ޅައިމަގު ފެނަކަ ބްރާންޗުން މުވައްޒަފުންތަކެއް ވަކިކުރުުމުން ކައުންސިލުން ކަންބޮޑުވުން ފާޅުކޮއްފި
ށ. ޅައިމަގު ފެނަކަ ބްރާންޗްގައި މަސައްކަތް ކުރަމުންދާ މުވައްޒަފުންތަކެއް އެއްވެސް ސަބަބެއްނެތި ވަކި ކުރިކަމަށްބުނެ، އެ ރަށު ކައުންސިލުން ކަންބޮޑުވުން ފާޅުކޮއްފިއެވެ. މިކަމާގުޅިގެން ޅައިމަގު ކައުންސިލުން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ، އެ ރަށު ފެނަކަ ބްރާންޗުގައި މަސައްކަތް ކުރަމުން ދިޔަ، ތަޖުރިބާ ހުރި، ޤާބިލް މުވައްޒަފުންތަކެއް ހަރުދަނާ އެއްވެސް ސަބަބެއް ނެތި، އަދި ސުލޫކީ އެއްވެސް ފިޔަވަޅެއް އެޅުމަކާނުލައި، ކުންފުނި ރައިޓްސައިޒް ކުރުމުގެ ނަމުގައި ވަޒީފާއިން އެ ފަރާތްތައް ވަކި ކުރުމުން އެ ކަަ...