ށ. ފީވަކާއި އެ އަތޮޅު ފޭދޫގައި ތެލުގެ ވިޔަފާރިކުރުމަށްޓަކައި ބިން ކުއްޔަށް ދޫކުރުމުގެ އެއްބަސްވުންތަކުގައި ސޮއި ކޮއްފިއެވެ.

ފީވައް ކައުންސިލުން މަޢުލޫމާތުދޭ ގޮތުގައި، އެ ރަށު ބަނދަރުގައި ތެލުގެ ވިޔަފާރި ކުރުމަށްޓަކައި ބިމެއް ދޫކޮއްފައިވަނީ ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑަށެވެ. އަދި އެ ކޮމްޕެނީއާ ވެވުނު އެއްބަސްވުމުގެ މުއްދަތަކީ 40 އަހަރު ކަމަށް ވެސް އެ ކައުންސިލުން ހާމަކޮއްފައިވެއެވެ.

Ad
rt

މީގެއިތުރުން އެ އަތޮޅު ފޭދޫގައި ވެސް، ފިއުލް ޝެޑް ގާއިމުކުރުމަށާއި ތެލުގެ ވިޔަފާރި ކުރުމަށް ދޫކުރެވުނު ބިމުގެ އެއްބަސްވުމުގައި ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑުންވަނީ ސޮއިކޮއްފައެވެ.

ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑަކީ ރާއްޖެއަށް ތެލުގެ ބާވަތްތައް އެތެރެކޮށް، ފުޅާ ދާއިރާއެއްގައި ސަޕްލައިކުރަމުން އަންނަ އެންމެ ބޮޑު އެއް، އަމިއްލަ ކުންފުންޏެވެ. ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި 15 އަށްވުރެ ގިނަ ތެޔޮ ވިއްކާ ސްޓޭޝަންތައް މިހާރު ވެސް އެ ކުންފުނިންދަނީ ހިންގަމުންނެވެ.