ށ. ނޫމަރާ ކައުންސިލުން އިންތިޒާމްކޮއްގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ "ކައުންސިލް ސްޕޯޓްސް ފިއެސްޓާ 2026" ފެށުމަށް ތައްޔާރުވެއްޖެއެވެ.

ނޫމަރާ ކައުންސިލް ރައީސް އިބްރާހީމް ފުއާދު "ތިލަދުން"އަށް މައުލޫމާތު ދެއްވި ގޮތުގައި މި މަހުގެ 20 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މި ފިއެސްޓާގައި އަންހެން، އަދި ފިރިހެން ވޮލީ މުބާރާތެއް ކުރިއަށް ދާނެއެވެ. އެ ގޮތުން އަންހެން 3 ޓީމާއި، ފިރިހެން 3 ޓީމާއެކު ޖުމްލަ 6 ޓީމު މި މުބާރާތުގައި ވާދަ ކުރާނެކަމަށް ވެސް ފުއާދު ވިދާޅުވިއެވެ.

Ad
d

މުބާރާތުގެ އެއްވަނަ ޓީމަށް 5000 ރުފިޔާގެ ފައިސާގެ އިނާމު ހަމަޖެހިފައިވާއިރު، ދެ ވަނައަށް ދާ ޓީމަކަށް ދިނުމަށް ކަނޑައަޅާފައިވަނީ 2،500 ރުފިޔާއެވެ. މީގެއިތުރުން މުބާރާތުގެ އެކިއެކި މަޤާމްތަކަށް ޓްރޮފީ ދިނުމަށާއި ކޮންމެ މެޗަކުން އެންމެ މޮޅު ކުޅުންތެރިޔާ ހޮވުމަށް ވެސް ކައުންސިލުން ނިންމާފައިވެއެވެ.

ނޫމަރާ ކައުންސިލް ސްޕޯޓްސް ފިއެސްޓާގެ ގުރުއަތު ނެގުމުގެ ތެރެއިން، ފޮޓޯ: ކައުންސިލް

ނޫމަރާގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކޮމިޓީ(އތމކ)ން ކައުންސިލުގެ އެހީތެރިކަމާއެކު، ވޮލީ ކޭމްޕެއް ވެސް ހުސްވި ހަފުތާގައި ކުރިއަށް ގެންގޮސްފައިވެއެވެ.

ދެ ޖިންސަށް އަމާޒުކޮއްގެން ބޭއްވުނު މި ކޭމްޕްގައި އެ ރަށުގެ ގިނަ ޢަދަދެއްގެ ޒުވާނުން ބައިވެރިވެފައިވާކަށް ކައުންސިލުން މަޢުލޫމާތު ދީފައިވެއެވެ. ހަފްތާއަކަށް ހިންގުނު މި ވޮލީ ކޭމްޕުގެ މުދައްރިބަކީ، ޤައުމީ ޓީމަށް މިހާރުވެސް ކުޅެމުންދާ ށ.ބިލެއްފަހީ މަރިޔަމް ޢަޒްމާއެވެ.

މި ކޭމްޕަކީ، ކުރިއަށް އޮތް ވޮލީ މުބާރާތައް ތައްޔާރުވުމަށްޓަކައި، އެ ރަށުގެ ޒުވާނުންނަށް ލިބުނު ވަރަށް ފަހި ފުރުޞަތެކެވެ.

Ad
df