ސިލްސިލާ ވާހަކަ: ލޯބިވޭ ނިހާޔަތަށް (24)
13 ސެޕްޓެމްބަރުގެ އަދަދާއި ގުޅޭ: ” ދެ މީހުންގެ ލާރިން ނުވަންޏާ، މާޔާގެ އާއިލާގެ މީހުން އެހީތެރި ނުވާނެތަ؟ މި ޒަމާނުގައި ކައިވެންޏެއް ކުރަންޏާ ދެ ފަރާތުން ވެސް އެއްވަރަކަށް ހިއްސާ އޮވެގެން ބޮޑެތި ޙަފްލާތައް ބާއްވަނީ.” ޖަމީލާ ބުނެލިއެވެ. އެ ވަގުތު އާއިޒަށް ޖެހުނީ ނޭވާ ހިފަހައްޓާލާށެވެ. މާޔާގެ ހިތް ވެސް ނުތަނަަވަސްކަމާއެކު ބާރުބާރަށް ތެޅެމުންދެއެވެ. ޖަމީލާގެ ވާހަކަތަކަށް ޖަވާބުދޭކަށް މާޔާއަކަށް ފަސޭހައެއް ނުވިއެވެ. އެހެންވެ، އިރުއިރުކޮޅުން އޭނާއަށް ބަލައިލެވެނީ އާއިޒަށެވެ. ނަމަވެސް ފޯނުގެ ސްކްރީނަށ...