ފީވަކު ޕޮލިސް ސްޓޭޝަނުން އެރަށުގައި ޚާއްޞަ "ޝޮޕް ވިސިޓް" ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.
މި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ ށ.ފީވަކުގައި ވިޔަފާރިކުރާ ތަންތަނުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއި، ކުށްމަދުކުރުމުގެ އިތުރުން ވިޔަފާރިވެރިން ހޭލުންތެރިކުރުން ކަމުގައި ށ. އަތޮޅު ފުލުހުން ބުނެފައިވެއެވެ.
ށ. އަތޮޅު ފުލުހުން ބުނެގައިވާ ގޮތުގައި މަކަރާއި ހީލަތުން ފައިސާ ހޯދާ (ސްކޭމް) މައްސަލަތަކުން ރައްކާތެރިވާނެ ގޮތްތަކާއި، ފިހާރަ ބަންދުކުރާއިރު އަޅަންޖެހޭ ސަލާމަތީ ފިޔަވަޅުތަކާ ގުޅޭގޮތުން ވިޔަފާރިވެރިންނާއި މަސައްކަތްކުރާ މުވައްޒަފުންނަށް މި ޕްރޮގްރާމްގައި މައުލޫމާތު ޙިއްޞާ ކުރެވިފައިވާނެއެވެ.
މީގެއިތުރުން ފިހާރަތަކުގެ ސެކިއުރިޓީ އިންތިޒާމްތައް ހުރިގޮތް ބަލައި، ކުއްލި ނުރައްކަލުގެ ޙާލަތްތަކަށް ތައްޔާރުވެފައިވާ މިންވަރު ދެނެގަނެ، އެ ފަދަ ކަންކަމުގައި ފުލުހުންގެ އެހީތެރިކަން ބޭނުންވާ ދާއިރާތައް، ފުޅާ ދާއިރާއެއްގައި ކިޔައިދެވިފައިވާނެކަމަށް ވެސް ށ.އަތޮޅު ފުލުހުން ބުނެފައިވެއެވެ.
ފުލުހުން އަންނަނީ ރާއްޖޭގައި އާންމުގެ ސަލާމަތާއި ރައްކާތެރިކަމަށް އެތައް މަސައްކަތެއްކުރުމާއެކު ރައްޔިތުން ހޭލުންތެރިކުރުވުމަށް ވެސް ގިނަގުނަ މިފަދަ އެތައް މަސައްކަތެއް ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!