ރަށުގެ އިޤްތިޞާދީ އަދި ވިޔަފާރީގެ ދާއިރާ ކުރިއެރުވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން އޮންލައިން ވޯކްޝޮޕެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް ހދ. ނޮޅިވަރަންފަރު ކައުންސިލުން ބުނެފިއެވެ.
މި ވޯކްޝޮަޕަކީ އެ ކައުންސިލާއި "އުމައިރު އިންސްޓިޓިޔުޓް" ގުޅިގެން ''ޖަމާޢަތުގެ އިޤްތިޞާދީ ތަރައްޤީ" ގެ ނަމުގައި ބާއްވާ މވޯކްޝޮޕެކެވެ..
ނޮޅިވަރަންފަރު ކައުންސިލް އިދާރާއިން މަޢުލޫމާތު ދެއްވާ ގޮތުގައި، މި ވޯކްޝޮޕްގައި ބައިވެރިވާ ފަރާތްތަކަށް މި ދާއިރާއާ ގުޅޭ ޚާއްޞަ "ޑިޖިޓަލް އަތްމަތީ ފޮތެއް" ހިލޭ ލިބޭނެއެވެ.
މި ވޯކްޝޮޕްގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން ކައުންސިލުން އާންމުކޮށްފައިވާ ލިންކް މެދުވެރިކޮށް، ރަޖިސްޓްރީވުމަށް ކައުންސިލުން ވަނީ އެދިފައެވެ.
29 އޯގަސްޓް 2026 ވަނަ ދުވަހުގެ ރޭ 8:30 ގައި އޮންނަ މި ވޯކްޝޮޕްގެ ރަޖިސްޓްރޭޝަން ފީއަކީ 100.00 ރުފިޔާއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!