މާލޭގެ ގެސްޓުހައުސްއެއްގައި ހަށިވިއްކަމުންދިޔަ 4 މީހަކު ދިވެހި ފުލުހުންގެ ހިދުމަތުން ހައްޔަރުކޮށްފި އެވެ.
އެ އިދާރާއިން ވިދާޅުވީ އެމީހުން ހައްޔަރުކުރީ މާލޭގައި ރޭ ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. އަދި އެމީހުން ހައްޔަރުކުރީ ރޯޅި ގެސްޓުހައުސް ބަލައި ފާސްކުރުމަށްފަހު ކަމަށެވެ.
ފުލުހުން ވިދާޅުވީ އޭގެތެރޭގައި ހިމެނެނީ 43 އަހަރުގެ ދިވެހި ފިރިހެނަކާއި ހަމަ އެ އުމުރުގެ ބިދޭސީ ފިރިހެނެއް ކަމަށެވެ. އަދި 31 އަހަރުގެ ބިދޭސީ އަންހެނަކާއި 36 އަހަރުގެ ބިދޭސީ އަންހެނެއް ކަމަށެވެ.
މީގެތެރެއިން ދިވެހި ފިރިހެން މީހާ އާއި ބިދޭސީ އަންހެނަކު ހައްޔަރުކޮށްފައިވަނީ ޖިންސީގުޅުން ހިންގަމުން ދަނިކޮށް ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!