ކޮންމެ ދުވަހަކު ހޫނު ފެން ބޯން ޖެހެނީ ކީއްވެ؟
ޞިއްޙީ ދާއިރާގެ ތަޖުރިބާކާރުން ހާމަކުރާ ގޮތުގައި، ކޮންމެ ދުވަހަކު ހޫނުފެން ބުއިމަކީ ހަށިގަނޑުގެ ދުޅަހެޔޮކަން އިތުރުކޮށްދޭ ކަމެކެވެ. ހެނދުނު ހޭލައިގެން ހޫނު ފެންތައްޓެއް ބުއިމުން ލިބޭ ފައިދާތައް ރަނގަޅަށް އެނގޭނަމަ، އެކަން ދިރިއުޅުމުގެ އާދަޔަކަށް ނުހަދާނެ ހަމަ އެކަކުވެސް ނުހުންނާނެއެވެ. މިފަދަ ކުދިކުދި ކަންކަމަށް ސަމާލުކަން ދީގެން، ދިގު މުއްދަތަކަށް ދުޅަހެޔޮ ޞިއްޙަތެއްގައި ދެމިހުރެވިދާނެއެވެ. ހެނދުނު ހުސްބަނޑާ ހުރެ، ހޫނުފެން ނުވަތަ ތާފަނާ ފެން ބުއިމުން ހަޖަމު ކުރުން ރަނގަޅުވެދެއެވެ. ހޫނު ފެނުގެ ސ...