މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގެ މައި މަރުކަޒަކަށް ދަރުބާރުގެ ހަމަޖައްސައިފިއެވެ.

އެކަން ހާމަކުރައްވާފައިވަނީ އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު، ދައުލަތުގެ މީޑިއާގެ ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުންނެވެ.

Ad
rt

އިންތިޚާބުގެ ކަންކަން ހަމަޖެއްސުމަށް މައިމަރުކަޒުގެ ގޮތުގައި ދަރުބާރުގެ ހަމަޖައްސަވައިދެއްވީ އެތަނުގެ ބެލެނިވެރި ސަރުކާރުގެ އިދާރާ، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިންނެވެ.

"އަންނަ އޭޕްރީލް މަހުގެ 25 ވަނަ ދުވަހު ދަރުބާރުގެ ބޭނުންކުރަން ފެށުމަށް މިހާރުވަނީ ނިންމާފަ. އޭގެ ކުރިން ދަރުބާރުގެއަށް އެއްވެސް މަރާމާތެއް ކުރަންޖެހޭތޯ އަންނަނީ ބަލަމުން. އެކަން މިމަސް ތެރޭގައި ނިންމާލެވޭނެކަމަށް މި ބަލަނީ." ހަބީބު ވިދާޅުވިއެވެ.

އެންމެފަހުން ރާއްޖޭގައި ބޭއްވި ރިޔާސީ އިންތިހާބުގައި އީސީ އިން އިންތިހާބުގެ މައިމަރުކަޒުގެ ގޮތުގައި ބޭނުން ކުރީ ބާޖަމާލުއްދީން ސްކޫލް ޢިމާރާތެވެ.

މިއަހަރު ބާއްވާ ރިޔާސީ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރުމަހުގެ 9 ވަނަ ދުވަހުއެވެ.