ހދ. ކުޅުދުއްފުށީ ސިޓީގައި މަސްވެރިކަމުގެ ދާއިރާގައި ކުރިއަށް ދެވެންހުރި ފުރުޞަތުތަކާއި ބެހޭ މައުލޫމާތު ދިނުމަށް ކެރިއަރ ގައިޑެންސް ސެޝަނެއް ބާއްވަން ނިންމައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މިއީ ކުޅުދުއްފުށީ ސިޓީ ކައުންސިލާއި މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް ގުޅިގެން ބާއްވާ ސެޝަނެކެވެ.
މި ސެޝަނުގައި ބައިވެރިވުމަށް މިހާރު ފުރުޞަތު ހުޅުވާލައިފައިވާއިރު، 10 ސެޕްޓެމްބަރު 2026، މެންދުރު 12:00ގެ ކުރިން ކުޅުދުއްފުށީސިޓީ ކައުންސިލްގެ ރަސްމީ ފޭސްބުކް ޕޭޖުގައިވާ ލިންކް މެދުވެރިކޮށް ރަޖިސްޓްރީވުމަށް، އެ ފަރާތުން އެދިފައިވެއެވެ.
މީގެއިތުރުން ކުޅުދުއްފުށީސިޓީ ކައުންސިލުންޒުވާނުންނަށް އަމާޒުކޮށްގެން ބާއްވާ މި ސެޝަން ނަންގަވައިދެއްވާނީ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޮލެޖް އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްގެ ޑީން ޑރ. އަޙްމަދު ރިޔާޟް ޖައުހަރީ، އާއި މިނިސްޓްރީ އޮފް ފިޝަރީޒް އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސްގެ ޑެޕިޔުޓީ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލް އާދަމް މަނިކެވެ.
މި ސެޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ 11 ސެޕްޓެމްބަރ 2026ގެ 14:00 އިން 18:00 ށް، އެ ރަށު އެން.އޯ.ސީ ލަގޮނޑި މާލިމީ މާލަމުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!