ޤައުމީ، ދިގުފެތުމުގެ 14 ވަނަ މުބާރާތުގެ ޤައުމީ ޗެމްޕިއަންކަން މުޙައްމަދު ރިޙާން ޝިހާމް އަދި ޙަމްނާ އަޙްމަދު ހޯދައިފިއެވެ.

ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން މިއަހަރުގެ މުބާރާތް ބާއްވާފައިވަނީ ކުޑަގިރި ޕިކްނިކް އައިލަންޑްގެ ފަޅުތެރޭގައެވެ.

Ad
rt

މި މުބާރާތުގެ ދެވަނަ ހޯދައިފައި ވަނީ ވޭތުވެދިޔަ މުބާރާތުގެ ޗެމްޕިއަން، ޢަލީ އިމްޢާން އެވެ. މިބައިގެ ތިން ވަނަ ހޯދައިފައިވަނީ އަޙްމަދު ނީޤް ނިޔާޒެވެ.

އަންހެނުންގެ ކެޓަގަރީގެ ދެވަނަ ހޯދައިފައިވަނީ ޢާއިޝަތު ސައުސަން އެވެ. ތިންވަނަ ހޯދައިފައިވަނީ ފާޠިމަތު އަންޖަލް ފަޔާޟް އެވެ.

ފެބުރުވަރީ މަހުގެ 25 ވަނަދުވަހު ބޭއްވުނު މި މުބާރާތުގައި، ދިގުފެތުމުގެ ޤައުމީ ޗެމްޕިއަންކަމަށް ވާދަކުރި ފެތުންތެރިން ވަނީ 5 ކިލޯމީޓަރުގެ ރާސްތާއެއް ފުރިހަމަކޮށްފައެވެ.