ހދ. ހަނިމާދޫ ސްކޫލްގެ ގްރޭޑް 10 ގައި މެރިން ސައިންސް ކިޔަވަމުންދާ ދަރިވަރުން ހއ. ބާރަށު ކުޅިއަށް ފީލްޑް ޓްރިޕެއް ގޮސް، އެ ކުޅީގެ ދިރުންތަކުގެ މުއްސަނދިކަން ދިރާސާކޮށްފިއެވެ.
ހަނިމާދޫ ސްކޫލްއިން ބުނާ ގޮތުގައި މި ދަތުރުގެ މައިގަނޑު މަޤްޞަދަކީ ކުޅީގެ ދިރުންތަކުގެ މުއްސަނދިކަން ދިރާސާކޮށް، އެ ސަރަޙައްދުގައި ހެދޭ އެކި ބާވަތްތަކުގެ ގަސްގަހާގެއްސާއި ދިރޭތަކެތީގެ މާހައުލުތައް ބަލައި ދެނެގަތުމެވެ.
މީގެއިތުރުން، ރާއްޖޭގެ އައްސޭރިފަށުގެ ނާޒުކު މާހައުލު ރައްކާތެރިކުރުމުގެ މުހިންމުކަން ދަރިވަރުން ވަނީ މި ދަތުރުގެ ތެރެއިން ދަސްކޮށްފައިކަމަށާއި ދަތުރުގެ ތެރޭގައި ދަރިވަރުންގެ ފަރާތުން ފެނިގެންދިޔަ ފޯރިއާއި، މެރިން އިކޮލޮޖީއަށް ދަރިވަރުން ވަރަށް ބޮޑަށް ޝައުޤުވެރިވެފައިވާކަމަށް ވެސް އެ ސްކޫލްއިން ވަނީ ހާމަކޮއްފައެވެ.
ހަނިމާދޫ ސްކޫލް ދަރިވަރުން ބާރަށު ކުޅީގެ ދިރުންތައް ދިރާސާކުރަނީ، ފޮޓޯ: ހަނިމާދޫ ސްކޫލް
ދަތުރުގެ ބައިވެރިންނަށް ބާރަށު ސްކޫލުންކީ ހޫނު މަރުޙަބާއާއި އަދާކުރެއްވި ފުރިހަމަ މެހެމާންދާރީއަށް ހަނިމާދޫ ސްކޫލްގެ ފަރާތުން ވަނީ ޝުކުރު އަދާކޮށްފައެވެ. އަދި ހަމައެއާއެކު، އެފަދަ އަގުހުރި ދަތުރެއް ރާވައި، އިސްނަންގަވައިގެން ކާމިޔާބުކަމާއެކު ކުރިއަށް ގެންދެވި ކަމަށްޓަކައި ގްރޭޑް 10 ގެ މެރިން ސައިންސް ޓީޗަރަށާއި، ލީޑިންގ ޓީޗަރަށް ވަނީ ޝުކުރު އަދާކޮށް، އެ ބޭފުޅުންގެ މަސައްކަތް ސްކޫލްއިން ވަނީ ފާހަގަ ކޮއްފައެވެ.
ސްކޫލްތަކުގެ މެރިން ސައިންސް ކިޔަވާ ދަރިވަރުން މިފަދަ މުހިންމުތަންތަނަށް ގޮސް ތަޖުރިބާއާއި މައުލޫމާތު އެެއްކުރެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!