އެދެވޭ ތަރުހީބެއް ލިބިފައި ނުވާތީ، ހއ. ދިއްދޫ ހޭންޑްބޯލް މުބާރާތް ކެންސަލްކޮއްފިއެވެ.

"ހއ. ދިއްދޫ ހޭންޑްބޯޅަ މުބާރާތް 2026"އަކީ، ދިއްދޫ ކައުންސިލާއި އެ ރަށު އަންހެނުންގެ ތަރަައްޤީއަށް މަސައްކަތްކުރާ ކޮމެޓީ ގުޅިގެން، ދިއްދޫގެ ކަނބަލުންނަށް ބޭއްވުމަށް ނިންމާ ޢިއުލާންކުރި މުބާރާތެކެވެ.

Ad
rt

ދިއްދޫ ކައުންސިލުން ކުރި ޢިއުލާނެއްގައި ބުނީ، މި މުބާރާތުގައި، ބައިވެރިވުމުގެ ފުރުޞަތު 2 ސެޕްޓެމްބަރ 2026ގެ ނިޔަލަށް ހަމަވީއިރު، މުބާރާތުގައި ބައިވެރިވުމަށް އެދި ފޯމު ހުށަހަޅާފައިވަނީ ދެ ޓީމަކުން ކަމަށެވެ.

އެހެންވެ، މި އަދަދަކީ މުބާރާތެއް ކުރިއަށް ގެންދިޔުމަށް އެކަށީގެންވާ އަދަދަކަށް ނުވާތީއާއި، އެކަށީގެންވާ ތަރުހީބެއް މި ކަމަށް ލިބިފައިނުވުމުގެ ސަބަބުން، މުބާރާތް ކެންސަލްކޮށްފައިވާކަން އެ ކައުންސިލުން ވަނީ ބުނެފައެވެ.

މީގެ އިތުރުން 8 އޮކްޓޯބަރު 2026 ގައި ފަށަން ތާވަލުކޮށްފައިވާ ދިއްދޫ ކައުންސިލްގެ ''ދިއްދޫ ވެޓަރަންސް ފުޓްބޯޅަ މުބާތް 2026'' އޮކްޓޯބަރު 25 އަށް ވަނީ ފަސްކޮށްފައެވެ. ދިއްދޫ ކައުންސިލުން ބުނިގޮތުގައި މި މުބާރާތް ފަސްކުރީ އެ މުބާރާތް ބާއްވަން ފުރަތަމަ ނިންމި ތާރީޚާއި، އެފްއޭއެމް ދިވެހި ޕްރެމިއާ ލީގުގެ ހޯމް މެޗުތައް އެރަށުގައި ކުޅޭ ތާރީޚާއި ދިމާވާތީއެވެ.

ދިއްދޫ ކައުންސިލް ހޭންޑްބޯލް މުބާރާތް މިއަހަރު ކެންސަލްކުރަން ޖެހުނު ނަމަވެސް، އެރަށަކީ އެ ކުޅިވަރުގައި ވެސް ހުނަރުވެރި ކުޅުންތެރިންތަކެއް ތިބި ރަށެއްކަން ފާހަގަކޮށްލެވެއެވެ.