ޤައުމީ، ދިގުފެތުމުގެ 14 ވަނަ މުބާރާތުގެ ޤައުމީ ޖޫނިއަރ ޗެމްޕިއަންކަން ޔާސީން މުޙައްމަދު ޔޫސުފް އަދި ޢަޔާނާ ޢަރީފް ހޯދައިފިއެވެ.

މިއީ ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ބޭއްވި މުބާރާތެކެވެ.

Ad
rt

މި ކެޓަގަރީގެ ފިރިހެން ކުދިންގެ ދެވަނަ ހޯދައިފައި ވަނީ ލޫޠު މުޙައްމަދު ޙުސައިން އެވެ. ތިން ވަނަ ހޯދައިފައިވަނީ ޝައިމް ޙުސައިން އިބްރާހީމެވެ.

އަންހެން ކުދިންގެ ކެޓަގަރީގެ ޤައުމީ ޖޫނިއަރ ކެޓަގަރީން ދެވަނަ ހޯދައިފައިވަނީ ޢާއިޝާ އައިޒާ ޙުސައިން އެވެ. ތިންވަނަ ހޯދައިފައިވަނީ ލައިބާ ޙަސަންމަނިކު އެވެ.

މިއަހަރުގެ މުބާރާތް ބާއްވާފައިވަނީ ކުޑަގިރި ޕިކްނިކް އައިލަންޑްގެ ފަޅުތެރޭގައެވެ.

ތިން ކިލޯމީޓަރ ދިގު ރާސްތާއެއް މި ކެޓަގަރީގައި ވާދަކުރި ފެތުންތެރިން ވަނީ ފުރިހަމަކޮށްފައެވެ.