މާލޭ ގެއެއްގައި ގޭސްފުޅިއެއް ގޮވައި ހަތަރު ބިދޭސީއަކަށް އަނިޔާވެއްޖެ، ދެ މީހެއްގެ ހާލު ސީރިއަސް
މާވެޔޮމަގުގައި ހުންނަ އޭޑީކޭ ފާމަސީ ކުރިމައްޗަށް އޮތް ހަނި ގޯޅީގައި ހުރި މ. ދޫގަސްވިލާގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. މި ހާދިސާއާ ގުޅިގެން މިއަދު ހެނދުނު 6:30 ކަންހާއިރު ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ މޯލްޑިވްސްއިން އެ ތަނުގައި ހަރަކާތްތެރިވި ކަމަށް އެ އޮތޯރިޓީއިން ބުނެފައިވެއެވެ. އެ ގޭގައި ރޯވި އަލިފާން މިހާރު ވަނީ ކޮންޓްރޯލް ކުރެވިފައި ކަމަށް އެ އޮތޯރިޓީން ހާމަ ކޮއްފައިވެއެވެ. މި ހާދިސާ އާއި ގުޅިގެން ފުލުހުން ބުނީ ހާދިސާ ހިނގީ ދޫގަސްގޭގައި […]