އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ނެއްލައިދޫގައި މަދަހަ މުބާރާތަކާއި މަސް ރޭހެއް ބާއްވަނީ

DSC_7345

މިއަހަރުގެ އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ހދ. ނެއްލައިދޫގައި މަދަހަ މުބާރާތަކާއި މަސް ރޭހެއް ބޭއްވުމަށް ނިންމައިފިއެވެ.

މިކަމާއި ގުޅިގެން 'ތިލަދުން' އަށް މައުލޫމާތު ދެއްވަމުން އެރަށު ކައުންސިލުގެ ނައިބު ރައީސް އަހްމަދު ރަޝީދު ވިދާޅުވީ މިއީ އަންހެނުންނަށް ހާއްސަކޮށްގެން ބާއްވާ މުބާރާތްތަކެއް ކަމަށެވެ. އަދި މިއީ އެރަަށު އަންހުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން އަންހެނުންނަށް ހާއްސަކޮށްގެން ބާއްވާ ހަރަކާތްތަކެއް ކަމަށެވެ.

އެގޮތުން މާރޗު 8 ވަނަަ ދުވަހު މަދަހަ މުބާރާތެއް ބޭއްވުމަށް ނިންމާފައިވާއިރު، މި މުބާރާތުގައި ގްރޫޕް އަދި ވަކި ފަރުދުންނަށް ވެސް މަދަހަ ހުށަހެޅޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މި މުބާރާތް އޮންނާނީ މާރޗު 8 ވަނަ ދުވަހުގެ ރޭ 08:15 ގައި އެެރަށު ބަދަރު ސަރަހައްދުގައި ކަމަށްވެސް ވިދާޅުވިއެވެ.

މަދަހަ މުބާރާތުގައި އެއްވަނައަށް ދާ ގްރޫޕަކަށް 500 ރުފިޔާ، ދެވަނައަށް ދާ ގްރޫޕަކަށް 300 ރުފިޔާ އަދި ތިންވަނައަށް ދާ ގްރޫޕަކަށް 200 ރުފިޔާ ދިނުމަށް ވަނީ ނިންމާފައެވެ.

މީގެ އިތުރުން ވަކި މަދަހަ ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެއްވަނައަށް 500 ރުފިޔާ، ދެވަނައަށް 300 ރުފިޔާ އަދި ތިންވަނައަށް 200 ރުފިޔާ ދިނުމަށް ވަނީ ނިންމާފައެވެ.

އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ބާއްވާ މަސް ރޭސް ބޭއްވުމަށް ތާވަލުކޮށްފައިވަނީ މާރޗު 10 ވަނަ ދުވަހުއެވެ.

މި މުބާރާތުގެ އެއްވަނަ ޓީމަށް 1200 ރުފިޔާ، ދެވަނަ ޓީމަށް 800 ރުފިޔާ އަދި ތިންވަނަ ޓީމަށް 600 ރުފިޔާ ދިނުމަށް ވަނީ ހަމަޖައްސާފައެވެ.

މީގެ އިތުރުން އެންމެ ބަރުމަސް ބާނާ ފަރާތަކަށް 400 ރުފިޔާ ދިނުމަށް ނިންމާފައި ވެއެވެ.

ނެއްލައިދޫ ކައުންސިލުން ބުނީ މަސްރޭހުގައި ބައިވެރިވެވޭނީ ކޮންމެ ޓީމެއްގައި ވެސް ކައްޕި ނުހިމަނާ ގިނަވެގެން 5 އަދި މަދުވެގެން 3 ބައިވެރިންނަށް ކަމަށެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި