ށ. މާއުނގޫދޫ ކައުންސިލުން، "ގަރޑެނިން ކޮމެޓީ" ގެ ނަމުގައި ކޮމެޓީއެއް އުފައްދައި، ކުރިމަތިލުމަށް ފުރުޞަތު ހުޅުވާލައިފިއެވެ.

އެ ރަށުގައި ގަސްއިންދާ، ރަށް ފެހިކުރުމުގެ މަޤްޞަދުގައި އެކުލަވާލުމަށް ހަމަޖެހިފައިވާ މި ކޮމެޓީއަށް ވަނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ނަންނޯޓު ކުރުމުގެ ސުންގަޑިއަކީ 17 ސެޕްޓެމްބަރ 2026 ގެ 14:00ށް ކަމަށް އެ ކައުންސިލުން މައުލޫމާތު ދީފައިވެއެވެ.

Ad
rt

މީގެއިތުރުން އެ ކައުންސިލްގެ ރަސްމީ ފޭސްބުކް ޕޭޖުގައިވާ ލިންކް މެދުވެރިކޮށް ނަންނޯޓު ކުރުމަށް ވެސް އެ ކައުންސިލުން އެދިފައިވެއެވެ.

ދާދި ފަހުން މާއުނގޫދޫގެ ކުލަބް ޖަމްއިއްޔާ ތަކަށް ދޫކުރެވިފައިވާ ބިންތައް ބޭނުން ނުކޮށް ހުރުމުން، އެ ތަންތަނުގައި ގަސްހެދި، ތަނުގެ ސާފުތާހިރުކަން ގެއްލޭތީ، އެ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮއްފައެވެ.

މިއީ ރަށް ސާފުކޮށް ބޭއްވުމަށްޓަކައި އެޅޭނެ ވަރަށް މުހިއްމު ފިޔަވަޅެކެވެ.