް ވޮލީބޯލް ޓޯނަމަންޓް 2026'' ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މިއީ ފީވަކު ކަނބަލުންގެ މެދުގައި އެކުވެރިކަން ބަދަހި ކުރުމަށާއި، ވޮލީބޯޅަފަދަ ކުޅިވަރުތަކުގެ ރޫޙު ދިރުވައި އާލާކޮށް، ހުނަރުވެރި ވޮލީބޯޅަ ކުޅުންތެރިން އުފެއްދުމާއި، އެ ފަރާތްތަކަށް ފުރުޞަތު ހޯދައިދިނުމުގެ މަޤްޞަދުގައި ބާއްވާ މުބާރާތެކެވެ.

Ad
rt

ހަމައެކަނި ށ.ފީވަކު ކަނބަލުންގެ ޓީމްތަކަށް އަމާޒުކޮށް ބާއްވާ މި މުބާރާތުގެ ޗެމްޕިއަން ޓީމަށް ދިނުމަށް ކަނޑައަޅާފައިވަނީ 5000 ރުފިޔާގެ ފައިސާގެ އިނާމާއި ޓްރޮފީ އަދި މެޑަލްއެވެ. މީގެއިތުރުން ރަނަރަޕްޓީމަށް ދިނުމަށް ނިންމާފައިވަނީ 3000ރުފިޔާގެ ފައިސާގެ އިނާމާއި ޓްރޮފީ އަދި މެޑަލްކަމަށް ފީވަކު އަންހެނުންގެ ކޮމެޓީން މައުލޫމާތު ދީފައިވެއެވެ.

ޓީމް ރަޖިސްޓްރީ ކުރުމަށް ހުށަހަޅާ ފޯމު ފީވަކު ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެ ކަމަށާއި، ފޯމު ހުށަހަޅާނީ ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން 14:00އަށް ފީވަކު ކައުންސިލް އިދާރާގެ ކައުންޓަރަށް ކަމަށް ފީވަކު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން ވަނީ ބުނެފައެވެ.

މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ 6 ސެޕްޓެމްބަރ 2026 ވާ އާދިއްތަ ދުވަހު ކަމަށް ވާއިރު، ރަޖިސްޓްރީ ވުމުގެ ސުންގަޑިއަކީ 24 އޯގަސްޓް 2026 ވާ ހޯމަ ދުވަހެވެ.