ރިޔާސީ އިންތިޚާބުގެ މައި މަރުކަޒަކަށް ދަރުބާރުގެ
މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގެ މައި މަރުކަޒަކަށް ދަރުބާރުގެ ހަމަޖައްސައިފިއެވެ. އެކަން ހާމަކުރައްވާފައިވަނީ އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު، ދައުލަތުގެ މީޑިއާގެ ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުންނެވެ. އިންތިޚާބުގެ ކަންކަން ހަމަޖެއްސުމަށް މައިމަރުކަޒުގެ ގޮތުގައި ދަރުބާރުގެ ހަމަޖައްސަވައިދެއްވީ އެތަނުގެ ބެލެނިވެރި ސަރުކާރުގެ އިދާރާ، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިންނެވެ. “އަންނަ އޭޕްރީލް މަހުގެ 25 ވަނަ ދުވަހު ދަރުބާރ...