ށ. ނަރުދޫ، ރަމްޒު ސްޕޯޓްސް އެކަޑަމީން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ "ރަމްޒު ސްޕޯޓްސް އެކަޑަމީ ސްޕޯޓްސް ފިއެސްޓާ 2026" ގެ ބެޗްތަކުން ފައިނަލްގެ ޖާގަތައް ޓީމުތަކުން ކަށަވަރުކޮއްފިއެވެ.
އެ ގޮތުން، ހޭންޑްބޯލް މުބާރާތުގެ ބެޗް 1ން، ޓީމް އޮރެންޖް 11 ޕޮއިންޓާއެކު ފައިނަލް ޔަޤީންކޮއްފައި ވާއިރު، 7 ޕޮއިންޓާއެކު ޓީމް ޕިންކްވަނީ ފައިނަލުން ޖާގަ ހޯދާފައެވެ.
މީގެއިތުރުން ބެޗް 2ގެ ފުޓްސަލް މުބާރާތުން، އެއްވެސް މެޗަކުން ބަލި ނުވެ، 12 ޕޮއިންޓާއެކު ޓީމް ޕިންކް އަދި 4 ޕޮއިންޓާއެކު ގްރީން ވަނީ ފައިނަލަށް ގޮސްފައެވެ. އަދި ބެޗް 3ގެ ފުޓްސަލްގެ ވަރުގަދަ ކުރިމަތިލުމަކާއެކު، ޓީމް ޕިންކް މުބާރާތުން "ކަޓުވާލުމަށްފަހު" ފައިނަލުން ޖާގަ ކަށަވަރުކުރީ ޓީމް ގްރީނެވެ. އޭގެ އިތުރުން މި ބެޗްގެ ފައިނަލުން 9 ޕޮއިންޓާއެކު ޖާގަ ހޯދާފައިވަނީ ޓީމް ގްރީނެވެ.
ރަމްޒް ސްޕޯޓްސް ފިއެސްޓާގެ ފުޓްސަލް މެޗެއް ކުޅެނީ، ފޮޓޯ: ރަމްޒް ސްޕޯޓްސް
މި ފިއެސްޓާގައި ކޮންމެ ބެޗަކުން ވެސް، އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާ (ޓޮޕް ސްކޯރާ) ހޮވުމަށްވަނީ ހަމަޖެހިފައެވެ.
އެ ގޮތުން، ފިއެސްޓާގެ މުބާރާތްތައް ފައިނަލާ ހަމައަށް ދަތުރުކޮއްފައިވާއިރު، ޓޮޕް ސްކޯރާގެ މަޤާމަށް ވާދަ ކުރާ ކުޅުންތެރިންނަކީ:
ބެޗް 1
ކްލާރާ ބިންތި ޢަލީ ރަމްޒީ: 9 ލަނޑު
ނަވާރު ބިންތި އަޙްމަދު ނަޒީރު: 8 ލަނޑު
ކައުޘަރު ބިންތި ޢަލީ ރަމްޒީ: 4 ލަނޑު
ޔުލިން ބިންތި ވަސީމް: 4 ލަނޑު
ބެޗް 2
އަޙްޔާން ޝިހާމް ރަޝާދު: 7 ލަނޑު
އަޙްމަދު ޝާއިިން ޝަފީޤު: 2 ލަނޑު
ބެޗް 3
ރުކާން ބިން ރަޝީދު: 9 ލަނޑު
ކައިސް އިސްމާޢީލް ވަޙީދު: 7 ލަނޑު
ނަޒާން ބިން ދާވޫދު: 7 ލަނޑު
ރަމްޒް ސްޕޯޓްސް ފިއެސްޓާގެ ހޭންޑް މެޗެއް ކުޅެނީ، ފޮޓޯ: ރަމްޒް ސްޕޯޓްސް
މި މުބާރާތުގެ އެންމެ ޚާއްސަ މަޤާމެއްގެ ގޮތުން މުޅި މުބާރާތުގެ ހޭންޑްބޯލް ކުއީން އާއި ފުޓްސަލް ކިންގް ހޮވައި އެ ފަރާތްތަކަށް ޚާއްޞަ ޝީލްޑެއް ދިނުމަށް ހަމަޖެހިފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!